Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޝީލްޑް ވެކްސިން ޖެހުން

އަޅުގަނޑުވެސް ޖަހައިފިން، އަޅުގަނޑަށް ޔަޤީންކަން ލިބިގެން ވެކްސިން މި ޖެހީ: ޑރ. ފައިސަލް

ކުޅުދުއްފުށި ސިޓީން ވެކްސިން ޖެހީ 30 މީހުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2021 | ހޯމަ 17:59
އާންމު ބަލިތަކުގެ ޑޮކްޓަރު މުހައްމަދު ފައިސަލް ވެކްސިން ޖައްސަވަނީ

އާންމު ބަލިތަކުގެ ޑޮކްޓަރު މުހައްމަދު ފައިސަލް ވެކްސިން ޖައްސަވަނީ

"އަޅުގަނޑުވެސް ޖަހައިފިން، އަޅުގަނޑަށް ޔަޤީންކަން ލިބިގެން ވެކްސިން ޖެހީ" މިއީ ކުޅުދުއްފުށި ސިޓީން ވެކްސިން ޖެހި 30 މީހުންގެ ތެރޭގައި ހިމެނޭ އާންމު ބަލިތަކުގެ ޑޮކްޓަރު މުހައްމަދު ފައިސަލްއާ ސުވާލު ކޮށްލުމުން ދެއްވި ޖަވާބެވެ. ޑރ. ފައިސަލް ދެއްވި މި ޖަވާބުގެ ސަބަބުން ކޮންމެވެސް ވަރަކަށް ވެކްސިންގެ ރައްކާތެރިކަމާ ދޭތެރޭގައި ޝައްކު އުފެދިފައިވާ މީހުންގެ ހިތްތަކަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔަކަމަށް ހީކުރަމެވެ.

އިންޑިއާގެ ސެރަމް އިންސްޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިން ޖަހަން ބައެއް މީހުން ފަސް ޖެހެއެވެ. އެއީ ވެކްސިނާއި ގުޅޭގޮތުން އެކި ޕްލެޓްފޯމްތަކުގައި ފަތުރަމުންދާ މައުލޫމާތުތަކުގެ ސަބަބުންނެވެ. މި ވެކްސިނަކީ އިންސާނުންގެ ގަޔަށް ޖެހުމަށް އެންމެ ރައްކާތެރި ވެކްސިން ނޫންކަމަށް އަޑުން އަޑު ނަގާ ބައެއް މީހުން ހަޅޭލަވަމުންދެއެވެ. ސަބަބެއްކަމަށް މި މީހުން ބުނަނީ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރަސްމީ ސިފައެއްގެ ހުއްދަ ދީފައިނުވާ ވެކްސިނަކަށް ވުމުންނެވެ. އަދި މި ވެކްސިނަށް ހުއްދަ ނުލިބުނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ބުނެފައެވެ. ކޮންމެ ޤައުމަކުން ވެކްސިން އުފެއްދި ކަމުގައިވީ ނަމަވެސް އެ ޤައުމުތަކުން އަމަލު ކުރަން ޖެހޭ ވަކި މިންގަނޑުތަކެއް ހުރެއެވެ. ކްލިނިކަލް ޓްރައިލްގެ ތިން މަރުހަލާ ކަނޑައްތު ކުރުމަށްފަހު ނޫނީ ޤައުމުތަކުން އެ ވެކްސިން އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދައެއް ނުދެއެވެ. މި ތިން މަރުހަލާތަކުގެ ތެރޭގައި އެންމެ ފުރަތަމަ މަރުހަލާގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދެއެވެ. ދެވަނަ މަރުހަލާގައި ވެކްސިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިގެންދެއެވެ. އަދި ތިން ވަނަ މަރުހަލާގައި ވެކްސިންގެ އަސަރު ކުރާ މިންވަރު ބެލިގެންދެއެވެ.

ޑރ. ފައިސަލް ވިދާޅުވީ އިންޑިއާގެ ސެރަމް އިންސްޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިނާއިބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސައްހަ ނޫން މައުލޫމާތުތައް ފަތުރަމުންދާ ކަމަށެވެ. އަދި ޑޮކްޓަރެއްގެ ހަސިއްޔަތުން މި ވެކްސިން ޖަހާފައިވަނީ ރައްކާތެރިކަން ކަށަަވަރުކޮށް ޔަޤީންކަން ލިބުމުން ކަމަށެވެ.

ވެކްސިން ޖެހުމަށްފަހު އޮބްޒަވޭޝަންގައި 15 މިނެޓާއި 20 މިނެޓާއި ދޭތެރޭ މަޑުކުރެއްވިކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ އެއްވެސް ކަހަަލަ ސައިޑް އިފެކްޓެއް ފެނިފައިނުވާ ކަމަށެވެ. ކުޅުދުއްފުށި ސިޓީން އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ ހޮސްޕިޓަލްގެ މެނޭޖަރ އަހްމަދު ދާއޫދެވެ. ދާއޫދު ވިދާޅުވެފައިވަނީ ވެކްސިން ޖެހުމަށްފަހު ވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ވެކްސިން ޖެހި މީހުންގެ ފަރާތުންވެސް ވެކްސިނާއިގުޅޭ ގޮތުން އެއްވެސް ކަހަލަ ނެގެޓިވް ފީޑްބެކެއް ލިބިފައިނުވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ހޯމަ ދުވަހު ވެކްސިން ޖަހާފައިވަނީ ސިއްހީ މަސައްކަތްތެރިންނަށެވެ. އަދި ކުރިއަތް އޮތް ދުވަސްތަކުގައި އާންމުންނަށްވެސް ވެކްސިން ދިނުމުގެ ކަންތައްތައް ފެށިގެންދާނެ ކަމަށާއި އާންމުން ވެކްސިނަށް ހޭލުންތެރި ކުރުވުމަށްޓަކައި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ދާއޫދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ސިއްހީ ހުރިހާ މަސައްކަތްތެރިންނަށް ވެކްސިން ޖެހި އެސިސްޓަންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ ހަދީޖާ ހަސަން ވިދާޅުވީ ޑޮކްޓަރަކާއި ނަރުހެއްގެ އޮބްޒަވޭޝަންގައި ވެކްސިން ޖެހި މީހުން ބޭތިއްބިއިރު އެއްވެސް ކަހަަލަ ސައިޑް އިފެކްޓެއް ފެނިގެން ރިޕޯޓްކޮށްފައިނުވާ ކަމަށެވެ. އަދި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއެކީގައި ނިންމާލެވުނު ކަމަށެވެ.

ވެކްސިން ޖެހި ސިއްހީ މަސައްކަތްތެރިންގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެއެވެ. މި އެންމެނާ ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައިވެސް ތަކުރާރުކޮށް ފާހަގަކުރައްވާފައިވަނީ އެއް ކަމެކެވެ. އެއީ ވެކްސިން ޖެހުމަށްފަހުވެސް އެއްވެސް ސައިޑް އިފެކްޓެއް އަދި ނުފެންނަ ވާހަކައެވެ. އަދި ވެކްސިން ޖެހިއިރު އެހާ ބޮޑަށް ތަދު އިހުސާސް ނުވާ ކަމަށްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ސިއްހީ މަސައްކަތްތެރިންނަށް ވެކްސިން ޖަހާފައިވާއިރު އެބޭފުޅުންގެ އުންމީދަކީ އާންމު ރައްޔިތުންނަށްވެސް މި ވެކްސިން ދެވި، މި ވަބާއިން ރާއްޖެ އަރައިގަންނަ ދުވަހެއް ފެނިގެން ދިޔުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ އެންމެ މަތިން ހިތްވަރު ލިބިގެން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ބިރުވެރިކަން ކުރިމަތިކުރުވަނީ!

ދައުލަތުގެ އެންމެ މަތިން ހިތްވަރު ލިބިގެން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ބިރުވެރިކަން ކުރިމަތިކުރުވަނީ!

19 ޑިސެމްބަރު 2023
"ހަންޖަރު ހަރަން މަސައްކަތްކޮށްފިޔޭ، ގޮއްވާލަން މަސައްކަތްކޮށްފިޔޭ، ރައްޔިތުން އަޅުގަނޑަށް އެހެން ނުހައްދަވާށޭ"!

"ހަންޖަރު ހަރަން މަސައްކަތްކޮށްފިޔޭ، ގޮއްވާލަން މަސައްކަތްކޮށްފިޔޭ، ރައްޔިތުން އަޅުގަނޑަށް އެހެން ނުހައްދަވާށޭ"!

12 ޑިސެމްބަރު 2023
"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

19 މެއި 2023
އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމައުގައި އިހްތިރާމް ލިބިގެންވާ ގަދަރުވެރި ބަޔަކަށް ހަދަންޖެހޭ

އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމައުގައި އިހްތިރާމް ލިބިގެންވާ ގަދަރުވެރި ބަޔަކަށް ހަދަންޖެހޭ

13 އޮކްޓޯބަރު 2022
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޯފެނުގެ މައްސަލައަށް ހައްލު ލިބިގެންދާނެ

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޯފެނުގެ މައްސަލައަށް ހައްލު ލިބިގެންދާނެ

30 ޖުލައި 2022

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު