Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ އޭޕްރީލް 15 ދުވަސް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2017 | އާދީއްތަ 14:38
ހިރިޔާ ސްކޫލް

ހިރިޔާ ސްކޫލް

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރިން ނިންމި އޭޕްރީލް 8 ވަނަ ދުވަހު ހުރިހާ ސްކޫލުތަކުގައި ހަރަކާތެއް ބޭއްވުމަށް މާ ކުރިން ސުރެ ރޭވިފައިވާ ކަމަށާއި އެހެން ނަމަވެސް އެހަރަކާތަކީ ކޮބައިކަން އަދި އިއުލާނު ކުރުމަށް ހަމަޖެހިފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްދިނުމަށް އެދިފައިވަނީ ކީއްވެގެންތޯ ދެންނެވުމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުއް ސަމަދު ވިދާޅުވީ، އެޑިއުކޭޝަނުން އޭޕްރީލް 8 ވަނަ ދުވަހު ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތަކީ ރާއްޖޭގެ 1200 ސްކޫލުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށާއި އެހެން ނަމަވެސް އެއީ ކޮން ހަރަކާތެއް ކަމެއް އަދި ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝެރީނާ ވިދާޅުވީ، ސްކޫލުތަކުގައި ބާއްވާ އެފަދަ ހަރަކާތްތަކާ ގުޅޭ މައުލޫމާތުތައް ވަގުތު ޖެހުމުން ހާމަކުރާނެ ކަމަށާއި މިއީ ވަރަށް ދުރާލާ ރޭވިގެން ބޭއްވޭ ހަރަކާތެއް ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮން ހަރަކާތެއް ކަމަށް އެފަރާތުން ހާމަކޮށްފަ އެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ސްކޫލު އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުން އޭޕްރީލް މަހުގައި ތަފާތު ކުޅިވަރުތައް ވަނީ ރޭވިފައެވެ. އެގޮތުން ނެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމްކުރާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް މުބާރާތާއި ހޭންޑް ބޯލް މޯލްޑިވްސް އިން އިންތިޒާމްކުރާ އިންޓަރ ސްކޫލު ހޭންޑް ބޯލް ޓޯރނަމެންޓުގެ އިތުރުން މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަނާއި އެތްލެޓިކްސް އެސޯސިއޭޝަނުން ބާއްވާ ހަރަކާތްތަކެއްވަނީ 2017 ވަނަ އަހަރުގެ ސްކޫލުތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިދިއަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، އެ ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް މަހުގެ 8 ވަނަ ދުވަހަށް ތާވަލް ކުރި ނަމަވެސް އިންތިހާބު އޭޕްރީމް 15 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. މިގޮތަށް ފަސްކޮށްފައިވަނީ، އިންތިހާބު ބާއްވާ ދުވަހަކީ ސްކޫލުތަކުގައި ވަރަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ދުވަހަކަށް ވާތީ ފަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބީ މަސައްކަތްތަކުގައި އެންމެ ގިނައިން ބޭނުން ކުރާ ތަނަނީ ސްކޫލުތައް ކަމަށް ވާތީ 8 ވަނަ ދުވަހަށް ސްކޫލުތައް އެވެއިލެބެލް ނުވާ ކަމަށާއި އިންތިހާބުގެ ކަންކަން އެންމެ ފުރިހަމަ އަށް ބޭއްވޭނީ ފޮށިތައް ބެހެއްޓުމަށް ހަަމަޖެހިފައިވާ ސްކޫލުތައް ލިބޭނެ ދުވަހަކަށް ބަދަލުކޮށްގެން ކަން ގަބޫލުކުރާ ކަމަށްވެސް އަމްޖަދު ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކައުންސިލް އިންތިހާބް ދެ މަސް ދުވަސް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކޮށްފައިވަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދާ ދިނުމަށް ކަމަށް އެމްޑީޕީ އާއި ޕީޕީއެމްގެ މައުމޫން ޕެކްޝަނުންވެސް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު