Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއެލާގެ މަޝްރަހު

މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

22 މެއި 2017 | ހޯމަ 10:43

މަޑޫރޯ ހުންނެވީ ގޮތްދޫކުރައްވާ ގޮތަކަށް ނޫން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 22 މެއި 2017 | ހޯމަ 10:43
ހިނގާލުމުގެ ބައިވެރިން ހަމަނުޖެހުން ހިންގަމުންދަނީ

ހިނގާލުމުގެ ބައިވެރިން ހަމަނުޖެހުން ހިންގަމުންދަނީ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާރާތަކަށް ފަންސާސް ދުވަސް ފާހަގަކުރުމަށް ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހާރާތަކަށް 50 ދުވަސް ފާހަގަކުރުމުގެ ވެރިރަށް ކަރަކަސް އާ ވެނެޒުއޭލާގެ އެހެނިހެން ސަރަހައްދުތަކުގައި އެތައް ލައްކަ ބަޔަކުވަނީ މަގުތަކަށް ނުކުމެ މި ހިނގާލުމުގައި ބައިވެރިފައެވެ.

ހިނގާލުމާއި ގުޅޭގޮތުން އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އެޑިސަން ފެރަރ ވިދާޅުވި ގޮތުގައި ވެރިރަށް ކަރަކަސްގައި ބޭއްވުނު ހިނގާލުމުގައި އެއްލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ހިނގާލުމުގައި ބައިވެރިވި މީހުން، ވަނީ ސަރުކާރާއި ދެކޮޅު ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފައެވެ. އެގޮތުން ހުދު މުހުތާރު ވެރިކަމެއް ބޭނުން ނުވާ ކަމަށް ލިޔެފައިވާ ބޯޑުތަކާއި ޑިކްޓޭޓަޝިޕްއާ ދެކޮޅަށް އެތައް މިލިއަން ބަޔަކު ތިބިކަން ހާމަކޮށްދޭ ލިޔުންތައް ހިމެނެއެވެ.

ވެނެޒުއެލާގެ އެތައް މިލިއަން ރައްޔިތުންނެއް ތިބީ ރައީސް މަޑޫރޯގެ ސަރުކާރު ދެކެ އިންތިހާ ދަރަޖައަށް ރުޅިއައިސްފައެވެ. އެގައުމުގެ އެތައް މިލިއަން ރައްޔިތުންނެއް ތުހުމަތުކުރާ ގޮތުގައި ވެނެޒުއެލާގައި އިންފްލޭޝަން ރޭޓް މަތިވެ، ކާބޯތަކެއްޗާ، ބޭސްފަރުވާގެ ވަސީލަތްތައް ލިބުމުގައި ދަތިވަނީ ސަރުކާރުގެ ދޯހަޅު ސިޔާސަތުތަކުގެ ސަބަބުންނެވެ.

ވެނެޒުއެލާގައި އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން ދިޔުމަކީވެސް މުޒާހަރާ ކުރަމުންދިޔުމުގެ އެއް ސަބަބެވެ. މުޒާހަރާގެ ބައިވެރިން ސަރުކާރަށް ޝަރުތު ކުރަމުންދަނީ އެގައުމުގައި އެކުލަވާލެވޭ ގާނޫނުތަކުގައި އިދިކޮޅު ފަރާތްތައް ހިމެނުމަށެވެ.

ހޮނިހިރު ދުވަހު ވެރިރަށް ކަރަކަސް އޮތް ހިނގާލުމުގައި މީގެ ކުރިން ދެފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އިދިކޮޅު ލީޑަރު ހެންރީކޭ ކެޕްރިލެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހޮނިހިރު ދުވަހުގެ ހިނގާލުން ހުއްޓުވުމަށް ވަކި ހިސާބަކުން ފުލުހުންވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން ޕެޕަރ ސްރޭއާ ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ.

ފުލުހުން ހިނގާލުން ރޫޅާލުމަށް ކަރުނަގޭސް ބޭނުންކުރުމުން ހިނގާލުމުގެ ބައިވެރިން ވަނީ ގަލާއި ޕެޓްރޯލް ބޮން ފަދަ އެއްޗެހި އުކާފައެވެ.

މީގެ އިތުރުން މުޒާހަރާ ތެރޭގައި ވައްކަން ކުރަމުންދިޔަ ކަމަށް ތުހުމަތު ކުރެވުނު މީހެއްގެ ގައިގައި މުޒާހަރާގެ ބައިވެރިންވަނީ ރޯކޮށްލާފައެވެ.

ވެނެޒުއެލާގެ ސޭން ކްރިސްޓޮބަލްގެ ޓަޗީރާގެ މަގުތަކުގައި މުޒާހަރަ ކުރާ ފަރާތްތަކުން ތަންތަން ލޫޓުވުމާއި ވައްކަމާއި ފޭރެމުންދާތީ މަޑޫރޯގެ ސަރުކާރުން ވަނީ އެސަހައްދަށް އަސްކަރީ ފައުޖެއް ފޮނުވާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

16 ޖުލައި 2017

ނާކާމިޔާބު ކޮށްލި ބަޣާވާތަށް އެއް އަހަރުފުރުން ތުރުކީގައި ފާހަގަކޮށްފި

16 ޖުލައި 2017
ނާކާމިޔާބު ކޮށްލި ބަޣާވާތަށް އެއް އަހަރުފުރުން ތުރުކީގައި ފާހަގަކޮށްފި
09 ޖުލައި 2017

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

09 ޖުލައި 2017
ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!
05 ޖުލައި 2017

އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ

05 ޖުލައި 2017
އެމެރިކާއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ
02 ޖުލައި 2017

ކެނެޑާ އުފެދުނުތާ 150 އަހަރު ފުރުން ފާހަގަކޮށްފި

02 ޖުލައި 2017
ކެނެޑާ އުފެދުނުތާ 150 އަހަރު ފުރުން ފާހަގަކޮށްފި
01 ޖޫން 2017

ޓްރަމްޕްގެ 'ބޯ ބުރިކުރި' މައްސަލައިގައި ސީއެންއެންގެ ދުވަސްވީ ކޮމީޑިއަނެއް ގެއަށް!

01 ޖޫން 2017
ޓްރަމްޕްގެ 'ބޯ ބުރިކުރި' މައްސަލައިގައި ސީއެންއެންގެ ދުވަސްވީ ކޮމީޑިއަނެއް ގެއަށް!
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް