Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިޑްރޯގްރެފިކް ސަރވޭ

އެމް.އެން.ޑީ.އެފް.އިން ހައިޑްރޯގްރެފިކް ސަރވޭ ރާއްޖޭގައި ފަށަނީ

31 ޖެނުއަރީ 2021 | އާދީއްތަ 08:15

ސަރވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 ޖެނުއަރީ 2021 | އާދީއްތަ 08:15
އިންޑިއަން ނޭވީ ޝިޕް ދަރްޝަކް

އިންޑިއަން ނޭވީ ޝިޕް ދަރްޝަކް

ހައިޑްރޯގްރެފިކް ސަރވޭ ދަތުރެއްގައި އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެ އަތުވެއްޖެއެވެ.

އެމް.އެން.ޑީ.އެފް. އާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރުމަށް އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް"، ރާއްޖެ އައިސްފައިވަނީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެއަށް ކުރަމުންދާ ސަރވޭ ދަތުރުގައި، 31 ޖެނުއަރީ އިން ފެށިގެން އަންނަ މާރިޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ. ދިވެހިރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޓަކައި ކުރަން ރާވާފައިވާ މި މަސައްކަތަކީ، ކަމާ ގުޅުންހުރި ރާއްޖޭގެ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާ އެކު މި މުއްދަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރވޭއެއް ކަމަށް އެމް.އެން.ޑީ.އެފް.އިން ބުންޏެވެ.

މި ސަރވޭއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމް.އެން.ޑީ.އެފް.ގެ ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ މި ސަރވޭގައި މިލިޓަރީ އެހެން އޮޕަރޭޝަންސްތަކަށް ބޭނުންވާ މަޢުލޫމާތު ނުހިމެނޭނެ ކަމަށެވެ. އަދި އިންޓަރނޭޝަން ހައިޑްރޯގްރެފިކް އޮފީހުން މި ރީޖަންގެ ކޯޑިނޭޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އިންޑިއާ ކަމަށާ، މިފަދަ ސަރވޭތައް ދުނިޔޭގައި ކުރަނީ ވެސް އެ ރީޖަނެއްގައި އެންމެ ކުރިއަރާފައިވާ ޤައުމުތައް މެދުވެރިކޮށް ކަމަށް މުހައްމަދު ސަލީމް ވިދާޅުވިއެވެ.

މި ސަރވޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެދާނެތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް އަހުމަދު ފާތިހު ވިދާޅުވީ މި ސަރވޭ ކުރިއަށްދާނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ އެއްވެސް މަޢުލޫމާތެއް ލިބޭ ގޮތަކަށް ނޫން ކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ. މިފަދަ ސަރވޭއެއްގެ އަލީގައި، ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ.

އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރެވުމާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ވެސް ލިބިގެންދާނެއެވެ.

މި ސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، މި މުއްދަތުގެ ތެރޭގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ.އަތޮޅާ ހަމައަށެވެ. މި ސަރވޭގައި ހދ. ކުޅުދުއްފުށި އިންޓަރނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެންދާނެއެވެ. ރާއްޖޭގެ އިންޓަރނޭޝަނަލް ޕޯޓްތައް ހުރި ސަރަޙައްދުތަކުގެ ތެރޭގައި ލާޖް ސްކޭލް ޗާޓް ޕަބްލިޝްކުރެވިފައިވަނީ މާލޭގެ ސަރަޙައްދުގެ އިތުރުން އައްޑޫ އަތޮޅާއި އިހަވަންދިއްޕޮޅުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް