Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް އަބްދުﷲ ޔާމީން

"ހަންޖަރު ހަރަން މަސައްކަތްކޮށްފިޔޭ، ގޮއްވާލަން މަސައްކަތްކޮށްފިޔޭ، ރައްޔިތުން އަޅުގަނޑަށް އެހެން ނުހައްދަވާށޭ"!

އޭގެ 5 އަހަރު ފަހުން 2023 ވަނަ އަހަރު ވެސް އެމަނިކުފާނާ ދޭތެރޭ ޢަމަލުކުރުވުނީ އެފަދައިން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2023 | އަންގާރަ 01:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީގައި ވާހަކަ ދައްކަވަނީ

ރަނގަޅަށް ވެސް ހަންޖަރު ހަރައިފި އެވެ. ކޮށިވެފައިވާ ހަންޖަރުގެ މިޔަ، ފިސާރިއަށް ތޫނުކޮށްގެންނެވެ. ގޮއްވާލައިފި ވެސް މެ އެވެ. ފިސާރި ބޮޑުކޮށެވެ. ފިސާރި ވަރުގަދަ ގޮއްވުމެކެވެ. ރައްޔިތުން ވެސް އެހެން ހަދައިފި އެވެ. ދޯކާ ދީފި އެވެ. ދޫކޮށް ހިނގައްޖެ އެވެ. މިއަދު އެކަނިވެރި ވީ އެއް ނޫން ހެއްޔެވެ؟

މި ދެކެވޭ ވާހަކަ ހަނދާނެއް ނެތް ނަމަ ބުނެލަދޭނަމެވެ. އެހެން ނަމަވެސް އެ ވާހަކައާ ހަމައަށް ވާސިލްވުމަށްޓަކައި މީގެ 5 އަހަރުގެ ކުރީގެ ހަނދާންތަކަށް ފީނާލުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ. މި ފީނާލުމުގެ ތެރެއިން ކުރިމަތިން ފެންނަން އޮތީ ރާއްޖޭގެ އެންމެ އުތުރުގައި އޮތް، އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށް ވިސްނަވާށެވެ. އެއީ ރާއްޖޭގެ އުތުރުގައި އޮތް ހަމައެކަނި ސިޓީ އެވެ. ކުޅުދުއްފުށި ސިޓީ އެވެ.

މިވަރުން ވެސް މި ވާހަކައިގެ ކުންނު ހަނދާން ނެތް ނަމަ، ސެހެރީގަނޑު މިހާ ހިސާބުން ކުރުކޮށްލާނަމެވެ. މި ދެކެވޭ ވާހަކައަކީ މީގެ ފަސް އަހަރު ކުރިން ހުޅުވުނު ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ވާހަކަ އެވެ. ބޯ ވިއްސާރައިގެ ތެރޭގައި ބޭއްވުނު އެ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ވާހަކަ އެވެ. މޯލްޑިވިއަންގެ ފްލައިޓުގައި އެ ސީޓީ އަށް ވަޑައިގެން އެ އެއާޕޯޓު ހުޅުވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވާހަކަ އެވެ. އެ ދުވަހު އެމަނިކުފާނު ދެއްވި ތަގުރީރުގެ ވާހަކަ އެވެ.

އެ ދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފޯރިގަދަ ދުވަސްވަރަށް ވުމުން، އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީން އެދުވަހު ކުޅުދުއްފުއްޓަށް ވަޑައިގެން ދެއްވާ ތަގުރީރުގައި ވޯޓުގެ އަދި އެމަނިކުފާނުގެ ސަރުކާރުގެ ވާހަކަ ދައްކަވާނެ ކަމަށް ހުރިހާ ރައްޔިތުން ވެސް ތިބީ ތައްޔާރުވެގެންނެވެ. ނަމަވެސް ބޯ ވިއްސާރައިގެ ތެރޭގައި، ތެމި ފޯވެގެން ހުންނަވައިގެން އެހާ އަސަރުގަދަ ތަގުރީރެއް ދެއްވާނެ ކަމަށް ހީކުރި މީހަކު އެތަނަކު ނެތެވެ. ކޮންމެއަކަސް ކަން ހިނގީ ވަރަށް ތަފާތު ގޮތަކަށެވެ. ބޮޑު ސަޕްރައިޒެއް އާންމުންނަށް އެ ދުވަހު ލިބުނެވެ. ރައީސްގެ ތަގުރީރުންނެވެ.

އެހެން އެކަން ނުވާންވީ ސަބަބެއް ވެސް ނެތްތާ އެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ވެވަޑައިގެންނެވީ ވަރަށް "ގަޓު" ރައީސެއްގެ ގޮތުގައި އެވެ. އެމަނިކުފާނު ހިތްޕުޅާ ނުވާ ބަހެއް، އަމަލެއް ނުވަތަ ކަމެއް ވެސް ނުކުރެވެ އެވެ. ނަމުން ޑިމޮކްރެސީ އެއްގައި ކަމުން އޮތީ ފައްކާވެފައި އޮތް "ޑިކްޓޭޓާޝިޕް" އެއް ހެންނެވެ. އަބުރުފުޅުގެ ގާނޫނާއި، ސިޔާސީ ލީޑަރުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދު ކުރެއްވުމެވެ. އެމަނިކުފާނުގެ ވެރިކަން ގެނައުމަށް އެބޭފުޅެއްގެ ފޮޓޯފުޅު ޖައްސަވައިގެން، އެބޭފުޅެއްގެ ނަންފުޅުގައި މަސައްކަތްކޮށްދެއްވި ބޭބޭފުޅާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ވެސް އެކު އެވެ.

ކޮންމެ އަކަސް، މި ގަޓު ރައީސަށް، ދުނިޔެ ދަސްވި އިރު މާ ލަސްވެއްޖެ ކަން ފެނުނީ އެ ދުވަހުގެ ތަގުރީރުންނެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ އަޅުގަނޑުގެ އާދެހަކީ އަޅުގަނޑު މަސައްކަތްކޮށްފީމޭ. އަޅުގަނޑަކީ އިޚްލާސްތެރިއެކީމޭ. އަޅުގަނޑު ވަރަށް ގިނަ ކަންތައްތައް ކުރެވޭތޯ ބަލައިފީމޭ. ވަރަށް އުނދަގުލާ އެކީ އޭ އަޅުގަނޑުގެ ސަރުކާރު ކުރިއަށް މި ގެންދިޔައީ. ރާއްޖޭގެ ތަރައްގީ އަކީ ބޭނުންވާ އެއްޗެއް ކަމުގައި ވަނީ ނަމަ އެކަން ލިބިއްޖޭ. ހުރިހާ ދިމާއަކުން މަސައްކަތް ކޮށްފި އަޅުގަނޑުގެ ވެރިކަން ނިމުމަކަށް ގެންނަން. އެހެންވީމާ ދެ ދުވަސްފަހުން މި އޮތީ، ރައްޔިތުން ވެސް ހަމަ ތިއްބެވީ އަޅުގަނޑުގެ ވެރިކަން ނިމުމަކަށް ގެންނަންތޯ، އެ ސުވާލު ދެ ދުވަހުގެ ފަހުން އަޅުގަނޑަށް ޖަވާބު ލިބިގެންދާނެ. އަޅުގަނޑު އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ ރައްޔިތުން ތިއްބެވީ އަޅުގަނޑާ އެކުގައި ކަމަށް."ބޯ ވިއްސާރައިގައި ހުންނަވައި ވާހަަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ދުވަހު ރައީސް ޔާމީން އެ ވިދާޅުވަނީ ދުނިޔޭގައި ކަން ހިނގާ އުސޫލެވެ. ކަން ހިނގި އުސޫލު ވެސް މެއެވެ. ވެރިކަމުގައި ހުންނެވި އިރު، ހަންޖަރު ހަރަން މަސައްކަތް ކުރީ އެވެ. ގޮއްވާލީ އެވެ. އިންތިހާބުގައި ރައްޔިތުން ވެސް އާދެހަށް ދިނީ ބީރުކަންފަތެކެވެ. ހަތަރު އުދަރެހުން ވެސް ދިނީ ދޯކާ އެވެ. ވެރިކަމުގެ ލައްޒަތުގައި ޖެހި، އެ ހާލިން ބޭރުވިއިރު ވަގުތު ފާއިތުވިކަން އިހުސާސުވީ އެހާ ހިސާބުންނެވެ. އަމިއްލަ އާއިލާއެވެ. އެންމެ ގާތް އެކުވެރިންނެވެ. ދަންނަ މީހުންނެވެ. ރައްޔިތުންނެވެ.

"ދިވެހި ރައްޔިތުންގެ އަރިހުގައި، ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައި. ބޮޑު ތިލަދުންމަތީގެ ރައްޔިތުންގެ އަރިހުގައި. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަރިހުގައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ކައިރީގައި މަސައްކަތް ކުރި މީހުންނާ އަޅުގަނޑުގެ ގާތް ތިމާގެ މީހުން އަޅުގަނޑުގެ ވެރިކަން ނިންމަން މަސައްކަތްކޮށްފިޔޭ. ހަންޖަރު ހަރަން މަސައްކަތްކޮށްފިޔޭ. ގޮއްވާލަން މަސައްކަތްކޮށްފިއްޔޭ. ރައްޔިތުން އަޅުގަނޑަށް އެހެން ނުހައްދަވާށޭ،"އާދޭހާ އެކު ރައީސް ޔާމީން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އެ އަސަރުގަދަ ވާހަކައަށް މިއަދު ފަސް އަހަރު ފުރި، ފަސްއަޅައި ފޮރުވަން ބެލިއިރު އަނެއްކާ ވެސް މި އޮތީ އެ މަޅީގައި ޖެހިފަ އެވެ. ކުރިން ހަންޖަރު ހެރި ފާރުގަނޑު ނުހިކެނީސް، އަނެއްކާ ވެސް ހަންޖަރު ހެރީ އެވެ. ބޮން ވެސް ގޮށްވީ އެވެ. ދޯކާ ވެސް ދިނީ އެވެ. މުޅި ދިރިއުޅުން އެކަމަކަށް ގުރުބާން ކުރި އެންމެ މުހިންމު އެއްކަން ވެސް އަތުން ބީވެގެން ދިޔައީ އެވެ.

އެ ކަމަކީ އަދި އެ އެއްޗަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ނުވަތަ ޕީޕީއެމް އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ ދައުރެއްގެ ނަނާ ހުވަފެނެވެ. ދެ ކަމުން ވެސް ކޮޅުފައިން ޖަހައި އެއްލާލީ ހުއްޓުވާނެ މީހަކު ނެތި އެވެ. އެމީހުންނަކަށް މިއަދު އެކަމަކީ މާ ބޮޑު ކަމަކަށް ނުވެ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަ އެވެ. ރައީސް ޔާމީނުގެ ފޮޓޯފުޅުގެ ނިވަލުގައި ހުންނަވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅާގެ ވާހަކަ އެވެ. ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ ވެރިކަމާ އެކު ރައީސް ޔާމީންގެ އަތްޕުޅުން ދޫވެ، ރައީސް މުއިއްޒުގެ އަތްޕުޅަށް ފުރޮޅުުނީ އެވެ. ޕީޕީއެމް އެކަންޏެއް ނޫނެވެ. ޕީޕީއެމް ގެއްލިދާނެ ކަމަށްޓަކައި އުފެއްދި ޕީއެންސީ ވެސް މެ އެވެ. ދެ ޕާޓީގެ ކޮންޓްރޯލް ނަންގަވައި، ޔާމީން ދޫކޮށްލެވީ އެވެ. ރައީސް ޔާމީނާ އެންމެ ގާތުގައި އުޅުއްވި ބޭބޭފުޅުންނަށް ވެސް އެމަނިކުފާނު މުހިންމުނުވެ، ރައީސް މުއިއްޒު އެހާ ހިސާބުން މުހިންމު ވެއްޖެ އެވެ. ރައީސް ޔާމީނުގެ ބަސް ވިކުން ހުއްޓިއްޖެ އެވެ. އޯޑަރަށް ތަބައުވުމެއް ނެތެވެ. އަގެއް ނެތް މީހަކަށް ވެއްޖެ އެވެ.

ހަމަ މި ޖެހުނީ ކުރިން ވެސް ޖެހުނު ތަނުގައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ވެރިކަމުން ވައްޓާލުމަށްޓަކައި ނުވަތަ އެ ވެރިކަން ނިންމާލުމަށްޓަކައި ގިނަ ހަމަލާތައް އައީ އެމަނިކުފާނުގެ އަމިއްލަ ސަރުކާރުގެ ތެރެއިންނެވެ. އެންމެ ގާތުގައި އުޅުއްވީ ބޭފުޅުންގެ ފަރާތުންނެވެ. މިއަދު ވެސް އެ މަންޒަރު ތަކުރާރުވީ އެވެ. އެންމެ ފަހުން، އަމިއްލަ ބުރަ މަސައްކަތުން ރޭނި ގެއިން ނުކުންނަން އެމަނިކުފާނަށް މަޖުބޫރު ވީއެވެ. ދުނިޔެ ދަސްނުވެ ހުއްޓައި، އަނެއްކާ ވެސް ކެހިވެރިން އެމަނިކުފާނުގެ މައްޗަށް މޮޅެއް ހޯދީ އެވެ. މިއަދު ޚުދު އެމަނިކުފާނު ވެސް އެކަން ގަބޫލުކުރައްވަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު