Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ-އެމެރިކާގެ ގުޅުން

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

އެމެރިކާއިން އަލުން ސައުދީއަށް ހަތިޔާރު ވިއްކަން ފެށުމަށް ދަނީ ވިސްނަމުން

ރާއްޖެ އެމްވީ | 28 އެޕްރީލު 2017 | ހުކުރު 15:07
ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ކުރައުން ޕްރިންސް މުހައްމަދު ރައީސް ޓްރަމްޕްއާ ވައިޓްހައުސްގައި ބައްދަލު ކުރައްވަނީ

ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ކުރައުން ޕްރިންސް މުހައްމަދު ރައީސް ޓްރަމްޕްއާ ވައިޓްހައުސްގައި ބައްދަލު ކުރައްވަނީ

ސައުދީ އަރަބިއްޔާގެ ހިމާޔަތުގައި އެމެރިކާއިން ކުރާ ޚަރަދާއި ކޮށްދޭ މަސައްކަތުގެ ބަދަލު ހަމަހަމަ ގޮތެއްގައި އެމެރިކާއަށް އެ ގައުމުން ލިބެމުން ނުދާކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ސައުދީ އަރަބިއްޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ.

ބުދަ ދުވަހު ރޮއިޓާސް ނިއުސް އޭޖެންސީއަށް ޓަރަމްޕް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ދިފާއުގައި އެމެރިކާއިން ބޮޑު ޚަރަދެއް ކުރާ ކަމަށާއި، ނަމަވެސް އެއާ ހަމަހަމަ ގޮތެއްގައި ސައުދީ އިން އެމެރިކާއަށް ކަންތައްތައް ކޮށް ދެމުން ނުދާ ކަމަށެވެ.

ރައީސް ޓްރަމްޕްވަނީ އޭނާގެ ރިޔާސީ ކެމްޕޭންގައިވެސް ސައުދީ އަރަބިއްޔާގެ ދިފާއުގައި އެމެރިކާއިން ކުރާ ބޮޑު ހޭދައަށް ހިތްޕުޅު ހަމަނުޖެހުން ފާޅު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ސައުދީ އަރަބިއްޔާއަކީ އަހަރެމެން ހިމާޔަތްދީ ބަލަހައްޓާ ގައުމެއް. އެއްވެސް މީހަކަށް ސައުދީ އަރަބިއްޔާއަކާ ސަކަރާތެއް ނުޖެހޭނެ، އަހަރެމެން މިތިބީ ސައުދީ އަރަބިއްޔާއަށް ވާނުވާ ބަލަން" މީގެ އަހަރެއްހާ ދުވަސް ކުރިން ވިސްކޯސިންގައި އޮތް ކެމްޕޭން ރެލީއެއްގައި ވާހަކަ ފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އޭރު ޓްރަމްޕްގެ ވާހަކަފުޅު ހުރި ގޮތައް ބަލާއިރު، ސައުދީ އަރަބިއްޔާއަށް ހިމާޔަތް ދިނުމަށް އެމެރިކާއިން ކުރާ މަސައްކަތް ހުއްޓާލުމަށް ބޭނުން ފުޅުވާކަން ދޭހަވެއެވެ. ސައުދީ އަށް އެމެރިކާގެ ޝައުގުވެރިކަން ކުޑަވަނީ، ބޭރުން އެތެރެ ކުރާ ތެލަށް އެމެރިކާ ބަރޯސާވުން ކުޑަވަމުން ދިޔުންކަން ފާހަގަ ކުރެވެއެވެ.

ރައީސް ކަމުގެ މަގާމަށް ހަވާލުވެ ވަޑައިގަތް ފަހުން ކެމްޕޭންގައި ޓްރަމްޕް ސައުދީ އާ މެދު ގެންގުޅުއްވި ހަރުކަށި ރާގު ބަދަލުވަމުން ދިޔަކަން ފާހަގަ ކުރެވެއެވެ.

ހުސްވި މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންވަނީ ރައީސް ޓްރަމްޕްއާ ވައިޓް ހައުސްގައި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމަކީ، އޮބާމާގެ ވެރިކަމުގައި ސައުދީ އެމެރިކާގެ ގުޅުން ހީނަރުވެފައި އޮތް އޮތުން ވަރުގަދަ ކުރެއްވުމުގެ ބައްދަލުވުމެއް ކަމަށްވެސް މީޑިއާ ރިޕޯޓުތަކުގައިވެއެވެ. މެދުއިރުމަތީގެ އިސް މަސްއޫލު ވެރިޔަކާ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޓްރަމްޕް ބޭއްވެވި ފުރަތަމަ ބައްދަލުވުމަކީ ސައުދީ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު އާ އެކު ބޭއްވެވި މި ބައްދަލުވުންކަން ފާހަގަ ކުރެވެއެވެ. މިބައްދަލުވުމުގައި މެދު އިރުމައްޗަށް އީރާނުގެ ފަރާތުން އޮތް ނުރައްކަލުގެ މައްޗަށްވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ޓްރަމްގެ ސަރުކާރުންވަނީ، ސައުދީ އަރަބިއްޔާއަށާއި އިޒްރޭލަށް މޭމަހުގެ ތެރޭގައި ރައީސް ޓްރަމްޕް ދަތުރުފުޅެއް ކުރެއްވުމަށް ރާއްވަވަމުން ގެންދަވާ ކަން ހާމަ ކޮށްފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސް ވަނީ މިމަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވާ ސައުދީ އޮފިޝަލުންނާ ބައްދަލު ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކަން އަލުން ފެށުމަށް ވިސްނަމުންދާ ކަމަށްވެސް ވޮޝިންގޓަނުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު