Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ވައްކަމާއި ހިޔާނާތަކީ، އެކަން ކުރަން މީހުން ބިރުގަންނަ ވަރު ކަމަކަށް ހަދާނަން: ޕީޖީ ޝަމީމު

8 ނޮވެމްބަރު 2020 | އާދީއްތަ 09:46

ކުޑަކުދިންނާމެދު ޖިންސީ އަމަލެއް، ޖިންސީ ގޯނާއެއް ކުރުމަށްފަހު، ސަލާމަތްވެގެން ނުހުރެވޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ނޮވެމްބަރު 2020 | އާދީއްތަ 09:46
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު: ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު: ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ

ރާއްޖޭގައި ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަންކަމަކީ މީހުން ބިރުގަންނަ ވަރުގެ ކަންކަމަށް ހަދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޕީޖީ ޝަމީމް ވިދާޅުވީ، ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި، އެކަންކަމަކީ އެކަންކުރާ މީހުން ބިރު ގަންނަ ވަރުގެ ކަމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

Advertisement - newsAdvertisement

ވައްކަމުގެ މައްސަލަތަކަކީ ވެސް ޖިންސީ ގޯނާ އާއި، ފުރައްސާރައިގެ މައްސަލަތަކުގައި އަދަބު ލިބޭ ފަދައިން، އަދަބު ދެވޭނެ ކުށަކަށް ހަދާ، ވައްކަންކޮށްފި ނަމަ ހައްގު އަދަބު ލިބޭނެކަން އެކަން ކުރާ މީހުންނަށާއި މުޅި މުޖުތަމައަށް ވިސްނައިދެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޕީޖީ ވިިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ނުކުރާވަރަށް ވައްކަމުގެ މައްސަލަތަކުގައި ދައުވާކޮށް އެ މައްސަލަތައް ސާބިތު ކުރެވިގެން ދާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާއި ގުޅިގެން ޕީޖީ ޝަމީމު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ހާނިއްކައެއް ދީފައި ސަލާމަތް ވެގެން ރީތިކޮށް ނޫޅެވޭނެ ކަމާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ދައުވާކޮށް، އަދަބު ވެސް ދެވޭނެކަން އަދި ޖަލަށް ވެސް ލާނެކަން މިހާރު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

އެގޮތުން އެފަދަ ވަރުގަދަ މެސެޖެއް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް ވެސް ދޭންޖެހޭ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން އެއްކޮށް ނައްތާލުމަށް ޕީޖީ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މި ވަގުތަށް ބޭނުންވާ ބައެއް ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

ޕީޖީ ޝަމީމު ވިދާޅުވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު އިދާރާތަކުން ލިބޭހާ އަވަހަކަށް ދައުވާ ކުރަން ފޮނުވާނެ ކަމަށާއި، މިހާރު ވެސް ޝަރުއީ ކޯޓުތަކުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ވައްކަމާއި ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ކުރިއަށްދާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ބަލަމުންދާ މައްސަލައެއް ކަން ފާހަގަކުރެއްވިއެވެ.

އޮޑިޓް ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ހިޔާނާތް 1.23 ބިލިއަން ރުފިޔާ ކަމަށް ބުނެފައިވީ ނަމަވެސް، އެއީ ނުއަގުގައި ފަޅުރަށްތަކާއި ފަޅުތަކާއި ފަރުތައް ވިއްކައިގެން ހިޔާނާތް ހިންގާފައިވާ އަދަދެވެ. އެހެން ނަމަވެސް އެމްއެމްޕީއާރުސީީގެ ހިޔާނާތް ޖުމްލަ އަގު 3 ނުވަތަ 4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް