Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ރައީސް ސާލިހަކީ އޭރުގެ އިދިކޮޅު އެންމެން އިއްތިފާގުވި ކެންޑިޑޭޓު

ރާއްޖެ އެމްވީ | 19 މެއި 2023 | ހުކުރު 07:15
ރައީސް ނަޝީދު

ރައީސް ނަޝީދު

އެއީ 2018 ގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައި ދުވަސްވަރެވެ. ރައީސް ޔާމީން އެމަނިކުފާނުގެ އާރާއި ބާރު ދައްކަވައި، ހޯއްދެވުނު ގޮތަކުން ހޯއްދަވަން ދެވަނަ ދައުރަކަށް ފައި ނަންގަވާފައިވާ ވަގުތެވެ. ޕްރެޝަރތައް ހަންމަތަކުރުމަށް ހެދުނުހާއެއްޗެއް ހައްދަވަމުން ގެންދެވި ދުވަސްވަރެވެ. ސަރުކާރުގެ ބާރާއި ކޯޓުތަކުގެ ކޮންޓްރޯލް އަތްޕުޅަށް ނަންގަވައިގެން ދެން އޮތް ބާރުކަމުގައިވާ މަޖިލީސް ވެސް ހިސޯރުކުރައްވައިގެން ހުންނެވި ދުވަސްވަރެވެ. 'މަ ނޫން މީހަކު ވެރިކަމަށް އާދެވިގެން ނުވާނެޔޭ" ބުނާ ފަދަ ގޮތަކަށް އިދިކޮޅުން އިންތިޚާބުގައި ވާދަކުރަން ތިބި އެންމެން ޖަލަށް ލައިގެން "ރަމްޒީ ގޮތުން" އިންތިޚާބެއް ބާއްވަން އުޅުއްވި ވަގުތެވެ.

ޖޭޕީން ގާސިމް އިބްރާހީމް ޖަލަލަށްލާފައި ވަނިކޮށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޣައިރު ހާޒިރުގައި ކުރިހުކުމުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭރު އޮތީ ގެއްލިފައެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އޮންނެވީ ބޮޑު ހުކުމެއް ތަންފީޒް ކުރައްވަން ޖަލުގައެވެ. ކާނަލް ނާޒިމާއި ރައީސް މައުމޫނަށްވެސް ވަނީ އެދޮރު ބަންދުކޮށްފައެވެ. ކިރިޔާވެސް ކުރިމަތި ލެއްވުމުގެ މަސައްކަތެއް ކުރައްވަމުން ގެންދެވީ އެންމެބޮޑު ޕާޓީގެ ލީޑަރު ރައީސް ނަޝީދެވެ. ފިއްލަވަވައިގެން އިނގިރޭސިވިލާތުގައި ހުންނަވައިގެން ކެމްޕެއިން ކުރެއްވިއެވެ. ސަރުކާރުން އެޅި ހުރަހާއެކު، ޕްރައިމަރީއެއް ބާއްވާ ފެންނަ ނުފެންނަ ވޯޓެއް ލާން ޖެހުނީ ބާލިދީތަކަށާއި ކޮންކްރީޓް މެޝިންތަކަށެވެ. އެކަމަކު އިސްތަށިފުޅުގައި އެޅިފައި އޮތް ހުކުމާއި ރާއްޖެ ވަޑައިގެންނެވޭނެ ގޮތެއް ނެތުމުން އިންތިޚާބުގައި ވާދަކުރެއްވޭނޭ ދޮރު އެމަނިކުފާނަށްވެސް ވަނީ އެއްކޮށް ބަންދުވެފައެވެ.

އެހާލަތުގައި އިދިކޮޅަށް އޮތީ ގޮތް ހުސްވެފައެވެ. ހާރަކަށް ތަރާވީހަކަށްވިއަސް އޮތީ ދެގޮތެކެވެ. އެއްގޮތަކީ އިންތިޚާބުގައި ކޮންމެވެސް މީހަކު ނެރެގެން އިންތިޚާބު ކާމިޔާބު ކުރުމެވެ. އެންމެން ގުޅިގެން އެކައްޗެއް ކިޔައިގެން ހުރިހާ އެންމެން ވެގެން އެއް ކެނޑިޑޭޓަކު ނެރެގެންނެވެ. އަނެއް ގޮތަކީ އިންތިޚާބުގައި ވާދަ ނުކޮށް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވައިގެން އަނެއް ފަސް އަހަރު ޖަލުގައި އޮންނެވުމެވެ. އެއަނިޔާވެރިކަން އިތުރު 5 އަހަރު ތަހައްމަލް ކުރުމެވެ. ރައީސް ޔާމީންގެ ކިބައިން ސަލާމަތް ވުމަށް ނުވަތަ ޖަލުގެ ތޭރިތަކުގެ ނުކުމެ އަލުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން މިދެގޮތް ނޫން އެއްވެސް ގޮތެއް ނެތެވެ.

އިދިކޮޅުން އިއްތިފާގުވީ އިތުރު ދައުރެއް ރައީސް ޔާމީނަށް ދީގެން ވާން ނެތްކަމަށެވެ. އިންތިޚާބު ބޮއިކޮޓް ކުރުމަކީ އެއްވެސް ހައްލެއް ނޫނެވެ. ބޭނުން ކުރެވޭނެ ޗޮއިސްއެއް ނޫނެވެ. އިދިކޮޅުގައި ކުރެވުނު މަޝްވަރާތަކުން ހުރިހާ އެންމެންނަށް އެއްގަލަކަށް އެރުނު ހަމައެކަނި ބޭފުޅަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ސިޔާސީ މައިދާނުގައި އެއްކޮޅާއި އިދިކޮޅުން އަބަދުވެސް އިހުތިރާމް ކުރެއްވި ބޭފުޅަކީ އެއީ ކަމަށް ވެގެންނެވެ. ފަސްބައިގާ ހުތުރު ލައްގަނޑެއް ނެތް ފަސޭހައިން ވިއްކިދާނެ ބޭފުޅެއްގެ ގޮތުގައި އެންމެންނަށް ޤަބޫލު ކުރެވުނެވެ. އެމަޝްވަރާތަކުގައި އުޅުއްވި ބޭފުޅުން ވިދާޅުވާ ގޮތުންނަމަ އެންމެ ބޭފުޅަކަށް ފިޔަވައެވެ. ރައީސް ސާލިހު ނިސްބަތްވެވަޑައިގެންނެވި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށެވެ. އެމަނިކުފާނަކަށް އެގޮތަކާ ނުރުހެވުނެވެ. ރާއްޖެ ވަޑައިނުގެންނެވުނަސް އަދި ކުރިމަތިލެއްވުމަށް ހުރަސްއަޅާ ބޮޑު ހުކުމެއް އޮތްނަމަވެސް އެމަނިކުފާނުގެ ބަހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމަށެވެ. އެމަނިކުފުގެ ބަހަކީ ކުރިމަތި ނުލެއްވޭނަމަ އެއިންތިޚާބުގައި ވާދަ ނުކުރުމެވެ.

ދެން ފެށުނީ އެމްޑީޕީގެ އެތެރޭގެ މަޝްވަރާތަކެކެވެ. ވަގުތު ކުޑަތަންވެފައި ވަނިކޮށް އެމަޝްވަރާތައް ކުރިއަށް ގެންދިޔައީ ސިލޯނުގައެވެ. މިހާރުގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދުވެސް ހިމެނި ވަޑައިގަންނަވާގޮތުންނެވެ.

އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވާ ގޮތުންނަމަ ރައީސް ސާލިހަށް ޓިކެޓް ދެއްވަން ރައީސް ނަޝީދު ކަނޑައެޅިގެން ދެކޮޅެވެ. ނަމަވެސް އިތުރު ގޮތެއް ނެތިގެން އެއްބަސްވެވަޑައިގެންވުމުގެ ކުރިން އެހެން ހުށަހެޅުމެއްވެސް ހުށަހެޅުއްވިއެވެ. ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވައި އިތުރު އިންތިޚާބެއް ބޭއްވުމަށެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ކެނޑިޑޭޓަށް ވުމުން ވެރިކަން ލިބެން ޖެހޭނީ އެމަނިކުފާނަށް ކަމަށޭ ވިދާޅުވެއެވެ.

މަޝްހޫރު އުކުޅަސް ޖަލްސާ ބޭއްވީ އެކަންތައްގަނޑަށް ފަހުއެވެ. މަޝްވަރާތައް ދިގުލައިގެންގޮސް ކޮޅެއްގައި ނުޖެހިއެވެ. އޭރުވެސް އިދިކޮޅު އެހެން ހުރިހާ ބޭފުޅުން އޮތީ ރައީސް ސާލިހު ނެރުއްވަން އިއްތިފާގުވެފައެވެ. ހަމައެކަނި ޗޮއިސްއަކީ އިންތިޚާބުގައި ވާދަކޮށް އިދިކޮޅުން ވާދަކުރުން ކަމަށް ވީތީއެވެ. އެޖަލްސާ ކުރިއަށްދިޔައިރުވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ސަޕޯޓަރަކު ގެންދެވީ އެއިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލުމަށް ޤަރާރެއް ހުށަހެޅުމަށް ސޮއި ކުރުވަމުންނެވެ.

ކޮންމެއަކަސް  ބަޔަކު މީހުން "އުކުޅަހު ބަޣާވާތޭ" ކިޔަސް ކުރާނެ ކަމެއްނެތެވެ. އަދި ރައީސް ސާލިހަށް ލިބިލެއްވި، ދެއްވި ޓިކެޓަކީ ރައީސް ނަޝީދު ތަބަކަށް ލާފައި ދެއްވި އެއްޗެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އޭރުގެވެސް އަދި މިހާރުގެވެސް ޤަބޫލު ކުރުމަކީ ވެރިކަން ލިބެންވާނީ ރައީސް ނަޝީދަށް ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު