Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ ސްޕޯޓްސް

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017 | ބުރާސްފަތި 08:11

ޓީސީގެ ތައްޓަކީ ފުޓްބޯޅައިގެ ކުރިމަގަށް ލިބިގެންދިޔަ އުއްމީދެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 16 މާރިޗު 2017 | ބުރާސްފަތި 08:11
ޓީސީގެ އިވެންޓުގައި މުހައްމަދު ނިޒާމް (ނިޒާމްބެ) ވާހަކަ ދައްކަނީ

ޓީސީގެ އިވެންޓުގައި މުހައްމަދު ނިޒާމް (ނިޒާމްބެ) ވާހަކަ ދައްކަނީ

ޓީސީ ސްޕޯޓްސް ކްލަބުން ހޯދި ތައްޓަކީ ހަމައެކަނި އެ ކްލަބަށް ހޯދުނު ތައްޓެއް ނޫން ކަމަށާއި ރާއްޖެއަށް މިވަގުތު އޮތް ޗެލެންޖަކީ މިއަށްވުރެން ވަދުގަދަ ބޮޑު ތައްޓެއް ހޯދުން ކަމަށް އެ ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ޓީސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނިޒާމްބެ ބުނީ ޓީސީގެ ތައްޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް ލިބިގެންދިޔަ އުއްމީދެއް ކަމަށާއި، އެގޮތުން ޓީސީން ހޯދި ރަން މެޑައްޔާއެކު ރާއްޖެއަށް މިއަށް ވުރެ ބޮޑެތި މުބާރާތްތަކުން ކާމިޔާބު ހޯދިދާނެ ކަމުގެ އުއްމީދު ލިބިގެން ހިނގައްޖެ ކަމަށެވެ.

ނިޒާމްބެ ބުނީ ރާއްޖެއަށް ރަން މެޑެލް ހޯދޭނީ ހަމައެކަނި ސަރަހައްދީ މުބާރާތްތަކުން އެކަނި ނޫން ކަމަށާއި އެގޮތުން ކާމިޔާބީ ހޯދުމަށް މިހާރަށްވުރެ ދުރު ވިސްނުމެއް ގެންގުޅެންޖެހޭ ކަމަށެވެ.

ފާއިތުވި ސީޒަންގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައިވާ ނިޒާމްބެ އިތުރަށް ބުނީ ޓީސީއަށް ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މިންނަތް މަސަތްކަތުން ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޝައިޚް ކަމާލް ކަޕް އެޓީމަށް ކާމިޔާބުކުރެވުނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށާއި އަދި އެގޮންޖެހުންތަކާއެކު ވެސް ކާމިޔާބީއަށް ވާސިލްވެވުނީ އެޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ އަހަރު ޓީމާއި ބައްދަލުކޮށް ރައީސް ޔާމީން ދެއްވި ޗެލެންޖުން ކަމަށެވެ.

ނިޒާމްބެ ވަނީ އެޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް އެފްއޭއެމުން ބޭއްވި ހަފްލާގައި ވެސް ރާއްޖޭގެ ފުޓުބޯޅަ އަމާޒު ހިފަންވީ މިސްރާބާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އެ ހަފްލާގައި ނިޒާމްބެ ބުނީ މިހާރު އެންމެ ބޮޑަށް ދެކެން ބޭނުންވަނީ ރާއްޖޭގެ ގައުމީ ޓީމު ވޯލްޑްކަޕްގައި ވާދަކުރާ ދުވަސް ކަމަށާއި އެހިސާބަށް ދިއުމަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެދުވަހު ނިޒާމްބެ ބުނެފައި ވަނީ ވޯލްޑްކަޕުގައި ވާދަކުރާ ވާހަކަ ބުނުމުން ބައެއް ފަރާތްތަކުން އެކަމާމެދު ހައިރާންވެ ނުވަތަ ހަޖޫ ޖަހާފާނެ ކަމަށާއި އެހެން ނަމަވެސް ފީފާ އިން އިތުރުކުރި އަދަދާ އެކު ދިވެހި ރާއްޖެއަށް ވޯލްޑްކަޕްގައި ވާދަ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މިހާރު އެފްއޭއެމްގައި އޮތް ޓީމަކީ އެވަރުގެ މަސައްކަތްތަކެއް ކޮށް ގައުމީ ޓީމު ވޯލްޑް ކަޕާއި ހަމައަށް ގެންގޮސްދިނުމުގައި ފުރިހަމައަށް އެއްބާރުލުންދެވޭ ވަރުގެ ޓީމެއް ކަމަށް ވެސް ނިޒާބް ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް