Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިސްމާއިލް އީސާ (މެސީ)

ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު

މައްސަލަ ޖެހުނީ އޮމާންގެ މެޗުގެ ފުރަތަމަ 11 އިން ޖާގަ ނުދިނުމުން

ލީވާން އަލީ
ލީވާން އަލީ | 9 އޮކްޓޯބަރު 2017 | ހޯމަ 11:29
ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) (ކ) އަދި އިސްމާއިލް އީސާ (މެސީ) (ވ)

ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) (ކ) އަދި އިސްމާއިލް އީސާ (މެސީ) (ވ)

ގައުމީ ޓީމުން ދެން އިސްމާއިލް އީސާ (މެސީ) އަށް ފުރުސަތެއް ނުދޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ.

އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެ އަދި އޮމާން ބައްދަލުކުރާ މެޗުގެ ކުރިން ހޯމަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ މެސީ އަށް ގައުމީ ޓީމުން ދެން ފުރުސަތު ނުދޭނެ ކަމަށާއި، އެއީ އޭނާގެ ނިންމުން ކަމަށެވެ.

ކޯޗު ބުނީ މެސީއާ ބެހޭ ގޮތުން އިތުރަށް ވާހަކަދައްކަން ބޭނުންނުވާ ކަމަށާއި، އޭނާ ޓީމުން ބާކީކުރި ސަބަބު އަމިއްލައަށް ގުޅާ އަހާލުން ރަނގަޅުވާނެ ކަމަށެވެ.

"އަހަރެން ކޯޗަކަށް ހުރެ ދެން މެސީ ޓީމަށް ނުނަގާނަން. ސަބަބުން މެސީއަށް ގުޅާފައި އަހާ. އަހަރެން އިތުރަށް މެސީއާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުމެއް ނޫން،" މެސީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ކޯޗު ބުނިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެސީ ޓީމުން ބާކީކުރީ ގައުމީ ޓީމުގެ ފަރިތަކުރުން ކުރިޔަށްދަނިކޮށް، އޭނާ ކޯޗާ މެދު ހިތްހަމަނުޖެހިގެން އަމިއްލައަށް ދަނޑުން ފައިބައިގެންދިޔުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޗާ މެދު މެސީ ހިތްހަމަނުޖެހުނީ އޮމާން މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ދޭނެ ކަމަށް ކުރިން ބުނެފައި އެ ހިޔާލު ބަދަލުކުރުމުންނެވެ.

މި ސީޒަނުގައި މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު މެސީ ވަނީ ދިވެހި ޕްރިމިއާ ލީގަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެފައެވެ. އޭނާ އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މާލޭ ލީގުގައި ވިކްޓްރީ އަށް މޮޅު ކުޅުމެއް ދައްކާ، މުހިންމު ލަނޑުތަކެއް ވެސް ކާމިޔާބުކޮށްދީފައެވެ.

މެސީ އަންނަނީ ފަހަކަށް އައިސް ގައުމީ ޓީމުން ބަރާބަރަށް ފުރުސަތު ހޯދަމުންނެވެ. އެގޮތުން ކޯޗު އޭނާ އަށް ގިނަ މެޗުގައި ފުރަތަމަ އެގާރައިން ވެސް ވަނީ ފުރުސަތު ދީފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު