Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުއަށް ތަށި ހޯދައިދިނުން

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީތައް މި ސީޒަނުގައިވެސް ހޯދަން ބޭނުން: ސެންޓޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 17:42
ނިއުގެ ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ)

ނިއުގެ ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ)

މި ސީޒަނަށް ނިކުންނަނީ އިންޑިވިޖުއަލް އެވޯޑުތައް ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭންކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އަދި އެފްއޭއެމް ގުޅިގެން ދިން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސެންޓޭ ބުނީ މި ސީޒަނަށް އޭނާ ފުރިހަމަޔަށް ފިޓް ކަމަށާއި، މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީތައް މި ސީޒަނުގައިވެސް ހޯދަން ކެތްމަދުވެފައި ހުރި ކަމަށެވެ.

އެހެންނަމަވެސް ސެންޓޭ ބުނީ މި ސީޒަނުގައި އޭނާ ލަނޑު ޖެހުމަށްވުރެ އަދި އިންޑިވިޖުއަލް އެވޯޑްތައް ހޯދުމަށްވުރެ ބޮޑަށް މަސައްކަތްކުރާނީ ކްލަބަށް ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށެވެ.

"މިދިޔަ ސީޒަނުގައިވެސް ހޯދި ކާމިޔާބީތައް މި ސީޒަނުގައިވެސް ހޯދަން ބޭނުން. އެންމެ ބޮޑު ޓާގެޓަކީ ގޯލު ޖެހުމަށްވުރެ ތަށިތައް ކްލަބަށް ހޯދައިދިނުން. ފުރަތަމަ އިސްކަން ދެނީ ކްލަބަށް އެއަށް އިންޑިވިޖުއަލް އެވޯޑުތަކަށް" ސެންޓޭ ބުންޏެވެ.

ސެންޓޭ ބުނީ ނިއު އަށް އޭނާ އެނބުރި ބަދަލުވީ ކްލަބަށް ކާމިޔާބީ ހޯދައިދޭން ކަމަށާއި، ޓީމު މިހާރު އޮތް ހާލަތަކުން އިތުރު ހާލަތަކަށް ގެންދަން ކަމަށެވެ. އެގޮތުން ތަށިތައް ހޯދައިދީ އޭއެފްސީ ކަޕަށް ޓީމު ގެންގޮސްދިނުމަކީ އެންމެ ބޮޑު ޓާގެޓްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނިއު ޓީމާ މެދު ވަރަށް ހިތްހަމަޖެހޭކަމަށް ފާހަގަކުރަމުން ސެންޓޭ ބުނީ ކްލަބް މެނޭޖްމަންޓް، ބިދޭސީ ކުޅުންތެރިން އަދި ކޯޗުގެ ފަރާތުންވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަމަށާއި، ޓީމުގައި މަސައްކަތު ރޭޓުވެސް ވަރަށް މަތި ކަމަށެވެ.

ނިއުގެ ކޯޗު ބެނާޑޯ ތަވަރޭޒްގެ ޓެކްޓިކްސްތަކުން ވަރަށް ގިނަ ކަންތައް ދަސްވާ ކަމަށާއި، އެގޮތުން ކުޅުންތެރިން މަސައްކަތްކުރަން ޖެހޭ ގޮތް ވަރަށް ރަނގަޅަށް ކިޔައިދޭކަމަށްވެސް ސެންޓޭ ވަނީ ބުނެފައެވެ. މީގެއިތުރުން އޭނާ ބުނީ ކޯޗު އެންމެ ބޮޑަށް ކިޔައިދެނީ ޑިފެންސްކުރުމުގެ އިތުރުން އެޓޭކްކުރަން ކަމަށާއި، ސެޓްޕީސްތަކަށްވެސް ވަރަށް މަސައްކަތްކުރާ ކަމަށެވެ.

"ޓީމާ މެދު ވަރަށް ހިތްހަމަޖެހޭ. ބޭރު ކުޅުންތެރިންގެ ގުޅުން ރަނގަޅު. ޓީމު ވޯކުވެސް ރަނގަޅު. ޓެކްޓިސް އަށް ކޯޗު ވަރަށް މަސައްކަތްކުރޭ. ހުރިހާ އެއްޗެއް އެއްކޮށް ދަސްކޮށްދޭ. ޑިފެންސް، އެޓޭކް އަދި ސެޓްޕީސްތަކަށް އެންމެ މަސައްކަތްކުރަނީ" ސެންޓޭ ބުންޏެވެ.

މި ސީޒަނަކީ ނިއުގެ ކާމިޔާބު ސީޒަނަކަށް ހެދުމަށް ސަޕޯޓަރުންގެ އެހީ މުހިންމުކަމަށް ފާހަގަކުރަމުން ސެންޓޭ ބުނީ އޭނާ އުންމީދު ކުރަނީ ނިއު ކުޅޭ މެޗުތަކުގައި ނޫ ކުލައިން މުޅި ދަނޑު ފުރުން ކަމަށެވެ. އެގޮތުން އޭނާ ބުނީ ލިބުނު ހުރިހާ ކާމިޔާބީއަކީވެސް ސަޕޯޓަރުންގެ ސަޕޯޓުން ލިބުނު އެއްޗެއް ކަމަށެވެ.

ފާއިތުވެ ދިޔަ އަހަރު ޓީސީ އަށް ކުޅުނު ސެންޓޭ ވަނީ އެ ކްލަބަށް ދިވެހި ލީގު، ޕްރެޒިޑެންޓްސް ކަޕް އަދި އެފްއޭކަޕްގެވެސް ދެވަނަ ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ އަކީ މިދިޔަ ސީޒަނުގައިވެސް އެންމެ ގިނަ ލަނޑު ޖަހާ ރަން ބޫޓް ގެންދިޔަ ކުޅުންތެރިޔާ އެވެ.

މި ސީޒަނުގައި ނިއުގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ގަލޮޅު ދަނޑަށް ސެންޓޭ ނިކުންނާނީ ވިކްޓްރީއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ

އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ

28 މެއި 2017
މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

02 މެއި 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު