Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2017 | އާދީއްތަ 22:03
ފޮރިން މިނިސްޓަރު އާސިމް

ފޮރިން މިނިސްޓަރު އާސިމް

ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ މިޝަންތައް ހިންގުމަށް އިމާރާތްތައް ކުއްޔަށް ހިފާއިރު ސެކިޔުރިޓީ ޑިޕޮސިޓްގެ ގޮތުގައި ފައިސާ ނަގާ ކަމަށާއި އަދި އެ ފައިސާ އަކީ އަނބުރާ މިނިސްޓްރީ އަށް ލިބެން ޖެހޭ ފައިސާ ކަމަށްވާއިރު އެ ފައިސާގެ ހިސާބު ކަށަވަރު ނުވާ ކަމަށް އޮޑިޓަ ޖެނަރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

އޮޑިޓަ ޖެނަރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ ނެރެފައިވާ ފޮރިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީގެ މާލީ ބަޔާންތަކުގައި ހިމެނޭ މިލްކިއްޔާތު ބަޔާނުގައި އަހަރު ނިމުނުއިރު ސެކިޔުރިޓީ ޑިޕޮސިޓާއި އެޑްވާންސްގެ ގޮތުގައި އަނބުރާ ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައިވާ 4،106،477 (ހަތަރު މިލިޔަން އެއް ސަތޭކަ ހަ ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާއަކީ ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ 15 މިޝަންގެ ތެެރެއިން ހަމައެކަނި 12 މިޝަނުން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހިމަނާފައިވާ އަދަދެއް ކަމަށެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ބާކީ ހުރި ތިން މިޝަނުން ސެކިޔުރިޓީ ޑިޕޮޒިޓާއި އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވާފައި ނުވާ ކަމަށެވެ. މިހެންވުމުގެ ސަބަބުން މިނިސްޓްރީގެ މާލީ ބަޔާންތަކުގައި ހިމެނޭ މިލްކިއްޔާތުގެ ބަޔާނުގައި އަހަރު ނިމުނުއިރު ސެކިޔުރިޓީ ޑިޕޮސިޓާއި އެޑްވާންސްގެ ގޮތުގައި ބަހައްޓާފައިވާ ކަމަށް ރެކޯޑް ކޮށްފައިވާ އަދަދަކީ ސައްހަ އަދަދުކަން ކަށަވަރު ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ،

ދައުލަތުގެ މާލީއްޔަތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ މަސައްކަތެއް ކުރުމަށް އެއްވެސް ފަރާތަކާއި ހަވާލު ކުރަން ވަނީ އެ މަސައްކަތެއް ކުރުވުމާ ބެހޭ ގޮތުން އެއްބަސްވުމެއްގައި ދެފަރާތުން ސޮއި ކުރުމަށް ފަހުގައި ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް މި ގަވާއިދުތަކާ ހިލާފަށް ފޮރިން މިނިސްޓްރީން ކުރުވާފައިވާ 25،000 ރުފިޔާ އިން ދަށުގެ މަސައްކަތްތައް ކުރުވާފައި ވަނީ އެއްބަސްވުމެއް ނެތި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތުން 964،468 (ނުވަސަތޭކަ ފަސްދޮޅަސް ހަތަރު ހާސް ހަތަރުސަތޭކަ ފަސްދޮޅަސް އަށެއް) ރުފިޔާގެ މަސައްކަތް އެއބަސްވުމެއް ނެތި ކުރުވާފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ފޮރިންމިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ މިޝަންތަކުގެ ތެރެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން އާއި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަދި ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެންބެސީގައި ހަރުމުދަލުގެ ރަޖިސްޓްރީ ދައުލަތުގެ މާލީއްޔަތު ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ބަލަހައްޓާފައެއް ނުވެއެވެ، އެގޮތުން މުދަލުގެ އަގާއި މުދާ ލިބުނު ތާރީޙް އަދި މުދަލުގެ މޮޑެލް ނަންބަރާއި ސީރިއަލް ނަންބަރު ގަވާއިދާ އެއްގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވުމުން މާލީ ބަޔާންތަކުގައި ހިމެނޭ މިލްކީއްޔާތުގެ ބަޔާނުގައި 2014 ވަނަ އަހަރު ނިމުނުއިއިރު ހުރި ހަރަދުގެ އަގުގެ ގޮތުގައި ހިމަނާފައިވާ 20،2007،371 (ވިހިމިލިޔަން ދުވިސްތަ ހަތަރު ހާސް ތިންސަތޭކަ ހަތްދިހަ އެކެއް) ރުފިޔާގެ ސައްހަކަން ކަޝްވަރު ވެފައި ނުވާކަން ފާހަަގަ ކޮށްފައިވެއެވެ،

ކޮމެންޓް

އިތުރަށް ކިޔާލަން

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު