Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަނުގައި ބިރުވެރިކަން

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ޖަރުމަނު ގަޑިން 21:00ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 10 މާރިޗު 2017 | ހުކުރު 11:23
މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ޖަރުމަނު ގަޑިން 21:00ގައި

މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ޖަރުމަނު ގަޑިން 21:00ގައި

ޖަރުމަނުގެ ހުޅަނގުގެ ސިޓީއެއްކަމަށްވާ ޑަސެލްޑޯފްގެ މައި ރެއިލް ސްޓޭޝަންގައި މީހަކު ކޯރާޑިއަކުން ހަމަލާދީ ހަތް މީހުން ޒަޚަމް ކޮށްލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޖަރުމަނު ގަޑިން 9:00 ހާ އިރުއެވެ.

މި މައްސަލައާއި ގުޅިގެން ފިރެހެނަކުވަނީ ހައްޔަރުކޮށްފައެވެ. ޑަސެލެޑޯފްގެ ފުލުހުން ބުނީ ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނަފްސާނީ މައްސަލަތކެއް ދިމާވެފައި ހުރި ކުރީގެ ޔޫގޮސްލާވިއާގެ މީހެއްކަމަށެވެ. އޭނާއަކީ 36 އަހަރުގެ މީހެކެވެ.

ފުލުހުންބުނީ ހަމަލާދިން މީހާ ހަމަލާ ދީފައިވަނީ ވަކި މީހެއް ބެލުމެއް ނެތި ކަމަށެވެ. އަދި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް އެކަކު ސީރިއަސް މިންވަރަކަށް ޒަޚަހްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންނަށް ފިލުމަށް ބްރިޖްމަތިން ފުންމާލުމުން ހަމަލާދިން މީހާވެސް ޒަޚަމްވެފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭނާއަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހަމަލާގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދެއެވެ. ހަމަލާއާއި ގުޅިގެން ރެއިލްދަތުރުތައް ހުއްޓާލި ނަމަވެސް މިހާރު އަލުން ދަތުރުތައް ފަށާފައިވާކަމަށް މައުލޫމާތުލިބެއެވެ.

މި ހަމަލާ ދިން ސަބަބެއް އެނގިފައިނުވާއިރު މިއީ ޓެރެސްރިސްޓް ހަމަލާއެއްކަމަށް ފުލުހުން ސިފަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި

09 ޖޫން 2017
އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި
17 މެއި 2017

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު