Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން ގަތަރަށް ލިބުން

ހޯމަ ދުވަހު ގަތަރަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް ލިބޭނެ

20 ޑިސެމްބަރު 2020 | އާދީއްތަ 15:47

އެންމެ ފުރަތަމަ ވެކްސިން ލިބޭނީ ބޮޑެތި ބަލިތައް ހުންނަ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ޑިސެމްބަރު 2020 | އާދީއްތަ 15:47
ކޮވިޑް-19 ވެކްސިންގެ ސާމްޕަލެއް

ކޮވިޑް-19 ވެކްސިންގެ ސާމްޕަލެއް

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް ހޯމަ ދުވަހު އެގައުމަށް ލިބޭނެކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިޚް ޚާލިދު ބިން ޚަލީފާ ބިން އަބްދުލްއަޒީޒު އަލް ޘާނީ ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރައްވަމުން ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަތަރުގެ އަމީރުގެ ސީދާ އިރުޝާދުގެ ދަށުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ހޯމަ ދުވަހު ގަތަރަށް އަންނާނެއެވެ. އަދި އެކުލަވާލާފައިވާ ސްޓޭންޑަރޑާއި އެއްގޮތްވާ ގޮތުގެމަތިން ވެކްސިން ދޭންޖެހޭ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރުމަށް ސިއްހީ މަސައްކަތްތެރިންނަށް އަންގާފައިވާކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

"މިއީ ޕެންޑަމިކް ނިމުމަކަށް ގެނެސް އާންމު ދިރިއުޅުމަށް ރުޖޫޢުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް." ބޮޑުވަޒީރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ވެކްސިން ދިނުމުގެ ކެމްޕެއިން ފަށާނެ ތާރީޚެއް އަދި ސާފެއްނުވެއެވެ.

މިނިސްޓަރ އޮފް ޕަބްލިކް ހެލްތުގެ އެޑްވައިޒަރ ކޮންސަލްޓަންޓް އަބްދުލް ވައްހާބު އަލް މޫސަލް މިދިޔަ ހަފްތާގައި މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ވެކްސިން ލިބޭނީ ބޮޑެތި ބަލިތައް ހުންނަ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށްކަމަށެވެ. ގަތަރަށް ގެންނަނީ ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިނެވެ.

ހޮނިހިރު ދުވަހު ގަތަރުން 142 މީހުންނަށް ވައިރަސް ޖެހިފައިވާއިރު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 141،858ށް އަރާފައެވެ. އަދި 243 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް އައިއިރު ބަލިޖެހިފައިވާ މީހުންގެ ތެރެއިން 139،521 މީހުން ވަނީ އެބަލިން ރަނގަޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް