Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން ބަންދުކުރި މައްސަލަ

ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި

މިދިޔަ މަހަށް އަޑުއެހުމެއް ތާވަލުކުރި، ޗިޓް ހަވާލެއް ނުކުރެވުނު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 08:51
ރައީސް ނަޝީދު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ނަޝީދު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަބްދުﷲ ޔާމީން އާރަށުގައި ބަންދުކުރި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާ ވެސް ތާވަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 29 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް، އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. ކޯޓުން ބުނީ އަޑުއެހުން ކެންސަލް ކުރީ ރައީސް ނަޝީދާ ޗިޓް ހަވާލުކުރެވޭނެ ގޮތެއް ނުވުމުން ކަމަށެވެ.

ޗިޓް ހަވާލުނުކުރެވިގެން އެ އަޑުއެހުން ކެންސަލް ކުރިއިރު، ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:30 އަށް އަނެއްކާ ވެސް ވަނީ ތާވަލުކޮށްފަ އެވެ. ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދާ ޗިޓް ހަވާލުކުރެވޭ ގޮތް މިފަހަރު ވެސް ވަނީ ނުވެފަ އެވެ.

މިހާރު ވެސް ޓެރަރިޒަމުގެ ކުށުގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީގަައި ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ވަނީ އެގައުމުން ހިމާޔަތް ހޯއްދަވާފަ އެވެ.

ރައީސް ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރިއިރު، އެ މައްސަލައާ ގުޅިގެން އެއިރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

ރައީސް ޔާމީން ބަންދުކުރިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކުރަން ނުފޮނުވުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމު ކުޑަ ދުވަސްކޮޅެއް ވަންދެން ކުރެއްވި މޫސާ އަލީ ޖަލީލަކީ މެޑަމް ފާތުމަތު އިބްރާހީމާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ.

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލިފަހުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައިވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށި ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނުމުން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

އާރަށަކީ އެއްވެސް އިރެއްގައި މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ތަނެއް ނޫން ކަމަށާއި ޔާމީން އާރަށަށް ގެންދިޔައީ ވެސް މީހުން ހައްޔަރުކުރުމަށް އޮންނަ އުސޫލުތަކުގެ ދަށުން ނޫން ކަމަށް އެއިރުގެ ސަރުކާރުން ބުނެފައި ވެއެވެ. އަދި ޔާމީން އާރަށަށް ގެންދިޔައީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވެސް ވާތީ ހިމާޔަތް ދޭންޖެހޭ ހާލަތެއްގައި ގާނޫނު އަސާސީ އާއި ގާނޫނީގެ އިމުގެ ތެރެއިން ސިފައިންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.

އާރަށުގައި ބަންދުކޮށްފައި ބެހެއްޓި މައްސަލައިގެ ތަހުގީގަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޔާމީން ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ދައުވާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު