Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްގާނިސްތާނުގެ ދެ ފަނޑިޔާރަކު މަރާާލުން

ބަޑިން ހަމަލާދީ އަފްގާނިސްތާނުގެ ސުޕްރީމް ކޯޓުގެ ދެ އަންހެން ފަނޑިޔާރަކު މަރާލައިފި

17 ޖެނުއަރީ 2021 | އާދީއްތަ 17:29

ޙަމަލާ ދީފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2021 | އާދީއްތަ 17:29
އަފްގާނިސްތާނުގެ 2 ފަނޑިޔާރަކަށް ޙަމަލާދީ މަރާލާފައި - މި ޙަމަލާގެ ޒިންމާ ބަޔަކު ނަގާފައެއް ނުވޭ

އަފްގާނިސްތާނުގެ 2 ފަނޑިޔާރަކަށް ޙަމަލާދީ މަރާލާފައި - މި ޙަމަލާގެ ޒިންމާ ބަޔަކު ނަގާފައެއް ނުވޭ

އަފްގާނިސްތާނުގެ ސުޕްރީމް ކޯޓުގެ ދެ އަންހެން ފަނޑިޔާރަކަށް ބަޑިން ޙަމަލާދީ މަރާލައިފިއެވެ.

އެ ޤައުމުގެ ފުލުހުންނާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ދެ ފަނޑިޔާރުން މަރާލާފައިވާއިރު، ބަޑީގެ ޙަމަލާދިން މީހާ މިހާތަނަށް ހޯދިފައެއް ނުވެއެވެ. މި ޙަމަލާގައި އެ ފަނޑިޔާރުންގެ ޑްރައިވަރަށްވެސް އަނިޔާ ލިބިފައިވެއެވެ.

މިވަގުތު އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން މި ޙަމަލާ ދީފައިވާ ދަނޑިވަޅަކީ ކާބުލްގެ އިތުރުންވެސް ބައެއް އިތުރު އަވަށްތަކުގައި އެކިކަހަލަ ހަމަލާތައް ބަދަލު ކުރަމުންދާ ދަނޑިވަޅެކެވެ.

މި ޙަމަލާ ކުށްވެރި ކުރައްވައި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ ތާލިބާނުންނާއި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތައް ކުށްވެރި ކުރައްވާފައެވެ. އަދި އެ ޤައުމަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލަކީ އަނިޔާވެރިކަމާއި ބިރު ދެއްކުން ނޫން ކަމަށްވެސް ގަނީ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއީ ތާލިބާނުން ދިން ޙަމަލާއެއް ނޫން ކަމަށް އެ ޖަމާއަތުގެ ތަރުޖަމާނާއި ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އަފްގާނިސްތާނުގެ މަޝްރަހު ގޯސްވެފައިވާއިރު، ފާއިތުވި ދުވަސްތަކުގައިވެސް ނޫސްވެރިންނާއި، ސަރުކާރުގެ އޮފިޝަލުންގެ އިތުރުން، ސިޔާސީ އެކްޓިވިސްޓުންނަށް އެކި ކަހަލަ ޙަމަލާތައް އަމާޒުވެފައިވެއެވެ. މި ޙަމަލާތަކުގެ ސީދާ ޒިންމާވެސް ތާލިބާނުން އުފުލާފައެއް ނުވެއެވެ. އެހެން ނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިންނަށް ޙަމަލާދޭނެ ކަމަށް ދޭހަވާ މޭރުމުން އެ ޖަމިއްޔާއިން މީގެ ކުރިން އިންޒާރުތައް ދީފައިވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް