Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19، އިންޑިއާގެ ހާލަތު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ފާއިތުވި 24 ގަޑިއިރު ތެރޭގައި 346,786 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 އެޕްރީލު 2021 | ހޮނިހިރު 10:22
އިންޑިޔާއިން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 189,544ށް އަރާފައި

އިންޑިޔާއިން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 189,544ށް އަރާފައި

އެނދުތައް ފުރި އެއް އެނދުގައި ދެމީހުން ބައިތިއްބަން ޖެހިއްޖެއެވެ. މައިންނާއި ބަފައިން ޕޮޒިޓިވްވެ ކުދިންނަށް އަޅާނުލެވި ދޫކޮށްލާން ޖެހިއްޖެއެވެ.

އޮކްސިޖަން ނުލިބި އެތައް ބައެއްގެ އޮކްސިޖަން މާސްކުތައް ނައްޓާލައިފިއެވެ. އެއަށް އެދިއެދި ތިބި އެތައް ބަޔަކު ދުނިޔެއާ ވަކިވެއްޖެއެވެ. މިއީ މިއަދު އިންޑިޔާގެ ހާލަތެވެ. ބަލީގެ ދެވަނަ ރާޅެއް އައިސް ބިންދާލުމާއެކު މުޅި ގައުމު ކުޑަކަކޫ މައްޗަށް ތިރިކޮށްލައިފިއެވެ.

އިންޑިޔާއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި 346,786 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިއާއެކު މުޅި ދުނިޔެއިން ވެސް 24 ގަޑިއިރުތެރޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ގައުމަށް އިންޑިޔާ ވަނީ ވެފައެވެ. ދުނިޔޭގައި މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އަނެއް ދެ ގައުމު ކަމުގައިވާ ބްރެޒިލާއި އެމެރިކާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކަށްވުރެ އިންޑިޔާގައި ފެންނަ ކޭސްތައް ދެގުނަ އިތުރެވެ.

އިންޑިއާއަށް އައި ކޮވިޑްގެ މި އައު ރާޅާއެކު ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އެނދުގެ ދަތިކަމާއި އޮކްސިޖަނުގެ ދަތިކަމާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވޭނަމަ ބަލީގައި ފަރުވާ ނުލިބި ގިނަ މީހުން މަރުވެދާނެ ކަމުގެ ބިރު ސިއްހީ މާހިރުން އަންނަނީ ފާޅުކުރަމުންނެވެ.

މީގެ އިތުރުން ހޮސްޕިޓަލްތައް ފުރެމުން އަންނާތީ ބައެއް މީހުން ގޭގައި ކަރަންޓީނު ވުމަށް ފޮނުވާލަން ޖެހޭ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެއެވެ. ދިއްލީގެ ގިނަ ހޮސްޕިޓަލުތަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިމަރޖެންސީކޮށް ވަސީލަތްތައް ބޭނުންވާކަން އެތަންތަނުން ވަނީ ހާމަކޮށްފައެވެ. މިކަމަށް އެދި ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރަވާލް ވަނީ ބޮޑުވަޒީރުގެ އެހީއަށް ވެސް އެދިފައެވެ. އޮކްސިޖަން ސިލިންޑަރު ނުއަގުގައި ވިއްކަމުން ދާއިރު ހޮނިހިރު ދުވަހުވެސް ދިއްލީގެ ފުލުހުން ވަނީ 48 ސިލިންޑަރާއެކު މީހަކު ހައްޔަރުކޮށްފައެވެ. މީގެ ދެ ދުވަހެއް ކުރިން ކާންޕޫރުގެ ފުލުހުންވެސް ވަނީ މިފަދަ އޮޕަރޭޝަނެއްގައި 51 ސިލިންޑަރު އަތުލައިގެންފައެވެ.

ދިއްލީއާއި އުއްތަރުޕްރަދޭޝްގެ އިތުރުން ހަރިޔާނާ ފަދަ ސްޓޭޓުތަކުގައި އޮކްސިޖަން ލިބުމުގެ ދަތިކަން ހުރުމާއެކު އޮކްސިޖަނަށް އޮތް ޑިމާންޑް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ބައެއް ހޮސްޕިޓަލުތަކުގައި އޮކްސިޖަން ކެޕޭސިޓީ ނެތުމުގެ ސަބަބުން ކޮވިޑް-19 ގެ ބަލި މީހުން އެޑްމިޓް ކުރުމަށްވެސް ދެކޮޅު ހަަދަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. ދިއްލީގެ ބަޓްރާ ހޮސްޕިޓަލުން ވެސް ހޮނިހިރު ދުވަހު އޮކްސިޖަން ހުސްވެ، 150ށް ވުރެ ގިނަ ބަލި މީހުންގެ އޮކްސިޖަން ވަނީ ކަނޑާލާފައެވެ.

އިންޑިޔާގެ ހާލަތު ކޮންޓްރޯލު ނުކުރެވޭ ވަރަށް ދަށަށް ގޮސްފައިވާއިރު އެގައުމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 16.6 މިލިއަނަށް އަރާފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 189,544ށް އަރާފައެވެ. ބަލި ފެތުރެމުން އަންނަ ހަލުވިމިނުގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުން އުނދަގޫ ކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަރޖެންސީސް ޑިރެކްޓަރ މައިކް ރާޔަން ވަނީ ސިފަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު