Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ނަސްލީ ތަފާތުކުރުމާއި މަނާ ބޭސް ބޭނުންކުރުމުގެ ފުރުސަތު ވާރލްޑް ކަޕުގައި ނުދޭނަން: އިންފަންޓީނޯ

ވާރލްޑް ކަޕަށް ވަގުތު ކުޑަތަންވަމުން އަންނައިރު ނަސްލީ ތަފާތުކުރުމުގެ އެކި މައްސަލަތައް އަންނަނީ ފެންމަތިވަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 ނޮވެމްބަރު 2017 | އަންގާރަ 12:31
ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ - އަންނަ އަހަރު ރަޝިއާގައި އޮންނަ ވާރލްޑް ކަޕަކީ ތަފާތު މުބާރާތާކަށް ޥާނެކަމަށް ބުނި ނ

ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ - އަންނަ އަހަރު ރަޝިއާގައި އޮންނަ ވާރލްޑް ކަޕަކީ ތަފާތު މުބާރާތާކަށް ޥާނެކަމަށް ބުނި ނ

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕުގައި ނަސްލީ ތަފާތުކުރުމާއި މަނާ ބޭސް ބޭނުންކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވިދާޅުވެޖެއެވެ.

ވާރލްޑް ކަޕަށް ވަގުތު ކުޑަތަންވަމުން އަންނައިރު ނަސްލީ ތަފާތުކުރުމުގެ އެކި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް އަޑުއުފުލަމުން އަންނަ ކުޅުންތެރިންގެ އަދަދުވެސް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންނެވެ. އެގޮތުން އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭއާއި ބްރެޒިލްގެ ވިންގާ ހަލްކްގެ އިތުރުން އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީވެސް ވަނީ ނަސްލީ ތަފާތުކުރުން ފުޓްބޯޅައިގެ ތެރެއިން ނައްތާލުމަށް ގޮވާލާފައެވެ.

ވާރލްޑް ކަޕުގެ ގުރު ނެގުމަށް ހަތަރު ދުވަހަށް ވެފައިވަނިކޮށް ފީފާގެ ޔޫޓިއުބް ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވެފައިވަނީ ނަސްލީ ތަފާތުކުރުމަކީ ފީފާއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ބަލާނެ ކަމެއް ކަމަށާއި އެފަދަ ކަމެއް ހިނގާތޯ ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ.

ހަމައެހެންމެ އިންފަންޓީނޯ ވިދާޅުވެފައިވަނީ އެފަދަ ކަމެއް ހިނގައިފި ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅިފައިވާ ކަމަށާއި އަންނަ އަހަރުގެ ވާރލްޑް ކަޕުގައި އެކަމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ރެފްރީއަށް މެޗު މެދުކަނޑާލުމުގެ އިހްތިޔާރު އޮންނާނެ ކަމަށާއި އަދި މެޗުގެ ކުޅުން އިތުރަށް ކުރިޔަށް ނުގެންގޮސް މެޗު އެއްކޮށް ހުއްޓާލުމުގެ ބާރުވެސް ރެފްރީގެ އަތްމަތީގައި އޮންނާނެ ކަމަށް އިންފަންޓީނޯ ވިދާޅުވެއެވެ.

އަންނަ އަހަރުގެ ވާރލްޑް ކަޕް ބަލާލުމަށް ރަޝިއާއަށް ދާ މީހުންގެ ސަލާމަތީ ކަންކަމާއި ގުޅިގެން އެތަށް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި އިންފަންޓީނޯ ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ހާމަކުރަށްވާފައެވެ.

އޭނާ ވިދާޅުވީ ރަޝިއާގެ އިދާރާތަކުން ވާރލްޑް ކަޕުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭނެ ކަމަށާއި ރައްކާތެރި މާހައުލެއް ބިނާކުރުމަށް 200 އިންސައްތަ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން އިންފަންޓީނޯ ވިދާޅުވީ ވާރލްޑް ކަޕް ނިމޭއިރު ދުނިޔޭގެ އެހެން ގައުމުތަކުން ރަޝިއާ އާއި މެދު ދެކޭގޮތް އެއްކޮށް ބަދަލުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މަނާ ބޭސް ބޭނުންކުރުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާލުވެފައިވަނީ ދަނޑުމަތީގައި ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފެންނަން ބޭނުމީ ފެއަރ ޕްލޭ ކަމަށާއި މަނާ ބޭސް ބޭނުންކުރުމަކީ އެކަމަށް އެޅޭ ހުރަހެއް ކަމަށެވެ. އެހެންކަމުން މުބާރާތް ކުރިޔަށްދާއިރު ހުރިހާ ޓީމެއްގެ ކުޅުންތެރިންވެސް މަނާ ބޭހަށް ޓެސްޓު ކުރެވޭނެ ކަމަށާއި އެކަން ވާދަކުރާ ހުރިހާ ގައުމެއްގެ ފުޓްބޯޅަ އިދާރަތަކަށް އަންގާފައިވާނެ ކަމަށް އިންފަންޓީނޯ ވިދާލުވެފައި ވެއެވެ.

އިންފަންޓީނޯ މިބީދައިން ވާހަކަ ދައްކާފައިވާއިރު ރަޝިއާގެ އެންޓި ޑޯޕިން އެޖެންސީ އަދިވެސް އޮތީ ސަސްޕެންޑް ކުރެވިފައެވެ.

ވާރލްޑް ކަޕުގައި ވާދަކުރާނެ ހުރިހާ ޓީމެއް ވެސް ކަށަވަރު ވެފައިވާއިރު އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ގުރު ނެގުމުގެ ރަސްމިއްޔާތު ރަޝިއާގެ މޮސްކޯގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔެއަށް އަންނަ ފުޓްބޯޅައިގެ އެންމެ ބޮޑު އީދު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

ބޭސްބޯލްގެ ދުނިޔޭގެ ޗެމްޕިއަންކަން ހިއުސްޓަން އެސްޓްރޯސްއަށް

02 ނޮވެމްބަރު 2017
ބޭސްބޯލްގެ ދުނިޔޭގެ ޗެމްޕިއަންކަން ހިއުސްޓަން އެސްޓްރޯސްއަށް
12 އޮކްޓޯބަރު 2017

ކުޑަހުވަދޫ ޖޫރިމަނާކޮށް އިންޒާރު ދީފި

12 އޮކްޓޯބަރު 2017
ކުޑަހުވަދޫ ޖޫރިމަނާކޮށް އިންޒާރު ދީފި
04 އޮކްޓޯބަރު 2017

ނަސްލީ ތަފާތު ކުރުމުގެ މައްސަލާގައި ލާޒިއޯ އަށް އަދަބު ދީފި

04 އޮކްޓޯބަރު 2017
ނަސްލީ ތަފާތު ކުރުމުގެ މައްސަލާގައި ލާޒިއޯ އަށް އަދަބު ދީފި
30 އޯގަސްޓު 2017

ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭ ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި

30 އޯގަސްޓު 2017
ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭ ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި
22 އޯގަސްޓު 2017

ދަގަނޑޭ ނުހިމަނާ އޮމާން މެޗަށް ގައުމީ ޓީމު ސްކޮޑު އެކުލަވާލައިފި

22 އޯގަސްޓު 2017
ދަގަނޑޭ ނުހިމަނާ އޮމާން މެޗަށް ގައުމީ ޓީމު ސްކޮޑު އެކުލަވާލައިފި
26 ޖޫން 2017

ޖަރުމަނާއި ޗިލީ ސެމީއަށް

26 ޖޫން 2017
ޖަރުމަނާއި ޗިލީ ސެމީއަށް
28 މެއި 2017

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

28 މެއި 2017
އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި
20 އެޕްރީލު 2017

ޔޫރޮޕާ ލީގް: ލިޔޯން އަދި ބެސިކްޓަސް ސަސްޕެންޑުކޮށް ޖޫރިމަނާ ކޮށްފި

20 އެޕްރީލު 2017
ޔޫރޮޕާ ލީގް: ލިޔޯން އަދި ބެސިކްޓަސް ސަސްޕެންޑުކޮށް ޖޫރިމަނާ ކޮށްފި
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު