Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނިޒުއޭލާގެ މުޒާހަރާ

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

އިދިކޮޅު ލީޑަރު ޖަލުން ގެއަށް ވަނީ ބަދަލު ކޮށްފައި

ރާއްޖެ އެމްވީ | 9 ޖުލައި 2017 | އާދީއްތަ 14:46
ވެނިޒުއޭލާގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް ސަތޭކަ ދުވަސް ފުރުނީ އާދިއްތަ ދުވަހަށް

ވެނިޒުއޭލާގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް ސަތޭކަ ދުވަސް ފުރުނީ އާދިއްތަ ދުވަހަށް

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް، އާދިއްތަ ދުވަހާ ހަމައަށް، 100 ދުވަސް ފުރިހަމަވެއްޖެއެވެ.

މުޒާހަރާތަކަށް 99 ދުވަސް ފުރިހަމަވި ހުކުރު ދުވަހު ވެނިޒުއޭލާގެ ސަރުކާރުން ވަނީ ޖަލުގައި ހައްޔަރުކޮށްފައި ހުރި އެ ގައުމުގެ އިދިކޮޅު އެންމެ ބޮޑު ލީޑަރު ލިއޮޕޯލްޑޯ ލޯޕޭޒް ގޭ ބަންދަށް ބަދަލު ކޮށްފައެވެ.

ގޭ ބަންދަށް ބަދަލު ކުރުމާ ގުޅޭ ގޮތުން އިދިކޮޅު ލީޑަރު ލޯޕޭޒް ވިދާޅުވީ، މިނިވަންކަން ހޯދުމަށް ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށެވެ.

ވެނިޒުއޭލާގެ އިދިކޮޅު މައި ލީޑަރު ލޯޕޭޒް ގެއަށް ބަދަލު ކުރުމުން ސަޕޯޓަރުންނަށް ހިތްވަރު ދެއްވަނީ

ލޯޕޭޒް ގޭ ބަންދަށް ކުއްލި ގޮތަކަށް ބަދަލު ކުރުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު ވާހަކަތައް ފެށިދާނެ ކަމަށް ބައެއް ފަރާތްތަކުން ދުށް ނަމަވެސް، ޖަލުން ގެއަށް ބަދަލު ކުރުމާއެކު އޭނާގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އޭނާ ވެނިޒުއޭލާގެ ސަރުކާރާ ދެކޮޅު ކަމަށާއި، ވެނިޒުއޭލާގެ މިނިވަންކަން ޔަގީން ކުރެއްވެންދެން އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

ވެނިޒުއޭލާގެ ރައީސް ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ގައުމަށް ސުލްހަ ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އުމުރުފުޅުން 46 އަހަރުގެ އިދިކޮޅު ލީޑަރު ލޯޕޭޒް ގޭ ބަންދަށް ބަދަލު ކުރީ 3 އަހަރާ ބަޔަށް ވުރެ ގިނަ ދުވަހު ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހުގައެވެ. ލޯޕޭޒްގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރެއްވުމެވެ.

އިދިކޮޅު ލީޑަރު ޖަލުން މިނިވަން ކުރީ ބައިނަލް އަގްވާމީ މުޖްތަމައުންނާއި ވެނިޒުއޭލާގެ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ޕްރެޝަރ ކުރަމުން ދިޔުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ވެނިޒުއޭލާގައި ކުރިއަށް ގެންދާ މުޒާހަރާގައި މިހާތަނަށް މަދުވެގެން 91 މީހުން މަރުވެފައިވެއެވެ.

ލޯޕޭޒް ގޭ ބަންދަށް ބަދަލު ކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ ސްޕްރީމް ކޯޓުން ބުނެފައިވަނީ، އެކަން ހަމަޖެހުނީ ކޯޓުން ސަރުކާރުގެ މައްޗަށް ކުރި އަމުރަކާ ގުޅިގެން ކަމަށާއި، އެ ގޮތައް އަމުރު ކުރީ އިދިކޮޅު ލީޑަރުގެ ސިއްހީ ސަބަބުތަކައްޓަކައި އިންސާނިއްޔަވަންތަ އަމަލެއްގެ ގޮތުގައި ކަމަށެވެ.

އިދިކޮޅު ލީޑަރު ގޭ ބަންދަށް ބަދަލު ކުރި އިރު މިހާރުވެސް 300 އަށް ވުރެ ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން ޖަލުގައި އެބަ ތިއްބެވެ.

ލޯޕޭޒް ޖަލުން ދޫކޮށްލުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ އެއީ ރަނގަޅު މިސްރާބަށް އެޅި ފިޔަވަޅެއް ކަމަށާއި ނަމަވެސް މިފަދަ އެތައް ފިޔަވަޅެއް އަދި އަޅަން ޖެހޭ ކަމަށެވެ.

ވެނިޒުއޭލާގެ ސަރުކާރުން ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް 2014 ވަނަ އަހަރު ކުރި މުޒާހަރާތަކުގެ ފަހަތުގައި ހުންނެވީ ލޯޕޭޒް ކަމަށެވެ. އެ މުޒާހަރާތަކާ ގުޅިގެން ހަމަޖެހުން ނަގާލި ކަމުގެ ދައުވާ އޭނާގެ މައްޗަށްކޮށް 14 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. ލޯޕޭޒްގެ ގާނޫނީ ވަކީލުން ބުނެފައިވަނީ އެ ޝަރީއަތަކީ ސިޔާސީ މަގްސަދެއްގައި ކުރެވުނު ޝަރީއަތެއް ކަމަށާއި އޭނާއާ ދެކޮޅަށް ހުށަހެޅި ހެއްކަކީ އޮޅުވާލައިގެން ހުށަހެޅި ހެކިތަކެއް ކަމަށެވެ.

ލޯޕޭޒްގެ ހުކުމާއެކު ވެނިޒުއޭލާއަށް ވަނީ އިތުރު ހަމަ ނުޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

މި ދިޔަ ހަފްތާގެ ބުދަދުވަހު ސަރުކާރަށް ތާއީދު ކުރާ ބަޔަކު ހަތިޔާރާއެކު ގާނޫނު ހަދާ މަޖިލިސް ކުރާ ގެއަށް ވަދެ، ސަރުކާރާ އިދިކޮޅު މެމްބަރުންނަށް ހަމަލާދީ ފަސް މެމްބަރަކު ވަނީ ޒަޚަމްކޮށްލާފައެވެ.

މި ހަމަލާއާ ގުޅިގެން ވެނިޒުއޭލާގެ ރައީސް މަދޫރޯ ވަނީ އެ އަމަލު ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެ، އެކަން ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު