Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޕެއިން

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވި މީހުން ބުނާ ގޮތުން މުޒާހަރާގައި 300،000 މީހުން ބައިވެރިވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 20 ފެބުރުއަރީ 2017 | ހޯމަ 15:31
ބާސެލޯނާގައި މުޒާހަރާ ކުރަނީ

ބާސެލޯނާގައި މުޒާހަރާ ކުރަނީ

ހަނގުރާމައިގެ ސަބަބުން ރައްޔިތުން ނިކަމެތިވެފައިވާ ގައުމުތަކުން އަންނަ އެތައް ހާސް ރެފިއުޖީން ބަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާކޮށްފިއެވެ.

ސްޕެއިންގެ ބާސެލޯނާގައި ރެފިއުޖީން ބަލައިގަތުމަށް ގޮޮވާލާ 160،000 މީހުން މުޒާހަރާކުރި ކަމަށް ފުލުހުން ބުނާއިރު މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވި މީހުން ބުނާ ގޮތުން މުޒާހަރާގައި 300،000 މިހުން ބައިވެރިވިއެވެ.

ބާސެލޯނާގެ މޭޔަރު އަޑާ ކޮލައޫ ވެސް މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރެފިއުޖީން އެނބުރި ގައުމަށް ފޮނުވާލުމާ ދެކޮޅަށް ކެމްޕެއިން ކުރާ އެކްޓިވިސްޓެއްގެ ގޮތުގައި ކުރިން އުޅުއްވި އަޑާ ކޮލައޫއަކީ ސްޕެއިންގެ ސަރުކާރުން، ރެފިއުޖީންނަށް ޖާގަ ދިނުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ފަރާތެކެވެ.

ސެޕްޓެމްބަރު 2015ގައި ސްޕެއިންގެ ސަރުކާރުން ވަނީ ދެ އަހަރުގެ ތެރޭގައި 17،337 ރެފިއުޖީން ބަލައިގަންނާނެ ކަމަށް ބުނެފައެވެ. އެއީ އިޓަލީ އާއި ގްރީސްގެ ކޭމްޕްތަކުން 15،888 ރެފިއުޖީންނާއި ތުރުކީ އާއި ލީބިޔާއިން 1،449 ރެފިއުޖީންނެވެ.

ސްޕެއިންގެ ސަރުކާރުން އެގައުމަށް އެތެރެވުމަށް 17،000 ރެފިއުޖީއަކަށް ފުރުސަތު ދޭނެ ކަމަށް ވައުދުވެފައި ވީ ނަމަވެސް ފުރުސަތު ދީފައި ވަނީ 1،100 މީހުންނަށެވެ. ބުރާސްފަތި ދުވަހު ސްޕެއިނުން ވަނީ 66 ރެފިއުޖީން ބަލައިގަނެފައެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި

30 އެޕްރީލު 2017
ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު