Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިނިވަންދުވަސް

އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ

މި ދުވަހަކީ އެންމެން އެހާ ސީރިއަސްކޮށް ފާހަގަކުރާ ދުވަހެއް ނޫން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 ޖުލައި 2017 | ބުދަ 08:03
މި ދުވަހަކީ އެންމެން އެހާ ސީރިއަސްކޮށް ފާހަގަކުރާ ދުވަހެއް ނޫން

މި ދުވަހަކީ އެންމެން އެހާ ސީރިއަސްކޮށް ފާހަގަކުރާ ދުވަހެއް ނޫން

އެމެރިކާގެ އެތައް މިލިއަން ބަޔަކު އެގައުމުގެ އެކި ކަންކޮޅުތަކުގައި އެ ގައުމުގެ މިނިވަން ދުވަސް ފާހަގަކުރަމުން އެބަދެއެވެ.

ޕެރޭޑްތަކާއި ކެއްކުންތަކާއިއެކު މި ދުވަސް ފާހަގަ ކުރާއިރު ސިޔާސީ ކޮޅިގަނޑުގެ މެދުގައިވާ ގޮނޑުދޮށްވެސް އަލުން ވަނީ ހުޅުވާފައެވެ.

ޖުލައި މަހު 4 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަނީ 1776 ވަނަ އަހަރު އެމެރިކާގެ 13 ރައްޔިތަކު، ދިރިހުރުމުގެ ހައްގާއި،މިނިވަންކަމާއި، އަދި އުފާފާޅުކުުރުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވާކަމަށް އިއުލާނުކޮށް މިނިވަންކަން އިއުލާނުކުރި ދުވަހުގެ ގޮތުގައެވެ.

ނަމަވެސް މި ދުވަހަކީ އެންމެން އެހާ ސީރިއަސްކޮށް ފާހަގަކުރާ ދުވަހެއް ނޫނެވެ.

މޮލީ ޝުއިލަރ ވަނީ މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން ވޮޝިންގޓަންގައި ދިހަ މިނެޓްގެ ތެރޭގައި 21 ޒެޑް ބަރގަރ ކައިފައެވެ. މީގެ ކުރިންވެސް އެ ރެކޯޑް އޮންނަނީ އޭނާގެ އަތުގެއެވެ.

މި ދުވަހާ ގުޅިގެން ވަނީ ނިއު ޖަރޒީގައި އޮންނަ އައިލެންޑް ބީޗް ސްޓޭޓް ޕާކް އާއްމުންނަށް ހުޅުވާފައެވެ.

މި ބީޗް އެންމެ ކުރުކޮށް ފޮނިކޮށް އެނގޭނެ ގޮތަކީ ގަވަރނަރ ކްރިސް ކްރިސްޓީއާއި އޭނާގެ އާއިލާ އެތަނުގެ ވެލިގަނޑުމަތީ އިރުގެ ހޫނުކަން ހޯއްދެވުމަށް ތިއްބަވަނިކޮށް ފޮޓޯނަގާފައިވާ މައްސަލައިގައެވެ.

އެ ގަވަރަނަރ ވަނީ ދައުލަތުގެ ބަޖެޓްގެ ދަތިކަމާއެކު އާއްމުންނަށް އެ ބީޗް ބަންދުކޮށްފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ނިއު ޖަރޒީގެ ބެޑްމިންސްޓަރގައި އޮންނަ އެ މަނިކުފާނުގެ ގޮލްފް ކޯސްގައި ހުންނެވުމަށްފަހު މި ދުވަސް ފާހަގަ ކުރެއްވުމަށްޓަކައި ވައިޓް ހައުސްއަށް ވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު