Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕްރިންސް ވިލިއަމް

"މަނިކުފާނުގެ އަނބިކަނބަލުންގެ ޓިކެޓް އަޅުގަނޑަށް ދެއްވާށެވެ"

ޕްރިންސް ވިލިއަމަކީ އިނގިރޭސި އެފްއޭގެ ރަމްޒީ ރައީސް

| 9 ޖުލައި 2021 | ހުކުރު 18:04
ޕްރިންސް ވިލިއަމާއި އެމަނިކުފާނަށް ކުޑަކުއްޖަކު ފޮނުވި އަސަރުގަދަ ސިޓީ

ޕްރިންސް ވިލިއަމާއި އެމަނިކުފާނަށް ކުޑަކުއްޖަކު ފޮނުވި އަސަރުގަދަ ސިޓީ

އިނގިރޭސިވިލާތުގެ 7 އަހަރުވީ ކުޑަކުއްޖަކު ވަރަށް އާދަޔާޚިލާފު އެދުމެއް އެކުލެވޭ ސިޓީއެއް ޕްރިންސް ވިލިއަމަށް ފޮނުވައިފިއެވެ. މި ސިޓީގައި އެކުއްޖާ އެދިފައިވަނީ އާދީއްތަ ދުވަހުގެ ރޭ ކުޅެވޭ ޔޫރޯ ފައިނަލް މެޗަށް ވަނުމަށް ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަނަށް ލިބިވަޑައިގެންފައިވާ ޓިކެޓް އޭނާއަށް ދެއްވުމަށެވެ.

ޕްރިންސް ވިލިއަމަކީ އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސްގެ ދޮށީ ދަރިކަލުންނެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސަކީވެސް ޕްރިންސް ވިލިއަމެވެ. އެމަނިކުފާނުގެ އާއިލާއަށް ޓިކެޓް ލިބިފައިވަނީ އެ ހައިސިއްޔަތުންނެވެ.

ކޭޓް މިޑްލްޓަނަށް އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރާ ފައިނަލް މެޗަށް ވަޑައިނުގެންނެވޭނެ ކަމަށް ވަނީ ހީކުރެވިފައެވެ. އެކަމުގައި ދެ ސަބަބެއް ވެއެވެ. އެއް ސަބަބަކީ ކޮވިޑަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވުމުގެ ސަބަބުން އެކަހެރިވާން ޖެހުމެވެ. އެކަމަކު އެކަހެރިވުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވާނެއެވެ. އަނެއް ސަބަބަކީ އެދުވަހަކީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްވެސް ކުޅޭ ދުވަސް ކަމަށްވާތީ އެމެޗު ދެކެވަޑައިގަތުމަށް ކޭޓް ވަޑައިގަންނަވާނެ ކަމަށް ކުރެވޭ ހީއެވެ. ކޭޓަކީ އެ މުބާރާތް އިންތިޒާމުކުރާ ޖަމިއްޔާގެ ޕޭޓްރޮންއެވެ.

ކޮންމެއަކަސް ކޭޓް މިޑްލްޓަންގެ ވެމްބްލީ ޓިކެޓް ތިމަންނާއަށް ދޭށޭ ބުނެ ޕްރިންސް ވިލިއަމަށް 7 އަހަރުގެ ކުއްޖާ އަމިއްލަ އަތުން ލިޔެފައި ފޮނުވި ސިޓީ ވަރަށް އަސަރުގަދައެވެ. އޭނާ ލިޔެފައިވެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުން މަނިކުފާނުގެ އަނބިކަނބަލުންނަކަށް ވެމްބްލީއަށް ވަޑައިނުގެންނެވޭނެއެވެ. އެހެންވީމާ އެކަމަނާގެ ޓިކެޓް އަޅުގަނޑަށް ދެއްވުން އެދެމެވެ. ތިޔައީ ވަރަށް ދީލަތި އަދި ކުޑަކުދިން ދެކެ ލޯބިވެވަޑައިގަންނަވާ މާތް ސާހިބެކޭ މީހުން ބުނާތީ އަހަމެވެ. އަޅުގަޑަކީ ކުޑަކުއްޖެކެވެ.

އަދިވެސް އޭނާ ލިޔެފައިވެއެވެ. އަޅުގަޑުގެ ބޮޑުބޭބެޔާއި ތިޔައިގެ ދެކަނބަލުން ބައްދަލުވެ އެކުގައި ސައިފޮދުވެސް ހިއްޕެވީމުއެވެ. އަޅުގަޑު ސަޔެއް ނުބޮމެވެ. ސައި ކަމަކު ނުދެއެވެ. އަޅުގަޑު ބޮޑަށް ގަޔާވަނީ ފުޓްބޯޅަޔާއެވެ. އަޅުގަޑުގެ މަންމަ އަބަދުވެސް ބުނެއެވެ. ހިއްސާކުރުމަކީ އަޅާލުމެވެ. ޝެއަރިން އިޒް ކެއަރިންއެވެ. އެ ޓިކެޓް އަޅުގަޑަށް ދެއްވައިފިނަމަ ޗޮކްލެޓެއް ނުވަތަ އެކަހަލަ އެއްޗެއް އަޅުގަޑު މަނިކުފާނަށް އަރުވާނަމެވެ.

އޭނާގެ ސިޓީ ނިންމާލަމުން ލިޔެފައިވެއެވެ. މި ދަންނަވަނީ އާދޭހެވެ. ޓިކެޓް ދެއްވާށެވެ. އަޅުގަނޑުމެންގެ ގައުމު މޮޅުވާތަން ބަލަން ވަރަށް ބޭނުމެވެ. ހަގީގަތުގައިވެސް ފުޓްބޯޅަ އޭގެ ވަޒަނަށް އެނބުރި އަންނަނީއެވެ. ފުޓްބޯލް އިޒް ކަމިން ހޯމްއެވެ. އެ މަންޒަރު ދެކެން ބޭނުމެވެ.

މި ކުއްޖާގެ ސިޓީ ޕްރިންސް ވިލިއަމާ ހަމައަށް މިހާރު ވަނީ ފޯރާފައެވެ. އެކަމަކު އޭނާގެ އެދުން ފުދޭނޭކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނޫނެވެ. މި ސިޓީ މީސްމީޑިއާގައި ހިއްސާކުރަމުން އެކުއްޖާގެ މަންމަ ބުނެފައިވަނީ ދަރިފުޅުގެ ބޭނުން ހާސިލްވުމަށްވުރެ ގާތީ މާޔޫސްވާން ޖެހުން ކަމުގައެވެ. މި ސިޓީ މީސްމީޑިއާއަށް ލުމާއެކު އެތައްހާސް ބަޔަކު ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އެސިޓީ ކިޔާފައެވެ.

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2023

އޭދަފުށި ތާރީޚުގެ ތެރެއަށް: ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ބްލެކް މާކެޓަށް

27 އޮކްޓޯބަރު 2023
އޭދަފުށި ތާރީޚުގެ ތެރެއަށް: ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ބްލެކް މާކެޓަށް
04 ފެބުރުއަރީ 2023

ހޮންގކޮންގއަށް ފަތުރުވެރިން ގެންދިއުމަށް ފަސްލައްކަ އެއާލައިން ޓިކެޓް ހިލޭ ދެނީ

04 ފެބުރުއަރީ 2023
ހޮންގކޮންގއަށް ފަތުރުވެރިން ގެންދިއުމަށް ފަސްލައްކަ އެއާލައިން ޓިކެޓް ހިލޭ ދެނީ
26 ޑިސެމްބަރު 2022

ޔާމީނަށް އިއްވި ޖަލު ހުކުމާއެކު ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ ބަހުސް

26 ޑިސެމްބަރު 2022
ޔާމީނަށް އިއްވި ޖަލު ހުކުމާއެކު ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ ބަހުސް
01 ފެބުރުއަރީ 2021

އަޅުގަނޑުވެސް ޖަހައިފިން، އަޅުގަނޑަށް ޔަޤީންކަން ލިބިގެން ވެކްސިން މި ޖެހީ: ޑރ. ފައިސަލް

01 ފެބުރުއަރީ 2021
އަޅުގަނޑުވެސް ޖަހައިފިން، އަޅުގަނޑަށް ޔަޤީންކަން ލިބިގެން ވެކްސިން މި ޖެހީ: ޑރ. ފައިސަލް
17 ޖެނުއަރީ 2019

ޓިކެޓްގެ އަގަށް އައި ބަދަލު މަޑުމަޑުން ވިސްނެނީ!

17 ޖެނުއަރީ 2019
ޓިކެޓްގެ އަގަށް އައި ބަދަލު މަޑުމަޑުން ވިސްނެނީ!
16 އޮކްޓޯބަރު 2018

ރައީސް ޔާމީން، މަނިކުފާނުގެ ހުރި މައްސަލައަކީ ކޮބާ؟

16 އޮކްޓޯބަރު 2018
ރައީސް ޔާމީން، މަނިކުފާނުގެ ހުރި މައްސަލައަކީ ކޮބާ؟
25 ޖެނުއަރީ 2018

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018
ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި
14 ޖެނުއަރީ 2018

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

14 ޖެނުއަރީ 2018
ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟
16 ސެޕްޓެމްބަރު 2017

އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

16 ސެޕްޓެމްބަރު 2017
އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.
01 މާރިޗު 2017

ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟

01 މާރިޗު 2017
ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު