Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަސްގައި ނާދުގެ ކުރިމަގު

އިސްތިއުފާއެއް ނުދޭނަން، ކުުލަބުން ބޭނުންނަމަ ޖެހޭނީ ވަކިކުރަން: ނާދު

17 ޖެނުއަރީ 2021 | އާދީއްތަ 04:48

ސަސްއިން މިހާތަނަށް މި ސީޒަނުގައި ވަނީ ނާދުގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 17 ޖެނުއަރީ 2021 | އާދީއްތަ 04:48
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)

މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި، ކުލަބުން އޭނާ ބޭނުން ނުވާނަމަ ޖެހޭނީ ވަކިކުރަން ކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނެފިއެވެ.

ގަދަ ހައެއްގައި ނިންމާލަން އަމާޒުހިފި ސަސްއިން މިހާތަނަށް މި ސީޒަނުގައި ވަނީ ނާދުގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލީގުގައި މިހާތަނަށް ސަސްއިން ހަ މެޗު ކުޅެފައިވާއިރު، އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ނާދު ބުނީ ސަސްގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވިއިރު ކުލަބުން ދިން ޓާގެޓަކީ ގަދަ ހައެއް ކަމަށާއި، އެ ޓާގެޓަށް ވާސިލްވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި މި ހިސާބުން ކޯޗު ވަކިކުރަން ތަންކޮޅެއް އަވަސް ކަމަށާއި، ކޯޗެއްގެ ހައިސިއްޔަތުން އިސްތިއުފާ ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ކުލަބުން އޭނާ ކޯޗަކަށް ބަހައްޓަން ބޭނުންނުވާނަމަ ޖެހޭނީ ވަކިކުރަން ކަމަށްވެސް ނާދު ވަނީ ބުނެފައެބެ.

ނާދު އިތުރަށް ބުނީ ސަސްގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރާއިރު، ކުލަބުން ދިން ޓާގެޓް ހާސިލުނުވެގެން ވަކިކުރަނީއޭ ބުނެފިނަމަ އެއީ ގޯހެއް ކަމަށާއި، އެކަމަކު ސަސްގެ އަމާޒަކީ ލީގު ހޯދުން ކަމަށްވާނަމަ، ކޯޗުގެ މަގާމުން އޭނާ ވަކިކުރިއަސް މައްސަލައެއް ނެތް ކަމަށެވެ.

ނާދު ބުނީ ސަސްގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރަން އުޅޭ ވާހަކަތައް ދަނޑު ބޭރުން ދައްކާ އަޑުއިވޭ ކަމަށާއި، އެކަމަކު ފުޓްބޯޅައިން އޭނާ ދުރު ނުކުރެވޭނެ ކަމަށެވެ. އަދި ސަސްއިން އޭނާ ވަކިކުރި ނަމަވެސް އެއްވެސް ހަސަދަވެރިކަމެއްވެސް ނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ސަސްއާއެކު ކުރެވުނު މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، ސަސްގެ ކޯޗުގެ މަގާމުން އޭނާ ވަކިކޮށްފިނަމަ، ސަސްގެ މޭނެޖުމަންޓުގެ ފުޓްބޯޅައިގެ ފެންވަރު ރީތިކޮށް ފެންނަން އޮންނާނެ ކަމަށްވެސް ނާދު ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނާދު ވަކިކޮށް ސަސްއިން އަންނަނީ އެ ޓީމުގެ ކޯޗަކަށް ކުލަބު އީގަލްސްގެ ކޯޗުގެ މަގާމުން ދާދި ފަހުން ވަކިވި މުޙައްމަދު ޝިޔާޒް (މޯހަން) ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

މި ސީޒަނުގައި މުޅިން އަލަށް ދިވެހި ޕްރިމިއާ ލީގު ކުޅެމުން އަންނަ ސަސް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކުގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2018

ޕޮގްބާއަށް ފުރުސަތުދޭން ޖެހޭނީ ބެންޗުން!

17 އެޕްރީލު 2018
ޕޮގްބާއަށް ފުރުސަތުދޭން ޖެހޭނީ ބެންޗުން!
26 މާރިޗު 2018

100 އިންސައްތަ ނުދޭ ކުޅުންތެރިންނަށް ފުރުސަތެއް ނުދޭނަން: ސެގެޓް

26 މާރިޗު 2018
100 އިންސައްތަ ނުދޭ ކުޅުންތެރިންނަށް ފުރުސަތެއް ނުދޭނަން: ސެގެޓް
28 ނޮވެމްބަރު 2017

ނަސްލީ ތަފާތުކުރުމާއި މަނާ ބޭސް ބޭނުންކުރުމުގެ ފުރުސަތު ވާރލްޑް ކަޕުގައި ނުދޭނަން: އިންފަންޓީނޯ

28 ނޮވެމްބަރު 2017
ނަސްލީ ތަފާތުކުރުމާއި މަނާ ބޭސް ބޭނުންކުރުމުގެ ފުރުސަތު ވާރލްޑް ކަޕުގައި ނުދޭނަން: އިންފަންޓީނޯ
09 އޮކްޓޯބަރު 2017

ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު

09 އޮކްޓޯބަރު 2017
ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު
17 ސެޕްޓެމްބަރު 2017

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

17 ސެޕްޓެމްބަރު 2017
މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
12 އެޕްރީލު 2017

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017
ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް