Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެލެންސިއާގެ އަމާޒު ތައްޓަކަށް

މި ސީޒަނުގައި ވެލެންސިއާގެ އަމާޒަކީ ތައްޓެއް: ސެންޓޭ

ލީގު ކާމިޔާބުކުރުމަކީ ވެލެންސިއާގެ އަމާޒެއް ނޫން ކަމަށް އާތީ ވަނީ ބުނެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 3 ފެބުރުއަރީ 2021 | ބުދަ 10:12
ކުލަބު ވެލެންސިއާގެ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)

ކުލަބު ވެލެންސިއާގެ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)

މި ސީޒަނުގައި ކުލަބު ވެލެންސިއާގެ އަމާޒަކީ މުބާރާތަކުން ތައްޓެއް ހޯދުން ކަމަށް އެ ޓީމުގެ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނުން އަލުން ޖާގަ ހޯދި ވެލެންސިއާއިން ޕްރީ-ސީޒަން ފެށީ އާދައިގެ ސްކޮޑަކާއެކުގައެވެ. ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށަމުން އެ ޓީމުގެ ކޯޗު މުޙައްމަދު އާތިފް (އާތި) ބުނީ ޓީމުގެ އަމާޒަކީ ފުރަތަމަ ޑިވިޝަނުގައި އޮވެ ރަނގަޅު ޓީމެއް ބިނާކުރުން ކަމަށެވެ.

އެކަމަކު ޕްރީ-ސީޒަން ނިމުމާ ގާތްވެފައި ވަނިކޮށް ވެލެންސިއާއިން ވަނީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފައެވެ. އޭގެ ތެރޭގައި އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި ގައުމީ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލުގެ އިތުރުން ސެންޓޭގެ ސޮއިވެސް ވެލެންސިއާއިން ވަނީ ހޯދާފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހު ހަވީރު ޓީސީ ސްޕޯޓްސް ކުލަބު އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެންޓޭ ބުނީ ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ކުޅުމެއް ދައްކައި، ވެލެންސިއާގެ އަމާޒަކީ ތައްޓަކާއެކު ސީޒަން ނިންމާލުން ކަމަށެވެ. އަދި މަޝްހޫރު ގިނަ ކުޅުންތެރިން ވެލެންސިއާގައި ތިބުމަކީ ތަށި ހޯދުމަށް އޮތް ޕްރެޝަރެއް ނޫން ކަމަށާއި، ވެލެންސިއާގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނަކީ ކުރިންވެސް މި ތަޖުރިބާ ކޮށްފައި ތިބި ކުޅުންތެރިން ކަމަށްވެސް ސެންޓޭ ވަނީ ބުނެފައެވެ.

ސެންޓޭ މިހެން ބުނި ނަމަވެސް، މީގެ ކުރިން އެ ޓީމުގެ ކޯޗު އާތީ ބުނެފައިވަނީ ފަހުން އެ ޓީމާ ގުޅުނު ކުޅުންތެރިންނާއެކު ރަނގަޅު ޕްރީ-ސީޒަނެއް ފުރިހަަމަނުކުރެވުމަކީ ދިމާވާ ގޮންޖެހުމެއް ކަމަށެވެ. އަދި ލީގު ކާމިޔާބުކުރުމަކީ ވެލެންސިއާގެ އަމާޒެއް ނޫން ކަމަށްވެސް އާތީ މީގެ ކުރިން ވަނީ ބުނެފައެވެ.

ލީގުގައި އަންގާރަ ދުވަހުގެ ހަވީރު ޓީސީ އަތުން ހޯދި މޮޅާއެކު ވެލެންސިއާ ވަނީ ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެގޮތުން ވެލެންސިއާއަށް ކުޅުނު ނުވަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ނުވަ މެޗުން ވަނީ 21 ޕޮއިންޓް ލިބިފައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު