Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އާދީއްތަ ދުވަހުގެ މަޖިލިސް ޖަލްސާއަށް މުހިއްމު 8 ކޮމިޓީ ރިޕޯޓެއްގެ މަސައްކަތް އެޖެންޑާކޮށްފި

ތިން ވަނަ ދައުރު ވަނީ އިތުރުކޮށްފަ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 4 ޑިސެމްބަރު 2020 | ހުކުރު 14:01
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އާދީއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މުހިއްމު 8 ކޮމިޓީ ރިޕޯޓެއްގެ މަސައްކަތް އެޖެންޑާކޮށްފި އެވެ.

އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ކޮމިޓީތަކުން ހުށައަޅާ ކަންކަމުގެ ދަށުން 8 ރިޕޯޓެއްގެ މަސައްކަތް އެކަންޏެވެ.

Advertisement - newsAdvertisement

އެގޮތުން ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ލާމަރުކަޒީ ކޮމިޓީން ދިރާސާ ކޮށް ނިންމު ގޮތުގެ ރިޕޯޓު ހުށައެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މީގެއިތުރުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ދިރާސާ ކުރި ގިނަ ރިޕޯޓުތަކެއްގެ މަސައްކަތްވެސް ވަނީ އެޖެންޑާކޮށްފައެވެ. އެގޮތުން މ. އުޖާލާގެ ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިހުތިޖާޖް ކުރަމުންދިޔަ މައްސަލައާއި އާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށައެޅުމު މައްސަލަަތަކުގެ ތެރެއިން ކޮމިޓީން ބަލައިގަތް މައްސަލަތަކުގެ އިތުރުން ރ. މީދޫ ހުސްނުހީނާގެ އަހުމަދު އަނީސްއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓު ހިމެނެ އެވެ.

އަދި އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެދި ހުށައަޅާފައިވާ ޕެޓިޝަން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓުވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފައިވާއިރު، މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި މިއަހަރުގެ ތިން ވަނަ ދައުރުވެސް ވަނީ ޑިސެމްބަރު 7 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު