Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުން

ފެނުގެ ޔަޤީންކަން ކަށަވަރުވީ މި ވެރިކަމުގައި، މިދިޔަ ވެރިކަމުގައި ދެއްކީ ހުސް ވާހަކަ!

އިދިކޮޅުން ދަޢުވާކުރާ 5 އަހަރުގައި ފެނުގެ ނިޒާމު ފެށުނީ އެންމެ 10 ރަށުގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 22 މާރިޗު 2021 | ހޯމަ 14:56
ރަސްދޫގައި ގާއިމް ކުރި ފެން ޕްލާންޓް

ރަސްދޫގައި ގާއިމް ކުރި ފެން ޕްލާންޓް

ކޮންމެ އަހަރެއްގެ މާރޗް މަހުގެ 22 ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ބައިނަލްއަގުވާމީ ގޮތުން 1993 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި އަންނަނީ މިދުވަސް ފާހަގަކުރަމުންނެވެ. މިދުވަހަކީ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް ބާރުއެޅުމަށާއި މިކަމަށް މީހުން ހޭލުންތެރިކުރުމަށް ޚާއްސަ ކުރެވިފައިވާ ދުވަހެކެވެ.

މިފަދަ ދުވަހެއް ފާހަގަކުރާއިރު، ފެނުގެ ރައްކާތެރިކަމާއި، ރައްކާތެރި ބޯފެން ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވަނީ ކިޔާ މިންވަރަކަށްތޯ ބަލާލުމަކީ މުހިންމުކަމެކެވެ. މި ސަރުކާރު ވެރިކަމަށް އައީ ތަރައްޤީގެ ބޮޑު ބިޔަ މަޝްރޫޢުތައް ހިންގިކަމަށް ދަޢުވާކުރި މިއަދު ޖަލުގޮޅީގައި އިންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަން ނިމުމަށްފަހުއެވެ. މިއަދު އިދިކޮޅުގައި އޮވެގެން ޕިންކް ކްލަސްޓާ ހަދާ މަގުމަތީގައި މިދިޔަ ސަރުކާރުގެ ސަނާކިޔާ ނުނިމޭއިރު، މިދެންނެވި ޒަރޫރީ ވަސީލަތުގެ ޙާލަތު އޮތްގޮތައް ބަލާލަން ޖެހެއެވެ. އެހެންކަމުން މިހާ ހިސާބުން ތަފާސްހިސާބުގެ ފޮތް ހުޅުވާލާނަމެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ފެނާއު ނަރުދަމާގެ ނިޒާމު ތަރައްޤީކުރެވިފައިވަނީ ރާއްޖޭގެ އެންމެ 30 އިންސައްތަ ރަށްރަށުގައެވެ. ތަރައްޤީ މެކުހަށް ޖެހިކަމަށް އިދިކޮޅުން ދަޢުވާކުރާ 5 އަހަރުގައި ފެނުގެ ނިޒާމު ފެށުނީ އެންމެ 10 ރަށުގައެވެ. އަދި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފެށުނީ 12 ރަށުގައެވެ.

ކޮންމެއަކަސް މިއީ ޒަރޫރީ ޚިދުމަތެއް ކަމުގައިވާއިރު، މި ޚިދުމަތުގެ ކަށަވަރުކަން ޔަޤީންކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްވެސް ވަނީ ފެނާއި ނަރުދަމާގެ ޔަޤީންކަން ކަށަވަރުކޮށްދެއްވާނެކަމަށް ވަޢުދުވަޑައިގެންފައެވެ. މި ވެރިކަމަށް އަދި ވީ އެންމެ ދެ އަހަރެވެ. މި ދެ އަހަރުގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސް ކަޑަތުކުރަންޖެހުނީ ދުނިޔެ މީން ދުވަހަކު ތަޖުރިބާކޮށްފައި ނުވާ ދަތި އުނދަގޫ ޙާލަތަކުއެވެ. މިދެެންނެވީ ކޮވިޑްގެ ދަތި އުނދަގޫ ޙާލަތުގެ ވާހަކައެވެ. އެހެންނަމަވެސް، ރައީސް ޞާލިހްގެ ޙިކްމަތްތެރިކަމާއެކު އެމަނިކުފާނުގެ ވަޢުދުފުއްދެވުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތައް ޖެހިވަޑައިގެންފައެއް ނުވެއެވެ. މިކަން ސާބިތުކޮށްދިނުމަށްވެސް މު ހުޅުވާލަނީ އެއްކަލަ ތަފާސްހިސާބުގެ ފަތްފުއްތަކެވެ.

ތަފާސް ހިސާބުތައްދައްކާގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ޒަމާނީ ފެނުގެ ނިޒާމު ޓެންޑަރ ނުކުރެވި ވާރަށެއް މިއަދު ނެތްކަމީ ހަޤީޤަތެކެވެ. އަދި 30 ރަށެއް ފިޔަވާ ހުރިހާ ރަށެއް މިއަދު ވަނީ ކޮންޓްރެކްޠްވެސކޮށްފައެވެ. މި ދެ އަހަރު އެކަނިވެސް ފެނާއި ނަރުދަމާގެ 32 ޕްރޮޖެކްޓް ފަށާފައިވުމުން ރައީސްގެ ތަޞައްވުރު ވަރަށް ސާފުކަން އިނގި ހާމަވެގެން ހިނގައްޖެއެވެ.

ކޮންމެއަކަސް މިދައްކަނީ އަސާސީ ޚިދުމަތެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއި އެކި ގޮތްގޮތުން ލާމެހިފައިވާ ކަމެއްގެ ވާހަކައެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ނެތި ރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރެވެން ނެތް އިރު، ރާއްޖޭގެ ދަނޑުތަކުންއުފައްދާ ލިބިދޭ ރޯދީގެ ރައްކާތެރިކަންވެސް ކަށަވަރު ކުރެވޭނީ މި ދަންނަވާ ފެނާއި ނަރުދަމާގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންނެވެ. މީގެ ދެ އަހަރު ކުރިއާއި ޚިލާފަށް، މިއަދު ހަމަގައިމުވެސް އަޅުގަނޑުމެން މިތިބީ މި ޔަޤީންކަން ލިބި އުންމީދީ އައު ފެށުމަކަށް ތައްޔާރުވެފެކަން ޔަޤީނެވެ.

އެމްޑަބްލިޔުއެސްސީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު