Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަހާނަ ހެދުން

"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"

އުކުޅަހުން މީހުން ހައްޔަރުކުރީ ކައުންސިލް އިންތިހާބަށް ބިރުދެއްކުމުގެ ގޮތުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2017 | ހޯމަ 19:21
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ގޮތަށް ހެދި ފަސްފުނި ކައިރީގައި ބަޔަކު: މި މައްސަލައިގައި ހައްޔަރުކުރި ހަ މީހުން މިއަދު ވަނީ ދޫކޮށްލާފައި

އުކުޅަހުގެ މަގުމަތީގައި މަހާނައެއް ގޮތަށް ހެދި ފަސްފުނި ކައިރީގައި ބަޔަކު: މި މައްސަލައިގައި ހައްޔަރުކުރި ހަ މީހުން މިއަދު ވަނީ ދޫކޮށްލާފައި

މަހާނައެއް ގޮތަށް ފަސްފުންޏެއް ހެދުމުން، ސިހުރު ހަދައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ތުހުމަތުގައި އުކުޅަހުން ހަ މީހަކު ހައްޔަރުކުރީ ބައެއްގެ ހީލަތްތެރި ރޭވުމެއްގައި ކަމަށް އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މޫސާ ނައީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ އުކުޅަހުން ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ މޫސާ ނައީމް ރާއްޖެއެމްވީއަށް ވިދާޅުވީ ސިހުރު ފަންޑިތަ ހަދައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފައި ވަނީ ވަރަށް ބޮޑު ރޭވުމެއްގެ ތެރެއިން ކަމަށެވެ. ސަރުކާރާއި ގުޅިގެން އުކުޅަހުން މީހުން ހައްޔަރުކުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެރަށުގެ ރައްޔިތުންނަން ބިރުދެއްކުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މިކަން މި ކުރީ ވަކި ބައެއް ނަގަން ވެގެން ، މިއީ ރޭވިގެން ކުރި ކަމެއް، މިހާރު ކައުންސިލްގައި ތިބި މެމްބަރުން އަންނަ ދައުރުގައި ކައުންސިލްގައި ތިބިޔަކު ނުދޭނަމޭ ވެސް ބައެއް މީހުން ބުނެފައި އެބަހުރި،" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނައީމް ވިދާޅުވިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓް މެމްބަރު ޝިނާޒު މޫސާ ޕީޕީއެމަށް ސޮއިކުރުމުން، އެ ގޭގެ ދޮރުމަތީގައި މަހާނައެއްގޮތަށް ފަސްފުންޏެއް ހެދި މައްސަލައާ ގުޅިގެން ނައީމްގެ އިތުރުން ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭގައެވެ. ފުލުހުންގެ ހާއްސަ ޓީމެއް ގޮސް އެމީހުން ހައްޔަރުކުރުމަށް ފަހު އެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ދިނެވެ.

ނާއީމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އުކުޅަހުގައި ކޮންމެ ހުކުރު ދުވަހެއްގެ ރޭގައި ބޮނޑިބަތް ކެއުމުގެ ހާއްސަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ކަމަށެވެ. އެރޭ އެތަނަން ދިޔައީ އެ ހަރަކާތުގައި ބައިވެރި ވާހަކަ ދެއްކުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ތިން ކަމަކަށް ތުހްމަތުކޮށްފައިވެ އެވެ. އެއީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް ހިންގުމާއި، ސިހުރު ފަންޑިތަ ހަދައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުން ތިން ކޯޓް އަމުރެއް ދެއްކި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް ހިންގުމާއި، ސިހުރު ފަންޑިތަ ހަދާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދިކަމަށް ނެރެފައިވާ ކަމަށް ބުނެ ވަނީ އަމުރު ދައްކާފައި" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި އެމީހުން ތިބިއިރު އަންނައުނު ބަދަލުކުރެވޭނެ ގޮތެއް ނެތިފައި ވެސް ތިބެން ޖެހުނު ކަމަށެވެ. އޭނާ އަކީ ގަވައިދުން ދެ ކަމަކަށް ބޭސް ކާމީހަކަށް ވާއިރު، ފުލުހުން އޭނާއަށް ބޭސް ލިބޭނެ ގޮތް ވެސް ހަމަޖައްސައި ނުދިން ކަމަށް ނައީމް ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގައި އޭނާ އާއި ސުވާލުކުރީ އުކުޅަހުގެ މަގު މައްޗަށް އޭނާ މީހުން އެއްކުރަން މަސައްކަތް ކުރި ކަމަށް ބުނެއެވެ. ކޮންމެ ކަމެއްގެ ތުހުމަތުގައި ހައްޔަރުކުރި ނަމަވެސް، އެކުޅަހު އެމްޑީޕީގެ މެމްބަރުންގެ ފިކުރަށް ބަދަލެއް ނާންނާނެ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީވެސް އެމްޑީޕީއަށް ލިބިގެންދާނެ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

އުކުޅަހުގެ އެމްޑީޕީ އެކްޓިވިސްޓް ޕީޕީއެމަށް ސޮއި ކުރުމުން އެރަށުގެ އެމްޑީޕީގެ އާންމު މެމްބަރުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަސަން ލަތީފް ހައްޔަރުކުރީ ގާނޫނާ ހިލާފަށް:އެމްޑީޕީ

ހަސަން ލަތީފް ހައްޔަރުކުރީ ގާނޫނާ ހިލާފަށް:އެމްޑީޕީ

19 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

12 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލައިފި

ޤާސިމް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލައިފި

11 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު