Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރްޑީސީގެ ޕްރޮކިއުމެންޓް އޮޑިޓް ރިޕޯޓް

އޮޑިޓް ރިޕޯޓާއިއެކު އެމްއާރްޑީސީގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެ

22 ޑިސެމްބަރު 2020 | އަންގާރަ 14:50

އޮޑިޓް ރިޕޯޓް އާންމުކޮށްފައި ވަނީ ޑިސެމްބަރ 17 ގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 ޑިސެމްބަރު 2020 | އަންގާރަ 14:50
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްސް އޮފީހުން އާންމުކޮށްފައިވާ އެމްއާރްޑީސީގެ ޕްރޮކިއުމެންޓާއި ގުޅޭ ހާއްސަ ރިޕޯޓްގައި އޮޑިޓް އޮފީހުން ވަނީ 14 މައްސަލައެއް ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން ހަތަރު ރަށެއްގެ މަގު ހެދުމަށް ކުއްޔަށް ހިފައިގެން އެމްއާރްޑީސީ އިން އެ ރަށްތަކަށް ގެންދިޔަ ވެހިކަލްތަކުގެ ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވުމުގެ ސަބަބުން އެ ވެހިކަލްތަކުގެ ބޭނުން ނުކޮށް ހުރި ދުވަސްތަކުގެ ކުއްޔަށް 5.53 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓްކޮށްވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއާރްޑީސީ އިން ވަނީ އެކުންފުންޏަށް 5,000 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް އެ މަސައްކަތާ ހަވާލުވި ކުންފުންޏާއެކު ހެދި އެއްބަސްވުމުގައި މަސައްކަތުގެ އަގު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް އަދި މުދަލާއި ޚިދުމަތް ހޯދުމުގައި އެމްއާރްޑީސީ އިން އޭރު ޢަމަލުކުރަމުން އައި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް، ސިމެންތި ސަޕްލައި ކުރުމުގެ ކުރިން އެޑްވާންސްކޮށް މަސައްކަތާ ހަވާލުވި ކުންފުންޏަށް އެއްބަސްވުމުގެ ޖުމުލަ އަގަށްވާ 10,058,340 ރުފިޔާ ދީފައެވެ. އަދި ސިމެންތި ސަޕްލައިކޮށްދިނުން ލަސްވި ދުވަސްތަކަށް ޖޫރިމަނާގެ ގޮތުގައި އެއްބަސްވުމުގެ ޖުމްލަ އަގުން އުނިކުރަންޖެހޭ އެއް މިލިޔަން ރުފިޔާ މަސައްކަތާ ހަވާލުވި ކުންފުންޏަށް އެޑްވާންސްކޮށް ދިން ފައިސާގެ ތެރެއިން އަނބުރާ ހޯދާފައިނުވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، އެ ކުންފުނިން ސަޕްލައިކޮށްދިން ސިމެންތި ބަސްތާތަކުގެ ތެރެއިން ހަލާކުވެފައިވާ ސިމެންތި ބަސްތާތަކުގެ ބަދަލު ހޯދާފައިނުވާކަމަށްވެސް ރިޕޯޓްގައި ބުނެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން އެމްއާރްޑީސީގެ ބޭނުމަށް 200 ޓަނުގެ ލޭންޑިންގ ކްރާފްޓެއް ގަތުމަށް 8 އޮކްޓޫބަރު 2014 ގައި އަމިއްލަ ކުންފުންޏަކާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި އެ އެއްބަސްވުމުގެ ޖުމުލަ އަގުގެ 50 އިންސައްތައަށްވާ 7,494,200 ރުފިޔާ ދީފައިވާއިރު އެ ފައިސާގެ ތެރެއިން 5,245,940 ރުފިޔާ ދީފައިވަނީ މުދަލާއި ޚިދުމަތް ހޯދުމުގައި އެމްއާރްޑީސީ އިން ޢަމަލުކުރަމުން އައި ގަވާއިދުގައި މަސައްކަތާ ހަވާލުވާ ފަރާތަށް އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރަށްކަން އޮޑިޓް އޮފީހަށް ވަނީ ފާހަގަކުރެވިފައެވެ.

ލޭންޑިންގ ކްރާފްޓް ސަޕްލައިކުރުމުގެ މަސައްކަތާ ހަވާލުވި ކުންފުނިން އެމްއާރްޑީސީ އާ ހަވާލުކުރަން މަސައްކަތްކުރި ލޭންޑިންގ ކްރާފްޓަކީ އެއްބަސްވުމުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން އަށް ފެތޭ އުޅަނދެއްކަމަށް އެމްއާރްޑީސީ އިން ނުދެކޭތީ އެ އުޅަނދާ އެމްއާރްޑީސީ އިން ހަވާލުނުވާ އެއްބަސްވުން އުވާލާފައިވާއިރު ލޭންޑިންގ ކްރާފްޓް ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި 11 ފެބްރުއަރީ 2009 ދެއްކި 7,494,200 ރުފިޔާ އެމްއާރްޑީސީ އަށް އަނބުރާ ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ރިޕޯޓްގައި ވަނީ އެމްއާރްޑީސީ އިން ލޭންޑިންގ ކްރާފްޓެއް ގަތުމަށް ނިންމާފައިވަނީ އެ ކުންފުނިން އެކި ރަށްރަށުގައި ހިންގަމުން ގެންދިޔަ މަޝްރޫޢުތަކުގައި ބޭނުންކުރުމަށް މުދަލާއި ވެހިކަލްތައް އުފުލުމަށް ގިނަ އަދަދެއްގެ ދަތުރުތަށް ލޭންޑިންގ ކްރާފްޓް ކުއްޔަށް ހިފައިގެން ކުރަން ޖެހުމުން ޚަރަދުތައް ކުޑަކުރުމުގެ ބޭނުމުގައިކަމަށްވީ ނަމަވެސް އެމްއާރްޑީސީ އިން ގަތުމަށް ނިންމި ލޭންޑިންގ ކްރާފްޓް އެއްބަސްވުމުގައިވާ ތާރީޚަށް ނުލިބުމުން އޭގެ ފަހުން ކުރަމުން ދިޔަ ދަތުރުތައްވެސް، އަމިއްލަ ފަރާތްތަކުގެ ލޭންޑިންގ ކްރާފްޓް ކުއްޔަށް ހިފައިގެން ކުރަންޖެހުމުން، ލޭންޑިންގ ކްރާފްޓެއް ގަތުމަށް ފައިސާ ޚަރަދު ކުރިމަޤްޞަދު ހާސިލްވެފައި ނުވާކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެމްއާރްޑީސީ އަށް އިންޓަރ ލޮކިންގ ޒިގްޒެގް ގައު ސަޕްލައިކޮށްދިނުމުގެ މަސައްކަތާ ހަވާލުވި ކުންފުންޏާއެކު އެމްއާރްޑީސީ އިން ހެދި އެއްބަސްވުމުގައި މަސައްކަތާ ހަވާލުވާ ފަރާތުން މަސައްކަތް ނިންމުމަށްފަހު އިންވޮއިސް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ އިންވޮއިސް އަށް ފައިސާ ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ފައިސާ ދެއްކުން ލަސްވާ ދުވަސްތަކަށް ޖޫރިމަނާ ނެގުމަށާއި އަދި ޖޫރިމަނާ ނަގާނެ ވަކި މިންވަރެއް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާއިރު، މަސައްކަތާ ހަވާލުވި ކުންފުނިން ހުށަހެޅި 5,056,200 އިންވޮއިސްއަށް ފައިސާ ދެއްކުން ލަސްވި 48 ދުވަހުގެ ޖޫރިމަނާގެ ގޮތުގައި ފައިސާ ހޯދުމަށް އެ ކުންފުނިން ހުށަހެޅުމުން މަސައްކަތް ލަސްވި ދުވަސްތަކުގެ ޖޫރިމަނާގެ ގޮތުގައި 2.29 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

ހަމައެއާއި އެކު އެމްއާރްޑީސީގެ އަށް 3 ޓަނުގެ 3 ފޯކްލިފްޓް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާއި އެމްއާރްޑީސީ އާ ދެމެދު ހެދި އެއްބަސްވުމާ އެއްގޮތަށް އެ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް އެމްއާރްޑީސީ އަށް ސަޕްލައިކޮށްދީފައި ނުވުމުން މަސައްކަތް ލަސްވުމުގެ އަގުގެ ގޮތުގައި އެއްބަސްވުމުގެ ޖުމުލަ އަގުން ޖޫރިމަނާ ފައިސާގެ ގޮތުގައި ކަނޑަންޖެހޭ 50,657 ރުފިޔާ ނުކަނޑައި މަސައްކަތާ ހަވާލުވި ކުންފުންޏަށް ފައިސާ ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއާރްޑީސީ އިން ސަބްކޮންޓްރެކްޓް އުސޫލުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރުވާފައިވާ މަސައްކަތްތަކުގެ ތެރެއިން 7.12 މިލިޔަން ރުފިޔާގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރުވާފައިވަނީ ހަމައެކަނި އެންމެ ފަރާތަކުން އަގު ހޯދައިގެން އެ މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް ޢާންމުކޮށް އިޢުލާން ނުކޮށެވެ.

ހދ. ހަނިމާދޫ ދަންޑެހެލު ހިނގުން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް 1.2 މިލިޔަން ޑޮލަރަށް ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އިތުރު އެހެން ފަރާތްތައް ތިބިތޯ ބެލުމަށް ޢާންމުކޮށް އިއުލާނު ނުކޮށް ކަމަށް ރިޕޯޓުގައިވާއިރު، މި މަސައްކަތާއި ގުޅޭ އިތުރު ގިނަ މައްސަލަތަކެއް ހުރިކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ހަތް ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ސަބްކޮންޓްރެކްޓް އުސޫލުން އެމްއާރްޑީސީ އިން އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ އަގަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްއާރްޑީސީ އާ އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އަގަށްވުރެ ބޮޑު އަގަކަށް ކަށްވުމުން އެ މަޝްރޫއުގެ މަސައްކަތްތައް އެހެން ކުންފުންޏަކާ ސަބްކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވަނީ 1.65 މިލިޔަން ރުފިޔާގެ ގެއްލުމުގައިކަމަށް ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައިވާ ގޮތުން ލ.ފޮނަދޫގައި 4.3 ކިލޯ މީޓަރުގެ މަގު ހެދުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އެމްއާރްޑީސީ އާ ހަވާލުކުރި މަޝްރޫޢުގެ މަސައްކަތް 16 ސެޕްޓެމްބަރު 2014 ވަނަ ދުވަހު ރާއްޖެއިން ބޭރުގެ އަމިއްލަ ކުންފުންޏަކާ ސަބްކޮންޓްރެކްޓް އުސޫލުން 41.81 މިލިޔަން ރުފިޔާ އަށް، މަސައްކަތް ހަވާލުކުރާތާ 5 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް ނިންމަންޖެހޭ މުއްދަތަށްވުރެ އިތުރަށް 21 މަސް ދުވަސް ފާއިތުވެ އެމްއާރްޑީސީ އަށް ގެއްލުންތަކެއް ލިބިފައި ވީނަވެސް މަސައްކަތް ލަސްވުމުގެ އަގު މަސައްކަތާ ހަވާލުވި ކުންފުނިން ހޯދުމާއި އެ ކުންފުނި ޒިންމާކުރުވުމުގެ ފުރުޞަތު ގެއްލިގެން ގޮސްފައިވަނީ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ހަރުދަނާ އުސޫލަކުން މޮނިޓަރ ކުރަމުން ގޮސްފައިނުވުމުންނާއި މަޝްރޫޢުގެ މަސައްކަތަށް އެމްއާރްޑީސީ އިން ފޯރުކޮށްދޭންޖެހޭ ތަކެތި ފޯރުކޮށް ދިނުން ލަސްވުމުންނެވެ.

އޮޑިޓަރ ޖެނެރަލްސް އޮފީހުން ނެރުނު މި ރިޕޯޓުގައި ހަ ރަށެއްގެ ޖެޓީ ހެދުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްއާރްޑީސީ އާ ހަވާލުކުރި މަސައްކަތްތައް 18 މެއި 2017 ގައި ސަބްކޮންޓްރެކްޓް އުސޫލުން އެމްއާރްޑީސީ އިން އަމިއްލަ އެހެން ކުންފުންޏަކާއި ހަވާލުކޮށްފައިވީ ނަމަވެސް އެ މުއްދަތު 15 ސެޕްޓެންބަރު 2017 ގެ ނިޔަލަށް ހަމަވިއިރު މަސައްކަތް ނުނިމި ހުއްޓުމަކަށް އައިސްފައިވާކަމާއި 2019 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް މުޅިއެކު ނިމިފައިވަނީ ހަމައެކަނި 2 ރަށެއްގެ ޖެޓީހެދުމުގެ މަސައްކަތް ނަމަވެސް މި މަސައްކަތާ ހަވާލުވި ކުންފުންޏަށް މުޅި މަސައްކަތުގެ ޖުމުލަ އަގުގެ 67 އިންސައްތަ ފައިސާދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް