Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެންބަރަކަށް މަރުގެ އިންޒާރުދިނުން

ދައުލަތުގެ އެންމެ މަތިން ހިތްވަރު ލިބިގެން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ބިރުވެރިކަން ކުރިމަތިކުރުވަނީ!

ޝިފާއު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 06:01
ރައީސް ޑރ.މުއިއްޒު އަދި މެންބަރު ތާރިގު (ޓޮމް)

ރައީސް ޑރ.މުއިއްޒު އަދި މެންބަރު ތާރިގު (ޓޮމް)

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. ޝިފާއުގެ ވާހަކައިގައި އެކަން އެގޮތަށް ކުރައްވަން ބޭނުންފުޅުވާ ސަބަބުތައް ވެސް ހާމަކުރެއްވިއެވެ. އެގޮތުން މި ސަރުކާރަކީ ޤާނޫނީ ހުކޫމަތު ގެއްލިފައިވާ ސަރުކާރެއް ކަމަށް ޝިފާއު ވިދާޅުވިއެވެ. އަދި ސަރުކާރުން ޝަރުއީ ދާއިރާ އަށް އަތްބޭނުމުގެ އިތުރުން، ގާނޫނުއަސާސީ އާ ހިލާފަށް ސަރުކާރުން މަސައްކަތްކުރާތީ ރައީސް މުއިއްޒު މަގާމުން އަޒުލުކުރަން ހުށަހަޅުއްވާނެކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވާއިރު އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާ ވާހަކަތައް މަޖިލީހުގައި ދެއްކެވުމަކީ ރައްޔިތުން ތަމްސީލްކުރައްވަން އެ މަޖިލީހަށް ހޮވިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ލާޒިމު ކަމެކެވެ. އަދި އެ ދާއިރާއެއްގެ ރައްޔިތުންނާއި ދިވެހި އެހެން ރައްޔިތުންގެ ހައްގުތަކަށް އެންމެ ރައްކާތެރިގޮތުގައި ރައީސަކު މަސައްކަތް ނުކުރައްވާކަމަށް ޤަބޫލުކުރެވޭނަމަ، އެކަމާއި ގުޅޭގޮތުން އަޑު އުފުލުމާއި އެ ކަމާއި ގުޅޭ ގޮތުން މައްސަލަތައް ހުށަހެޅުމަކީ އެ މެންބަރެއްގެ މަސްއޫލިއްޔަތެކެވެ.

ނަމަވެސް މަޖިލީހުގައި މެންބަރު ޝިފާއު ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝިފާއު އަށް ވަނީ މަރުގެ އިންޒާރުދީފައެވެ. ރައީސް މުއިއްޒު މަގާމުން ވަކިކުރައްވާނެކަމަށް ވިދާޅުވި ޚަބަރު ފޭސްބުކްގައި ޕޯސްޓުކުރަމުން މީހަކު ވަނީ ހަޑިހުތުރު ބަހުރުވައިން ޝިފާއުއަށް މުޚާތަބުކޮށްފައެވެ. އޭނާ ބުނެފައިވަނީ "ކަރުވެސް ކަނޑާލަން ޖެހިދާނެ" ކަމަށެވެ. އަދި ޝިފާއު އުޅުއްވަނީ މާލެތެރޭގައި ބޮޑު ހަނގުރާމައެއް ފައްޓަވަން ކަމަށް ބުނެ، އޭގެ ބަދަލެއްގެ ގޮތުން ހަމަނުޖެހުން ހިންގާފާނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

އެހެންކަމަށްވުމާ އެކު މެންބަރެއްގެ ޒިންމާ އާއި މަސްޢޫލިއްޔަތުގެ ހުދޫދުގެ ތެރޭގައި ދައްކާ ވާހަކައަކުން މަރުގެ އިންޒާރުދޭ ނަމަ އެއީ އާދައިގެ ކަމެއްކަމަށް ބެލެވޭކަށް ނެތެވެ. އެއީ އެއަށް ވުރެ މާ ނުރައްކާ މާބޮޑު ކަމެކެވެ. މެންބަރު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދުކުރާ މީހެއްކަން އޭނާގެ މީސްމީޑިއާގެ ޕޯސްޓްތަކުން އެނގެއެވެ. ޝިފާއު އަށް މަރުގެ އިންޒާރުދީފައިވަނީ ނ. މަނަދޫ މީހެއްކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އޭނާ ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އެކިއެކި ވާހަކަތަކާއި ގުޅިގެން ހަޑިހުތުރު ބަހުންނާއި، ތަފާތު އެކި ގޮތްގޮތަށް މީގެ ކުރިން ވެސް އިންޒާރު ދީފައެވެ.

މިކަން މިހެން އޮތްއިރު ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ މި ސަރުކާރުގެ އެންމެ އިސްފަޑިން ފެށިގެން ތިރިއަށް އެކި ބޭބޭފުޅުން ދައްކަވާ ވާހަކަތަކަކީ މިފަދަ އަނިޔާވެރި އަމަލުކުތަކަށް ހިތްވަރު ލިބޭފަދަ ވާހަކަތަކަށްވުމެވެ. މަޖިލީހުގައި ހިތްހަމަނުޖެހޭ ގޮތަކަށް މެންބަރަކު ވާހަކަދެއްކެވުމުން ނޫނީ ހިތްހަމަނުޖެހޭ ގޮތަށް ކަންކަން ހިނގުމުން، ޕީޕީއެމް/ ޕީއެންސީގެ ބައެއް މެންބަރުންގެ ފަރާތުން ވެސް ފެންނަނީ ހަމަ އެ ބިރުދެއްކުމާއި ބާރުވެރިކަމެވެ.

ތިމަންނާމެންނަކީ ޕީޕީއެމް، ޕީއެންސީކަމަށާއި ތިމަންނާމެންގެ ވެރިކަމަކީ ބާރުވެރިކަމާއި އެކުގައި ހިނގާ ވެރިކަމެއް ކަަމަށް ވިދާޅުވެއެވެ. އެއްވެސް ހާލެއްގަ އެމްޑީޕީ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ފަސޭހަގޮތަކަށް ހިނގައިދާނެކަމަށް ހީއްކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް ދެއްކެވި ވާހަކަތަކަށް ބަލާލިއަސް ފެންނަނީ ހަރުކަށި ރާގެކެވެ. ވެރިކަމުން ރައީސް އަޒުލުކުރަން ހުށަޅައިފި ނަމަ އެކަން ފަސޭހަ ނުވާނެ ކަމަށް އެ ވިދާޅުވާ ވިދާޅުވުމުން ހިތްވަރުދޭން ބޭނުންވަނީ ކޮންކަމަކަށްތޯ ސުވާލު އުފެދެއެވެ. އަދި ތިމަންނާމެންގެ ވެރިކަމަކީ ބާރުވެރި ވެރިކަމެއް ކަމަށް އަޑަށް ބާރުލައްވާފައި ވިދާޅުވާއިރު، އެ ބާރުވެރިކަމަކީ ކޮންކަމެއްގެ ބިރުވެރިކަމެއް އިހުސާސްކޮށްދޭން ދައްކަވާ ވާހަކައެއްބާއޭ ހިތަށް އަރައެވެ. ފަސޭހަގޮތަކަށް ކަންކަން ހިނގައިދާނެ ކަމަށް ހީއްކޮށްގެން ނުވާނެ ކަަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކުން ޖަޒުބާތުގައި ޖައްސައިގެން ބަޔަކުލައްވާ ސިޔާސީ ގޮތުން ގޯސްތަކެއް ހައްދުވަން ބޭނުންފުޅު ވަނީތޯއެވެ؟

ދެންއޮތީ ގައުމުގެ ވަލީއުލްއަމްރުކަމުގައި ހުންނެވި ބޭފުޅާގެ ވާހަކައެވެ. ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޣައްދާރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ތިމާމެންގެ ސަރުކާރު ބޭނުންހާ ގޮތަކަށް ހިންގަން ދޫކޮށްލައިގެން ނުތިބެ ޖަވާބުދާރީކުރުވޭނެ މަގުކޮށާދިނީ ސީދާ ޤާނޫނު އަސާސީންނެވެ. އެހެންކަމަށް ވާއިރު، ވެރިކަމާއި ނުރުހޭ ކޮންމެ ބަޔަކީ ޤައްދާރުންކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދެއްކެވުމަކީ އެއީ އެންމެ ޒިންމާދާރު ގޮތްތޯއެވެ؟ އަދި ވެރިކަމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީކުރެވޭނެ މަގެއް އޮތުމަކީ އެއީ ވެރިކަަމަށް ލޮޅުން އެރުވުންތޯއެވެ؟ މިފަދަ ވާހަކަފުޅުތައް ދެއްކެވުމުން އެނގިގެންދަނީ ސަރުކާރުގެ ތަހައްމަލްކުރުން ނުވަތަ ޓޮލަރެންސްލެވެލް އިންތިހާއަށް ދަށްކަމެވެ. އަދި އެފަދަ ވާހަކަތަކުން ސަރުކާރާއި ދެކޮޅު ކޮންމެ މީހަކީ ގައްދާރެއްކަމަށް ވެރިކަން ކުރާ ޕާޓީގެ ބޭފުޅުންނަށް އެބަ ސިފަކޮށްދެވެއެވެ.

އެހެންކަމުން އަނިޔާވެރިކަަމަށް ބާރުލިބޭގޮތަށް ދައްކަވާ ވާހަކަތަކުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ. ފާޅުގައި މަރުގެ އިންޒާރުދީ ބިރުވެރިކަން މި ދަނީ ފަތުރަމުންނެވެ. އަދި މިވަރުން ނިމުނީކީ ނޫނެވެ. އާއްމު ރައްޔިތަކަށް ވެސް ސަލާމަތެއްނެތެވެ. ވަޒީފާގެ އިންޒާރާއިއެކު އާއްމުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިފިއެވެ. ގޯތި ލިބުނު މީހުންނަށް ގޯތީގެ ބިރުދައްކަނީއެވެ. ޕާޓީ ބަދަލުނުކޮށްފިއްޔާ މަޤާމް ގެއްލިދާނެކަމުގެ ބިރު ވެސް ދައްކަނީއެވެ. ހިތްވަރުދެނީ ސަރުކާރާއި ދެކޮޅު ކޮންމެ ބަޔަކަށް ގަދަބާރު ދެއްކުމާއި، އެ ބަޔަކު ހިފަހައްޓާ އޮބަހެއްޓުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

16 ޖުލައި 2025
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

16 ޖުލައި 2025
ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ

ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ

21 ޑިސެމްބަރު 2024
ގެޒެޓް ކުރާ ގާނޫނީ ލިޔުންތަކުގައި ވަޒީރުން ސޮއި ކުރައްވަން ޖެހޭ ގޮތް ހަދައިފި

ގެޒެޓް ކުރާ ގާނޫނީ ލިޔުންތަކުގައި ވަޒީރުން ސޮއި ކުރައްވަން ޖެހޭ ގޮތް ހަދައިފި

24 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު