Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

ޒިދާން ބުނީ ރޮނާލްޑޯގެ ކާމިޔާބީގެ ފަހަތުގައިވަނީ އޭނާގެ ހިތްވަރު ކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 10:17
ރޮނާލްޑޯ ބެލޮންޑޯ އެވޯޑާއެކު

ރޮނާލްޑޯ ބެލޮންޑޯ އެވޯޑާއެކު

އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު މިފަހަރު ވެސް ލިބެންޖެހޭނީ ރެއާލް މެޑްރިޑްގެ ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމަށް އެޓީމުގެ ކޯޗު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ ރޮނާލްޑޯއަކީ ބުރަ މަސަތްކަތްކުރާ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ ހިތްވަރު ކަމަށެވެ. އަދި ރޮނާލްޑޯ އަށް އެވޯޑު ހައްގުވަނީ އޭނާގެ އަމިއްލަ ހުނަރުވެރި ކުޅުމުގެ ސަބަބުން ނޫން ކަމަށާއި ޓީމެއްގެ ގޮތުގައި ވެސް ރޮނާލްޑޯ މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެެވެ.

ރެއާލް މެޑްރިޑާއެކު ނިމިގެންދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯ ވަނީ ފްރާންސްގައި މި އަހަރުގެ ޔޫއެފާ ސުޕްކަޕްގެ އިތުރުން ސްޕެނިޝް ސުޕަކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މި ދެ މުބާރާތުގައި ވެސް ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މުހިއްމު ލަނޑުތަކެއް ވެސް ކާމިޔާބުކޮށްދީފަ އެވެ.

"ރޮނާލްޑޯއަކީ މޮޅު އަދި ތަފާތު ކުޅުންތެރިއެއް. އޭނާއަކީ ބުރަ މަސަތްކަތްކުރާ ހިތްވަރުގަދަ ލީޑަރެއް. އޭނާ އަށް ލިބޭ ކާމިޔާބީތަކުގެ ފަހަތުގައިވާ ސިއްރަކީ އެއީ. އޭނާ އަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބެން ޖެހެނީ ހަމައެކަނި އޭނާގެ އަމިއްލަ މޮޅު ކުޅުމުގެ ސަބަބަކުން ނޫން. ޓީމެއްގެ ގޮތުގައި ވެސް ރޮނާލްޑޯ މޮޅު ކުޅުމެއް ދައްކާފައިވޭ. އޭނާގެ ލީޑަޝިޕްގެ މުހިއްމުކަން ކޮންމެ މުބާރާތެއްގައި ވެސް ފެނިގެންދޭ،" ޒިދާން ބުންޏެވެ.

މި ސީޒަނުގައި ރޮނާލްޑޯ އަދި ސްޕެނިޝް ލީގުގައި މިހާތަނަށް މެޗެއް ކުޅެފައި ނުވިނަމަވެސް އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެޕޮއެލްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ކުޅެފައެވެ. އަދި މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލް ވެސް ޖަހާފައެވެ.

ރޮނާލްޑޯ އަށް ލީގުގައި މެޗެއް ކުޅެފައި ނުވަނީ ސްޕެނިޝް ސުޕަކަޕްގެ ފުރަތަމަ ލެގުގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީ ކޮށްޕާލި މައްސަލައާ ގުޅިގެން ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ދީފައިވާ ހަތަރު މެޗުގެ ސަސްޕެންޝަނުގެ ސަބަބުންނެވެ. އޭނާ ހަތަރު މެޗަށް ސަސްޕެންޑް ކުރިއިރު، މިހާރު އޭގެ ތެރެއިން ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މިމަހުގެ 17 ވަނަ ދުވަހު ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗެވެ.

އެހެން ނަމަވެސް މިމަހުގެ 20 ވަނަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ރޮނާލްޑޯ އަށް ކުޅެވޭނެއެވެ.

ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަން އަދި އިއުލާން ކޮށްފައިނުވި ނަމަވެސް، އެ އެވޯޑަށް މިފަހަރު ވެސް އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވެނީ ހަތަރު ފަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ އާއި ފަސް ފަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއެވެ.

ބެލޮންޑޯ އެވޯޑް ރޮނާލްޑޯއަށް ލިބޭނެ ކަމަށް ޒިދާން ބުނެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ކެންޓޯނާ ވެސް ވަނީ ބެލޮންޑޯ އެވޯޑް ލިބުން އެންމެ ހައްގީ ރޮނާލްޑޯއަށް ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު