Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕައުލް ޕޮގްބާ

ޕޮގްބާއަށް ފުރުސަތުދޭން ޖެހޭނީ ބެންޗުން!

ޕޮގްބާއަށް ކުޅުމުގެ ފެންވަރު އެއްވަރެއްގައި ނުހިފެހެއްޓޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 17 އެޕްރީލު 2018 | އަންގާރަ 13:41
ޕައުލް ޕޮގްބާ

ޕައުލް ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ފުރުސަތުދޭން ޖެހޭނީ އެ ޓީމުގެ ބެންޗުން ކަމަށް އެ ޓީމުގެ ލެޖެންޑް ގެރީ ނެވިލް ބުނެފިއެވެ.

ޔުވެންޓަސް ދޫކޮށް 2016 ވަނަ އަހަރު އޭރުގެ ރެކޯޑު ފީއެއް ކަމަށްވާ 89 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ޕޮގްބާއަށް ޔުނައިޓެޑްގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. އޭނާގެ ހުނަރާ މެދު މީހުން ސުވާލު ނުއުފެއްދި ނަމަވެސް އެއްވަރެއްގައި ކުޅުމުގެ ފެންވަރު އޭނާއަށް ނުހިފެހެއްޓުމާ އެކު އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެގޮތުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އެނާގެ ދެ ލަނޑާއި މޮޅު ކުޅުމާއެކު ޔުނައިޓެޑް މޮޅުވިއިރު ތާވަލުގެ ފުލުގައި އޮތް ވެސްޓް ބްރޮމް އަތުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅުނު މެޗުގައި ޕޮގްބާގެ ފަރާތުން ފެނުނު ކުޅުމާއި ގުޅިގެން އޭނާއަށް އަންނަނީ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވަނީ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ޓޮޓެންހަމްއާ އަދި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގައި ދަށް ކުޅުން ދައްކަމުންދާ ކުޅުންތެރިންނަށް ފުރުސަތު ނުދޭނެ ކަމަށެވެ. މިކަމަށް ބާރުދީ ނެވިލް ބުނެފައިވަނީ ޕޮގްބާގެ އިތުރުން ސަންޗޭޒްއަށް ވެސް އެ މެޗުގައި ފުރުސަތުދޭން ޖެހޭނީ ބެންޗުން ކަމަށެވެ.

ނެވިލް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޕޮގްބާއާއެކު ޔުނައިޓެޑަކީ ތަފާތު ޓީމެއް ކަމަށާއި އެހެން ނަމަވެސް އޭނާއާ ނުލާވެސް އެ ޓީމަކީ ތަފާތު ދެއްކޭނެ ޓީމެއް ކަމަށެވެ. އޭނާ ބުނީ ކުރިޔަށް ކުޅޭ އެހެން ކުޅުންތެރިން ކަމަށްވާ ރަޝްފޯޑް އަދި މާޝިއާލް ނުވަތަ ލިންގާޑް ފަދަ ކުޅުންތެރިންނަކީ ވެސް މެޗުތަކުން ޔުނައިޓެޑަށް ނަތީޖާ ނެރެދޭނެ ކުޅުންތެރިން ކަމަށެވެ.

އޭނާ ބުނީ މީގެކުރިން ޕޮގްބާއާއެކު ކުޅޭ ކޮންމެ ޔުނައިޓެޑް ޓީމަކީ މޮޅު ޓީމެއްގެ ގޮތުގައި ދެކުނު ކަމަށާއި އެހެން ނަމަވެސް މިހާރު އޭނާގެ ކަންކަމަށް ފާޑުކިޔަން ޖެހިއްޖެ ކަމަށެވެ. މިހާރު ޕޮގްބާ ދަނޑުމަތީގައި މަސައްކަތްކުރާ މަންޒަރު ނުފެންނަ ކަމަށާއި އޭނާއަކީ މަސައްކަތްކުރާނަމަ ވަރަށް މޮޅުވާނެ ކުޅުންތެރިޔެއް ކަމަށް ނެވިލް ބުނެފައިވެއެވެ.

ޕޮގްބާ އަދި ސަންޗޭޒްއަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭނެ ކަމަށް ޔުނިއިޓެޑްގެ ކޯޗު މޮރީނިއޯ ބުނެފައިވާއިރު ސީޒަނުގެ ކުރީ ބައިގައި ވެސް މި ދެ ކުޅުންތެރިން ވަނީ ބެންޗުގައި ވަގުތުތަކެއް ހޭދަކޮށްފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގައި މޮޅަށް ކުޅޭ ކުޅުންތެރިންނަށް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޖާގަ ލިބޭނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ކުޅުންތެރިޔަކަށް ރެސްޓް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ބެންޗު ނުކުރާނެ ކަމަށެވެ. މޮރީނިއޯ ބުނީ މިއީ ކުޅުންތެރިންނަށް ލިބާ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހުރިހާ ކުޅުންތެރިން ވެސް ހިފަންޖެހޭ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ އެގާރާގައި ހިމެނޭ ކުޅުންތެރިން ނެގުމުގައި އަބަދުވެސް ބަލަނީ އެ ކުޅުންތެރިން ކުޅޭ މެޗުގައި ދައްކާ ކުޅުމަށް ކަމަށެވެ.

ބުދަ ދުވަހު ޕޮގްބާއާ ނުލައި ބޯންމައުތާ ދެކޮޅަށް ޔުނައިޓެޑް ނުކުންނާނެ ކަމަށް ބެލެވޭއިރު އެ މެޗު ކާމިޔާބުކޮށްގެން ތާވަލުގެ ތިންވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ބޮޑު ކުރުމުގެ ފުރުސަތު އެ ޓީމަށް ވަނީ ހުޅުވާލެވިފައެވެ. އެ މެޗަށްފަހު އެފްއޭ ކަޕްގެ ސެމީ ފައިނަލް އެ ޓީމު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭމާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ހަތަރު ހަފްތާއަށް

ނޭމާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ހަތަރު ހަފްތާއަށް

09 ޖޫން 2019
ޔުވަންޓަސްއިން ޕޮގްބާއަށް ބިޑުކުރަނީ!

ޔުވަންޓަސްއިން ޕޮގްބާއަށް ބިޑުކުރަނީ!

22 ޑިސެމްބަރު 2018
މިފަހަރު ބެލެންޑިއޯ އެވޯޑު ލިބެން ޖެހޭނީ ފްރާންސް ކުޅުންތެރިޔަކަށް: އޮންރީ

މިފަހަރު ބެލެންޑިއޯ އެވޯޑު ލިބެން ޖެހޭނީ ފްރާންސް ކުޅުންތެރިޔަކަށް: އޮންރީ

10 ނޮވެމްބަރު 2018
ކުރިޔަށް އޮތް ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާ ބަލަން ޖެހޭނީ ފޭސްބުކްއިން!

ކުރިޔަށް އޮތް ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާ ބަލަން ޖެހޭނީ ފޭސްބުކްއިން!

14 އޯގަސްޓު 2018
މެސީ އަދި ރޮނާލްޑޯއާ ވާދަކުރަން ގްރީޒްމަން ޖެހޭނީ ތަށި ކާމިޔާބުކުރަން!

މެސީ އަދި ރޮނާލްޑޯއާ ވާދަކުރަން ގްރީޒްމަން ޖެހޭނީ ތަށި ކާމިޔާބުކުރަން!

17 އެޕްރީލު 2018

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު