Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހު އިތުބާރުގެ މައްސަލަ

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި

މީގެ ކުރިން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަފައިވަނީ 26 މެމްބަރުންގެ ސޮޔާއެކު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 އެޕްރީލު 2017 | އާދީއްތަ 15:15
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް އަނެއްކާވެސް ހުށަހަޅައިފި އެވެ.

މާރޗު މަހުގެ 27 ވަނަ ދުވަހު މަސީހުގެ އިތުބާރު ނެތް ކަމުގެ ފުރަތަމަ މައްސަލަ މަޖިލީހުން ފާސް ނުވާކަމަށް ނިންމިއިރު އިދިކޮޅު އެއްވެސް މެމްބަރެއް އެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ. އިދިކޮޅު މެމްބަރުން ވޯޓްގައި ބައިވެރިނުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ޖަލްސާއާއި ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރުމުންނެވެ. މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ނެގީ ވޯލްކޯލް ވޯޓެވެ. އެއީ ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކޮށް ނަގާ ވޯޓެކެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރޯލްކޯލް ވޯޓެއް ނެގޭނީ ވޯޓިންގ ސިސްޓަމްގައި މައްސަލައެއް އުޅޭނަމަ އެވެ. ނަމަވެސް އެދުވަހުގެ ވޯޓިންގ ސިސްޓަމުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

އެ ދުވަހުގެ ވޯޓަށް ފަހު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެފައި ވަނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ނެގޭ ވޯޓަކުން ސަރުކާރުގެ އަޣްލަބިއްޔަތު ނޯންނާނެކަން ވަރަށް ސާފުކޮށް ހާމަކުރެވިއްޖެ ކަމަށެވެ. ފާރިސް ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވޯޓެއް ނެގުމުން ސަރުކާރަށް އަޣްލަބިއްޔަތު ނެތް ކަން ވަރަށް ރަނގަޅަށް ސާބިތުވެފައިވާ ކަމަށެވެ. އެ ފަހަރު މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ ރޯލް ކޯލް ވޯޓަށް ގޮސްގެން 48 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފު ވޯޓެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ފާރިސް ވިދާޅުވީ ވަކިވަކިން މެންބަރުން ތެދުވެ ފެންނަ ގޮތް ހާމަކުރުވުމަކީ ވޯޓުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި އެހެންކަމުން މަސީހުގެ އިތުބާރުގެ މައްސަލައިގައި ނެގުނީ މިނިވަން ވޯޓެއް ނޫން ކަމަށެވެ.

ފާރިސް ވިދާޅުވެފައިވަނީ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތުގައި ކުރިއަށް ހުރި ހަރަކާތްތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުގެ ބޮޑުވަމުން އަންނަ ޓީމަށް އިތުރު މެންބަރުން ގުޅިވަޑައިގަންނަވާ ތަން ފެންނާނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، އޭނާގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ތުހްމަތުކޮށްފައިވާ ހަތް ނުކުތާ އަށް ވެސް އޭނާ ވަނީ އިންކާރުކުރައްވައި، އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި ކަންކަން ހިންގަމުން ދަނީ މަޖިލީހުގެ ގަވާއިދާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް މަޖިލީހުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވި އެވެ.

މި ފަހަރު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 31 މެމްބަރުން ސޮއިކުރައްވާފައިވާއިރު، ކުރިން ފަހަރުގެ މައްސަލައިގައި ސޮއި ކުރެއްވީ 26 މެމްބަރުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު