Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޮޕާ ލީގު

ޔޫރޮޕާ ލީގް: އިތުރުވަގުތު ކުޅެ ރަޝްފޯޑް ލަނޑުން އަންޑަލެކްޓް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް

އަންޑަލެކްޓް އަތުން ޔުނައިޓެޑް މޮޅުވީ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 21 އެޕްރީލު 2017 | ހުކުރު 10:56
އަންޑަލެކްޓް ކޮޅަށް ލަނޑު ޖެހުމަށްފަހު ރަޝްފޯޑް އުފާފާޅުކުރަނީ

އަންޑަލެކްޓް ކޮޅަށް ލަނޑު ޖެހުމަށްފަހު ރަޝްފޯޑް އުފާފާޅުކުރަނީ

ޔޫރޮޕާ ލީގުގައި އިތުރުވަގު ކުޅެ މާކަސް ރަޝްފޯޑް ކާމިޔާބުކުރި ލަނޑުން ބެލްޖިއަމްގެ އަންޑަލެކްޓް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު އަންޑަލެކްޓްއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ އިތުރުވަގުތު ކުޅެ 1-2 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ބައްދަލުކުރި ލެގު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މެޗުގައި އިތުރުވަގުތު ކުޅެން ޖެހުނީ ދެވަނަ ލެގުގެވެސް ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ގެ ނަތީޖާއިން އެއްވަރުވުމުން އެގްރިގޭޓް ނަތީޖާ 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ކާމިޔާބުކުރީ މިކިތާރްޔަން އެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބިފައެވެ. އަންޑަލެކްޓް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 32 ވަނަ މިނެޓުގައި ހަންނި ކާމިޔާބުކުރި ލަނޑުންނެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައިވާއިރު، އަންޑަލެކްޓްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް އަންޑަލެކްޓްގެ ވަރުގަދަ ޑިފެންސާއެކު ޔުނައިޓެޑަށް ވަނީ ލަނޑު ޖެހުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހިފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ދެޓީމު އެއްވަރުވެގެން ނިންމާލަންޖެހުނުއިރު، ނަތިޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓުގެ ދެހާފެވެ. އެގޮތުން އިތުރުވަގުތުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރަޝްފަޑްއެވެ. ރަޝްފަޑް ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު