Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވަލްނީ ހައްޔަރުކުރުން

ނަވަލްނީގެ ބަންދަށް 30 ދުވަސް

18 ޖެނުއަރީ 2021 | ހޯމަ 18:19

އޭނާ ބަންދުކޮށްފައި ވަނީ ފެބްރުއަރީ 15 ގެ ނިޔަލަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 18 ޖެނުއަރީ 2021 | ހޯމަ 18:19
ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު އާދީއްތަ ދުވަހު ނަވަލްނީ އަނބުރާ ގައުމަށް ވަޑައިގެންނެވުމާއެކު ވަނީ ހައްޔަރުކޮށްފައި

ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު އާދީއްތަ ދުވަހު ނަވަލްނީ އަނބުރާ ގައުމަށް ވަޑައިގެންނެވުމާއެކު ވަނީ ހައްޔަރުކޮށްފައި

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ފުލުހުންގެ ބަންދަށް ގެންދިޔައީ ސިއްހީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމާ އެކު އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބު ފުލުހުން ހާމަކޮށްފައި ނުވާ ކަމަށާއި، އޭނާ އާއެކު ވަކީލުން ދިއުމުގެ ހުއްދަ ވެސް ދީފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިއާގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ ބީބީސީ އިން ރިޕޯޓުކޮށްފައިވާގޮތުގައި އޭނާ ވަނީ ނަހަމުގޮތުގައި ފައިސާ ހޯދުމުގެ ކުށާ ގުޅިގެން ސަސްޕެންޑްކޮށް ފިޔަވަޅު އަޅައިފައިވާ މުއްދަދުތެ ތެރޭގައި ޕެރޯލް ގަވާއިދާ ހިލާފުވެފައެވެ. ނަމަވެސް އެއީ ސިޔާސީ ތުހުމަތެއް ކަމަށް ނަވަލްނީ ތުހުމަތުކޮށްފައިވެއެވެ.

އޭނާ ޕެރޯލް ގަވާއިދާ ހިލާފުވި މައްސަލައިގައި ފެބްރުއަރީ 15ގެ ނިޔަލަށް އޭނާ އަށް ބަންދުގެ މުއްދަތު ޖަހާފާއިވާއިރު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 29ށް ވަނީ ތާވަލްކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ކުށުގައި އޭނާއަށް އިއްވާފައިވާ ތިން އަހަރުގެ ސަސްޕެންޝަން ޖަލު ހުކުމަކަށް ބަދަލުކުރުމާ މެދު އެ އަޑުއެހުމުގައި ގޮތެއް ނިންމާނެއެވެ.

ޖަރުމަނުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާ ހޯއްދަވާފައި އެނބުރި ގައުމަށް ވަޑައިގެންނެވި ނަވަލްނީގެ ހާލުކޮޅު ސީރިއަސްވީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ސައިބީރިއާ އިން ފުރައިގެން ރަޝިއާގެ ވެރިރަށް މޮސްކޯ އަށް ދަތުރުކުރި ފްލައިޓްގައި އޭނާ ސައި ހިއްޕެވި ފަހުންނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެކަން ދިމާވީ އާޕޯޓްގައި ބޭނުންކުރެއްވި ފެން ފުޅިއަށް އަޅާފައި ހުރި ވިހައެއްގެ ސަބަބުންނެވެ.

ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެއާއެކު ރަޝިއާގެ ސަރުކާރުން ވަނީ ނަވަލްނީ އަނބުރާ ޤައުމަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖުލައި 2017

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

09 ޖުލައި 2017
ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!
09 ޖުލައި 2017

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޯޕެޒް ގޭ ބަންދަށް ބަދަލު ކުރި ކުރުމަށް ރައީސް މަޑޫރޯ ތައުރީފު ކުރައްވައިފި

09 ޖުލައި 2017
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޯޕެޒް ގޭ ބަންދަށް ބަދަލު ކުރި ކުރުމަށް ރައީސް މަޑޫރޯ ތައުރީފު ކުރައްވައިފި
05 ޖުލައި 2017

އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ

05 ޖުލައި 2017
އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ
01 ޖޫން 2017

ޓްރަމްޕްގެ 'ބޯ ބުރިކުރި' މައްސަލައިގައި ސީއެންއެންގެ ދުވަސްވީ ކޮމީޑިއަނެއް ގެއަށް!

01 ޖޫން 2017
ޓްރަމްޕްގެ 'ބޯ ބުރިކުރި' މައްސަލައިގައި ސީއެންއެންގެ ދުވަސްވީ ކޮމީޑިއަނެއް ގެއަށް!
22 މެއި 2017

މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

22 މެއި 2017
މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް