Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޒާހަރާ

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

ކުޑަހުވަދޫ ހެޑްމާސްޓަރު ވަނީ ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ފެބުރުއަރީ 2017 | ބުރާސްފަތި 20:20
ދ. ހުޅުދެލި ސްކޫލްގެ ބެލެނެވެރިން މުޒާހަރާ ކުރަނީ

ދ. ހުޅުދެލި ސްކޫލްގެ ބެލެނެވެރިން މުޒާހަރާ ކުރަނީ

ދ. ހުޅުދެލީ ސްކޫލްގެ ހިދުމަތުގެ ފެންވަރު 15 ދުވަސްތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ރަގަނޅު ނުކޮށްފި ނަމަ އަނެއްކާވެސް އިހުތިޖާޖު ކުރާނެ ކަމަށް ބެލެނިވެރިން ބުނެފިއެވެ.

ހުޅުދެލީ ސްކޫލްގެ ހިދުމަތާއި މެދު ބެލެނިވެރިން ހިންހަމަނުޖެހުމާއި ގުޅިގެން ބުދަ ދުވަހު ކުރި އިހްތިޖާޖާއި ގުޅޭގޮތުން އެރަށު ބެލެނިވެރިއަކު ބުނީ މުޒާހަރާ ކުރުން ހުއްޓާލީ ކަމާބެހޭ ފަރާތްތަކަށް އެކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އޭނާ ބުނީ މުޒާހަރާ ކުރަމުންދަނިކޮށް ދ. ކުޑަހުވަދޫ ސްކޫލްގެ ހެޑްމާސްޓަރު ހުޅުދެއްޔަށް ވަޑައިގެން މުޒާހަރާ ކުރި ރައްޔިތުންނާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ބެލެނެވެރިންގެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކަށް ގެންގޮސް އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާލުވެފައިވާ ކަމަށެވެ.

ހުޅުދެލި ސްކޫލު ބެލެނިވެރިން އިހްތިޖާޖު ކުރަނީ ސްކޫލުގައި ކުދިންނަށް ކިޔެވޭނެ ރަގަޅު މާހައުލެއްގެ ގާއިމް ކުރެވިފައި ނެތުމުން ކަމަށެވެ. އެގޮތުން ސްކޫލުތައް ހުޅުވުނުތާ އެތަށް ދުވެހެއް ވެފައިވާ އިރު އަދިވެސް ސްކޫލު ކުދިންގެ ޓެކްސްޓް ފޮތް ހަމަނުވާ ކަމަށް އެފަރާތުން ބުނެ އެވެ. އަދި ސްކޫލުގައި ޓީޗަރުން ހަމަނުވާ ކަމަށާއި ފާހަނާތައް ހަލާކު ވެފައިވާ ކަމަށާއި ސްކޫލުގައި ރަގަޅު ޕްރިންސިޕަލެއް ނެތް ކަންވެސް ބެލެނިވެރިޔާ ވަނީ ފާހަގަކޮށްފަ އެވެ.

ބުދަ ދުވަހުގެ ދުވަހުގެ ހެނދުނު ކުރި އިހްތިޖާޖު ހުއްޓާލާނީ މިކަންކަމަށް ހައްލެއް ހޯދާދޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ބެލެނެވެރިން ދިޔައީ ބުނަމުންނެވެ. ބުދަ ދުވަހު އެ ސްކޫލަށް އެއްވެސް ކުއްޖަކު ކިޔަވަން ފޮނުވާފައިވާ ނުވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެރަށު ސްކޫލުގެ ޓީޗަރަކު ވިދާޅުވެފައި ވަނީ ބުދަ ދުވަހުގެ ހެނދުނު ބެލެނިވެރިން އިހްތިޖާޖު ކުރަމުންދިއަ އިރު ސްކޫލުގެ ގޭޓް ހުޅުވީވެސް އެއަތޮޅު ކުޑަހުވަދޫ ފުލުހުން އައިސް ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ދ.ހުޅުދެލިއަކީ ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު