Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޑޮނަލްޑް ޓްރަމްޕް

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

ފުރަތަަަމަ ވަޑައިގަންނަވާނީ ސައުދީ އަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 19 މެއި 2017 | ހުކުރު 08:56
ރައީސް ޓްރަމްޕް އަދި ސައުދީ ޑެޕިއުޓީ ކްރައުން ޕްރިންސް މާޗްގައި ވައިޓް ހައުސް ގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސް ޓްރަމްޕް އަދި ސައުދީ ޑެޕިއުޓީ ކްރައުން ޕްރިންސް މާޗްގައި ވައިޓް ހައުސް ގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

ވެރިކަމަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވާނެއެވެ.

ގައުމުން ބޭރަށް ރައީސް ޓްރަމްޕް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވާއިރު، ފުރަތަމަ ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާ އަށެވެ. އަށް ދުވަހުގެ މި ދަތުރުފުޅުގައި އިޒްރޭލް، އިޓަލީ އަދި ބެލްޖިއަމް އަށް ވެސް ވަޑައިގަންނަވާނެއެވެ.

ގައުމުން ބޭރަށް ކުރައްވާ މިދަތުރުފުޅުގައި ރައީސް ޓްރަމްޕާއެކު ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރައީސް ޓްރަމްޕް ގެ އަނބިކަނަބަލުން މެލަނިއާ ޓްރަމްޕާއި، ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒާ އެޗް.އާރް. މެކްމާސްޓާ އާއި، ސެކްރެޓަރީ އޮފް ސްޓޭޭޓް ރެކްސް ޓިލާސަން އާއި، ސެކްރެޓަރީ އޮފް ޑިފެންސް ޖޭމްސް މެޓިސް އާއި، ދަރިކަނަބަލުން އިވަންކާ ޓްރަމްޕާއި އެކަމަނާގެ ފިރިކަލުން ޖެރެޑް ކުޝްނާ ހިމެނިވަޑައިގަންނަވައެވެ.

ރިޕޯޓުަތައް ބުނާގޮތުން ސައުދީ އަށް ރައީސް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގެ ސަބަބުން، އަރަބި ދުނިޔޭގައިވާ އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ ސައުދީ އާ ދެމެދު، ކުޑަކޮށްނަމަވެސް ގޯސްވެފައިވާ ގުޅުން ބަދަހި ކުރެވޭނެއެވެ.

ރައީސް ޓްރަމްޕް ހޮނިހިރު ދުވަހު ސައުދީގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އޭގެތޭރޭގައި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދް އަދި ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އާ ބައްދަލު ކުރައްވާނެއެވެ.

ސައުދީން އެމެރިކާ އެހީއަށް ބޭނުންވާ ކަންކަން އެބަހުއްޓެވެ. އެއީ އިރާނާއި ދެކޮޅަށް މަސައްކަތް ކުރުމުގަޔާއި އަދި ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެމެރިކާގެ އެހީތެރިކަމެވެ.

ރައީސް ޓްރަަމްޕް ގައުމުން ބޭރަށް ދަތުރުފުޅުކުރައްވާއިރު އެތެރޭގެ ތަފާތު ފިއްތުންތަކާއި ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު