Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޔޫރޮޕާ ލީގަށް ވެއްޓުމުގެ ބިރު ރެއާލަށް، އިންޓައަށް އުންމީދެއް

2 ޑިސެމްބަރު 2020 | ބުދަ 06:29

ރެއާލް އަތުން ޝަޚްތަރު މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޑިސެމްބަރު 2020 | ބުދަ 06:29
ޝަޚްތަރާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޝަޚްތަރު މޮޅުވީ 2-0 ން

ޝަޚްތަރާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޝަޚްތަރު މޮޅުވީ 2-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޝަޚްތަރު ޑޮނެސްކް އަތުން ބަލިވެ ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގަށް ވެއްޓުމުގެ ބިރާ ރެއާލް މެޑްރިޑް ކުރިމަތިލާން ޖެހުނުއިރު، ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު އިންޓަ މިލާނުން އާކޮށްފިއެވެ.

ގްރޫޕް ބީގައި ހިމެނޭ ކޮންމެ ޓީމެއްވެސް މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެއް މެޗެވެ. މި ގްރޫޕުގެ އެއްވަނައިގައި މި ވަގުތު މޮންޗެންގްލަޑްބަކް އޮތީ އަށް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޝަޚްތަރާއި ތިންވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އިންޓަ ހަތަރުވަނައިގައި އޮތީ ފަސް ޕޮއިންޓާއެކުއެވެ.

ޝަޚްތަރު އަތުން ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް ބަލިވީ 2-0 ންނެވެ. މި މެޗުން ރެއާލް ބަލިވިއިރު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައިވެސް ރެއާލް ވަނީ އަމިއްލަ ދަނޑުގައި 3-2 ން ޝަޚްތަރު އަތުން ބަލިވެފައެވެ.

ޝަޚްތަރުގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވި ނަމަވެސް، ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެންޓީނިއޯއެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޝަޚްތަރަށް ލީޑު ފުޅާކޮށްދިނީ މަނޯ ސަލޮމަނެވެ.

މީގެ އިތުރުން މޮންޗެންގްލަޑްބަކް 3-2 ން ބަލިކޮށް އިންޓަ ވަނީ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފައެވެ.

މޮންޗެންގްލަޑްބަކުގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި މަޓެއޯ ޑާމިއަންގެ ލަނޑުން އިންޓައިން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލެކްސަންޑަ ޕްލެއާ ވަނީ މޮންޗެންގްލަޑްބަކަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އެކަމަކު މެޗުގެ 64 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ އިންޓައަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިންއިރު، މެޗުގެ 73 ވަނަ މިނެޓުގައި ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހާ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޕްލެއާ ވަނީ ލަނޑެއް ޖަހާ މޮންޗެންގްލަޑްބަކަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި 83 ވަނަ މިނެޓުގައި ޕްލެއާ އިތުރު ލަނޑެއް ޖެހި ނަމަވެސް، މޮންޗެންގްލަޑްބަކުގެ ކުޅުންތެރިއަކު އޮފްސައިޑުގައު ހުރި ކަމަށް ނިންމާ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

ގްރޫޕް ބީން އަދި މިހާތަނަށް ޓީމެއް ދެވަނަ ބުރަށް ކޮލިފައިވެފައި ނުވާއިރު، އަންނަ ހަފުތާގައި ރެއާލް ނުކުންނާނީ އަމިއްލަ ދަނޑުގައި މޮންޗެންގްލަޑްބަކާ ދެކޮޅަށެވެ. އަދި އިންޓަ ނުކުންނާނީ ޝަޚްތަރާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
21 އެޕްރީލު 2017

ޔޫރޮޕާ ލީގް: އިތުރުވަގުތު ކުޅެ ރަޝްފޯޑް ލަނޑުން އަންޑަލެކްޓް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް

21 އެޕްރީލު 2017
ޔޫރޮޕާ ލީގް: އިތުރުވަގުތު ކުޅެ ރަޝްފޯޑް ލަނޑުން އަންޑަލެކްޓް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް
20 އެޕްރީލު 2017

ޔޫރޮޕާ ލީގް: ލިޔޯން އަދި ބެސިކްޓަސް ސަސްޕެންޑުކޮށް ޖޫރިމަނާ ކޮށްފި

20 އެޕްރީލު 2017
ޔޫރޮޕާ ލީގް: ލިޔޯން އަދި ބެސިކްޓަސް ސަސްޕެންޑުކޮށް ޖޫރިމަނާ ކޮށްފި
18 އެޕްރީލު 2017

34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ

18 އެޕްރީލު 2017
34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް