Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

ޕީޕީއެމްގެ ރައީސްކަމުން ރައީސް މައުމޫން ވަކިނުކުރާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 10:18
ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙިމް

ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙިމް

"ޕީޕީއެމްގެ ރައީސްކަމުގެ މަޤާމަކުން އަޅުގަނޑުމެން މީހަކު ވަތްކެއް ނުކުރަން. މި ވަރަށް ސާފު. ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން އަޅުގަނޑުމެން އެއްވެސް ބޭފުޅަކު ވަތްކެއް ނުކުރަން. އެކަމަކު ޕީޕީއެމްގެ އަސާސީ ޤަވާއިދުގަ އޮންނާނެ ޕީޕީއެމްގެ މެންބަރުކަމުން މީހުން ވަކިކުރާނެ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފަ. ޕީޕީއެމްގެ އުސޫލުތަކާ ޚިލާފަށް ބޭފުޅަކު މަސައްކަތް ކޮށްފިއްޔާ، އެބޭފުޅެއްގެ އަމަލުތައް ހުންނަގޮތުން ޕާޓީއަށާ، ޕާޓީއަށް ނިސްބަތްވާ ސަރުކާރަކަށް ގެއްލުންވާ ކަމުގަ ވަނީވިއްޔާ އެބޭފުޅަކު ޕާޓީގެ މެންބަރުކަމުން ވަކި ކުރެވޭނެ ގޮތް އޮންނާނެ. އަޅުގަނޑުމެން ކުރި ކަމަކީ އެއީ. ޕާޓީގެ އާންމު މެންބަރުކަމުން އަޅުގަނޑުމެން ބޭފުޅަކު ވަކިކުރީ. ވަކިކުރިއިރު މި ވާގޮތަކީ ޕާޓީގެ ރައީސްކަމުގެ މަޤާމަށް ބޭފުޅަކަށް މި އާދެވެނީ ޕާޓީގެ މެންބަރަކަށް ވެގެން. ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރީމާ، ދެން އެމީހާ އެ ޕާޓީގެ ރައީސަކަށް ވާނެ އެއްވެސް ހަމައެއް އަޅުގަނޑަކަށް ނުވިސްނޭ"

ތެދުފުޅެކެވެ. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް އަބްދުﷲ އެ ވިދާޅުވި ހަމައިން ބަލާއިރު، ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމުން ޕާޓީގައި އެމީހަކު ހުރި މަޤާމު ނުގެއްލޭނެ ގޮތެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ. މި އުސޫލުން ބަލާއިރު، ޢަބްދުއްރަހީމް ވިދާޅުވި ފަދައިން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަމަށް ބުނުމުގެ ޖާގަ މިހާރަކު ނެތެވެ. ނަމަވެސް ޢަބްދުއްރަޙީމް އެ ދެއްކެވި ވާހަކަ އެގޮތަށް ދެއްކެވުމުން، މުޅިން އެހެން މައްސަލައެއްވެސް ފެންމަތިވީއެވެ.

ޢަބްދުއްރަހީމްގެ އެ ވިސްނުމަކީ ޕާޓީގެ ވިސްނުން ކަމުގައިވާ ނަމަ، ޢަބްދުއްރަހީމަށް އެ ވިދާޅުވެވުނީ ފަހަކަށް އައިސް ޕީޕީއެމްއިން އެޅީ މުޅިން ވެސް ޅައެއްޗެހި ކަމުގެ ވާހަކައެއް ނޫންތޯއެވެ. ޢަބްދުއްރަހީމްގެ އެ ވާހަކައިން ދޭހަވީ، ރައްޔިތުންގެ މަޖިލީހުގައި ތިބި ބައެއް މެންބަރުން އެ ޕާޓީއިން ދެ ފަހަރަށް ވަކިކުރީ ގޯސްކޮށްކަން ޚުދު ޢަބްދުއްރަހީމް ވެސް ޤަބޫލުކުރައްވާ ކަމެވެ. އަދި ޕާޓީގެ ވިސްނުމަކީވެސް އެއީކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް، މުޙައްމަދު ވަޙީދު އިބްރާހިމް (ލޯޔަރު ވައްޑެ) ޕާޓީން ވަކިކުރީ މި އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުއެވެ. އެކަން އަންގައި ވަޙީދަށް ޕީޕީއެމްއިން ފޮނުވި ސިޓީ އިލެކްޝަން ކޮމިޝަނަށް ވެސް ވަނި ކޮޕީ ކޮށްފައެވެ. ޕީޕީއެމްގެ އަސާސީ ޤަވާއިދުގައި އެ ނިންމުން އިސްތިޢުނާފުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ވައްޑެ، އެ ނިންމުން އިސްތިޢުނާފު ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން، އިސްތިޢުނާފު ކުރުމަށް އޮތް ފުރުޞަތުގެ މުއްދަތު ހަމަވުމާއިއެކު، އޭގެ ޒާތުގައި ވައްޑެ ޕީޕީއެމްއިން ވަކިވީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް، މުޙައްމަދު އަމީތު އަޙުމަދު މަނިކު ޕާޓީން ވަކިކުރީ މި އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަން އަންގައި އަމީތަށް ޕީޕީއެމްއިން ފޮނުވި ސިޓީ ވެސް އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ ކޮޕީ ކޮށްފައެވެ. ޕީޕީއެމްގެ އަސާސީ ޤަވާއިދުގައި އެ ނިންމުން އިސްތިޢުނާފުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ވައްޑެ އެކޭ އެއްފަދައިން އަމީތުވެސް، އެ ނިންމުން އިސްތިޢުނާފު ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން، އިސްތިޢުނާފު ކުރުމަށް އޮތް ފުރުޞަތުގެ މުއްދަތު ހަމަވުމާއިއެކު، އޭގެ ޒާތުގައި އަމީތުވެސް ޕީޕީއެމްއިން ވަކިވީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިނަށް ވެސް ކަންތައް ދިމާވީ މިފަދައިންނެވެ. ސައުދު ޕާޓީން ވަކިކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. އެކަން އަންގައި ސައުދަށް ޕީޕީއެމްއިން ފޮނުވި ސިޓީ ވެސް އިލެކްޝަންސް ކޮމިޝަނަށްވެސް ވަނީ ކޮޕީ ކޮށްފައެވެ. ޕީޕީއެމްގެ އަސާސީ ޤަވާއިދުގައި އެ ނިންމުން އިސްތިޢުނާފުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ވައްޑެ އާއި އަމީތެކޭ އެއްފަދައިން ސައުދުވެސް، އެ ނިންމުން އިސްތިޢުނާފު ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން، އިސްތިޢުނާފު ކުރުމަށް އޮތް ފުރުޞަތުގެ މުއްދަތު ހަމަވުމާއިއެކު، އޭގެ ޒާތުގައި ސައުދުވެސް ޕީޕީއެމްއިން ވަކިވީއެވެ.

އެހިސާބުން އެ ތިން ބޭފުޅުންނާއި ޕީޕީއެމް އާއި އޮތް ގުޅުންވެސް ކެނޑުނީއެވެ. ރައީސް މައުމޫން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމުން، ޕާޓީގެ ރައީސްކަން ގެއްލި، ޕާޓީއާއި ގުޅުން ކެނޑިދިޔަ ފަދައިން، މި ތިން މެންބަރުންނާއި ޕީޕީއެމްއާއި ދެމެދު އޮތް ގުޅުންވެސް ކެނޑުނީއެވެ. އެހެންކަމުން، މެންބަރުކަމުން މީހަކު ވަކިކުރީމާ، ދެން އެމީހާ އެ ޕާޓީގެ ރައީސަކަށް ވާނެ އެއްވެސް ހަމައެއް ޢަބްދުއްރަހީމަށް ވިސްނިވަޑައި ނުގަންނަވާ ފަދައިން، ޕާޓީ ވަކިކުރުމަށްފަހު، ދެން އަނެއްކާ ދެވަނަ ފަހަރަށް އެ މެންބަރުން ޕާޓީން ވަކިކުރެވޭނެ ގޮތެއް އަޅުގަނޑުމެން ދިވެހިރައްޔިތުންނަކަށް ވެސް ނުވިސްނެއެވެ. އެއީ އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ވިއްދައި، އެގޮތަށް ކަންކޮށްގެން ޕީޕީއެމަށް ކިތަންމެ ފައިދާއެއް ވާން އޮތް ނަމަހީވެސް މެއެވެ.

އަދި އެއްކަމެކެވެ. ރައީސް މައުމޫނަށް އޮތް އިޚުލާސްތެރި ނަސޭޙަތެކެވެ. މަނިކުފާނު ތައްޔާރުވެވަޑައިގެން ހުންނަވާށެވެ. 2018 އިގެ ރިޔާސީ އިންތިޚާބު ބޯމަތިވެ، ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ނުވެދާނޭ ހީވެއްޖެ ނަމަ، ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫނޭ، އެމަނިކުފާނަށްޓަކާ ރައީސް ޔާމީނަށް ވޯޓު ދެއްވާށޭ ކިޔައި، ޓައިގައި މަނިކުފާނުގެ ޓައީ ތަތްކޮށްގެން ނުކުމެދާނެއެވެ. އޭރުން މަނިކުފާނުވަރެއްވެސް، ޕާޓިން ވަކިކުރި ހަނދާނެއްވެސް ނޯންނާނެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޢަބްދުއްރަހީމް އެ ދެއްކެވި ވާހަކައަކުން ފައިދާ ވާނެކަމަށް އަޅުގަނޑަށް ދޭހަވީ ޕީޕީއެމްއާއި އިދިކޮޅު ފަރާތްތަކަށެވެ. އެހެނީ އެއިން ބާރު ލިބެނީ އެފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކަށެވެ. މިހެން ވީއިރު، ޕިންކު ޓީމުގެ ވައިސް ކެޕްޓަނަކަށް ހުންނަވައިގެން ޢަބްދުއްރަޙީމްވެސް އެ ގޯލު ޖައްސަވައިދެއްވަނީ ނިހާނު އެ ވިދާޅުވާ މިނާ ކުކުޅު ޓިމަށް ނޫންތޯއެވެ.

ދަންނަވަން ހެއްޔެވެ. ތަންތަނަށް އަރައި ވާހަކަ ދައްކަވާއިރު ދެއްކޭ ވާހަކައަށް ވިސްނަވައިގެން ދައްކަވާން އާދަ ކުރައްވާށެވެ. ނޫންނަމަ ތިމާމެނަށް ކުރެވިފައި ހުރި ކަންކަން ތިމާމެނަށް ގޯސްކުރެވި، މުޅިންވެސް ޖެހޭނީ ބައިކޮޅަށް ގޯލެވެ. އިރެއްގައި ވައްކަންކޮށްގެން އަރުވާލި މީހާ މިހާރު ވައްކަން ކުރީމައި ބޮޑުމަޤާމު ލިބުނަށް، ތިޔަހެން ވާހަކަ ދެއްކެވީމާ ފެންނަ މަންޒަރު ވަރަށް ހުތުރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 300-450 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުން!

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 300-450 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުން!

30 މާރިޗު 2020
ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!

ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!

11 ޖެނުއަރީ 2020
"މަސްނުފުރޭ ދަރިފުޅު އަތަށް ނަގައިގެން ކޮރު ޖަހަމުން ދުއްވައިގަތް އިރު ފަހަތުން އައީ 5 ފޫޓުގެ ރާޅެއް"

"މަސްނުފުރޭ ދަރިފުޅު އަތަށް ނަގައިގެން ކޮރު ޖަހަމުން ދުއްވައިގަތް އިރު ފަހަތުން އައީ 5 ފޫޓުގެ ރާޅެއް"

26 ޑިސެމްބަރު 2019
އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި

އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި

14 އޮކްޓޯބަރު 2018
ރައީސް ޔާމީންގެ ވާހަކަފުޅުތައް: ގޮވަނީ އަތަށް، ޖަހަނީ ހަޖޫ!

ރައީސް ޔާމީންގެ ވާހަކަފުޅުތައް: ގޮވަނީ އަތަށް، ޖަހަނީ ހަޖޫ!

08 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު