Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލިދޫ ޖަލްސާ

އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް

ގައުމު އިސްލާހު ކުރުމުގެ ޒިންމާ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ކޮނޑުފުޅުގައި ވަނީ އެޅިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 އެޕްރީލު 2017 | އާދީއްތަ 04:27
ތޯރިޤް ވާހަކަ ދައްކަވަނީ

ތޯރިޤް ވާހަކަ ދައްކަވަނީ

އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން މައުމޫން އަބްދުލް ގައްޔޫމް ނުކުމެވަޑައިގަތުމަކީ މިޤައުމު ސަލާމަތް ކުރުމަށް އެމަނިކުފާނު ޖިހާދަށް ނުކުންނެވުން ފަދަ ކަމެއް ކަމުގައި ޤަބޫލުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.

ތޯރިޤް މިހެން ވިދާޅުވީ އަންނަ މަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ނ ވެލިދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

"އަޅުގަނޑު ހަމަ ގައިމުވެސް ރައީސް މައުމޫނަށް ޓަކައި ފަޚުރުވެރިވަން. އެމަނިކުފާނު އަޅުގަނޑުމެންނާއެކުގައި މިއިސްލާހީ މަސައްކަތުގައި ނުކުމެވަޑައިގެންނެވިކަމީ މި އިސްލާހީ މަސައްކަތުގައި އެމަނިކުފާނުވެސް ޖިހާދު ކުރައްވަން ނިކުމެވަޑައިގެންނެވިކަން" ތޯރިޤް ވިދާޅުވިއެވެ.

މިޖަލްސާގައި ތޯރިޤް ވިދާޅުވީ އިސްލާހީ މަސައްކަތް ކުރުމަށް ޕާޓީތައް ގުޅިފައިވާ ސަބަބާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށާއި ރައީސް ނަޝީދާއި ރައީސް މައުމޫން ގުޅިވަޑައިގެން، އެކުގައި މަސައްކަތް ކުރައްވަފާނެކަން މީގެ ކުރިން އެކަކުވެސް ޤަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި ޝެއިޚް އިމްރާން ގުޅިވަޑައިގެން އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވަފާނެކަމަށްވެސް އެކަކު ވެސް ކުރިން ޤަބޫލެއް ނުކުރާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. ތޯރިޤް ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން މަސައްކަތް ކުރައްވަން އެކުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ކީއްވެގެންތޯ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމަށާއި އެކަމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ ކަމަށެވެ. އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ޙަޤީގަތަކީ މިރާއްޖެ ފާލުން ނައްޓައިފިކަން ކަމަށާއި މިރާއްޖެ ހަލާކުގެ މަގަށްދާ ކަމަށް ތޯރިޤް ވިދާޅުވިއެވެ

މިރާއްޖެ ހަމައަކަށް އެޅުވުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅިފައިވާ ބޭފުޅުންނަކީ ހަތަރު ލީޑަރުން ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު