Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަން

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ކޮރަޕްޝަނަކީ އާދައިގެ ކަމަކަށް ހެދުމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2017 | އާދީއްތަ 23:31
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޮޒައިނާ އާދަމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޮޒައިނާ އާދަމް ވާހަކަ ދައްކަވަނީ

ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާތީ މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައި ވެސް ކޮރަޕްޝަނަށް ޖާގަ އެބައޮތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ބަލައިނުގަނެވޭނެ ކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ، ވައްކަމާއި، ކޮރަޕްޝަނަކީވެސް ހުއްދަކަމަކަށް ހެދުމަށްކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނަށް ޖާގަ އޮތްކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅުދައްކަވާފައިވަނީ މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާތީ މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައި ވެސް ކޮރަޕްޝަނަށް ޖާގަ އެބައޮތް ކަމަށެވެ. ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އެކަމަކު އެއްގޮތަކަށް ވެސް މިކަން (ކޮރަޕްޝަންގެ އަމަލުތައް) ޖަސްޓިފައި ކުރަނީކީ ވެސް ނޫން. އެކަމަކު އިންސާނީ ތަބީއަތުގައި ހުންނަ ކަމެއް ދިވެހި ރައްޔިތުންގެ ތެރޭގައި ވެސް ހުންނާނެއޭ މި ދަންނަވަނީ" ބުރާސްފަތި ދުވަހުގެ ރޭ ރައީސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެ ވާހަކަފުޅު ކުށްވެރިކޮށް، ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ އެ ވާހަކަފުޅަކީ ބަލައިގަނެވޭނެ ވަރުގެ ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން މަސައްކަތްކުރައްވަނީ ކޮރަޕްޝަނާއި، ވައްކަމާއި، ހިޔާނާތަކީވެސް އާދައިގެ ކަމަކަށް ހެދުމަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ކޮރަޕްޝަނަށް ޖާގަ އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެކަމަކީ އެއްވެސް މިންވަރަކަށް ޖާގަ އޮތް ކަމެއް ނޫން ކަމަށެވެ. އެއީ ޤާނޫނުތަކުންވެސް ބޮޑެތި އަދަބު ލިބޭ ކަމެއްކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޤާނޫނުގައި ވައްކަން ކުރުން މަނާކޮށްފައި އޮތް ނަމަވެސް، އެކަން ކުރުމަށް ސަރުކާރުން ޖާގަ ހަދަމުން އަންނަ މަންޒަރު ފެންނަ ކަމަށެވެ.

"މުޖުތަމައުން ބަލައިގަންނަ ކަމެއް ނޫން ވައްކަން ކުރުމަކީ. ނަމަވެސް މިހާރު މި ދެކެވޭ ވާހަކަތަކުން މިއީ ވަރަށް އާދައިގެ ކަމަކަށް ހަދާ މުޖުތަމައުން ބަލައިގަންނަޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ސިފަވާ ގޮތެއްގައި ވާހަކަދެއްކުމުން އެއީކީ ރަނގަޅުގޮތެއް ނޫން" ރޮޒައިނާ އާދަމް ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީނަކީ ކޮރަޕްޝަން ނައްތާލުމަށް އެންމެ މަސައްކަތްކުރައްވާ ވެރިޔާގެ ގޮތުގައި ސިފަކުރި ނަމަވެސް، އެއީ ދޮގެއް ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ ބަދަލުގައި ކޮރަޕްޝަނަށް މަގުފަހިކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކަރުން ކުރަމުން އަންނަ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ފެނަކައިގެ ތެރެއިން ހިނގި ބޮޑު ކޮރަޕްޝަނަށްފަހު، އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ނިމާލް، ޓޫރިޒަމް މިނިސްޓްރީގެ އިސް މަޤާމަކަށް ބަދަލުކުރެއްވިކުރެއްވުން ފާހަގަކޮށް، އެކަމަށް ވެސް ރޮޒައިނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން އެއީ ސަރުކާރުން ކޮރަޕްޝަނާއި ހިޔާނާތަށް މަގުފަހިކުރުމަށް ކުރާ ކަންތައްތަކުގެ ތެރެއިން ކުޑަ މިސާލެއް ކަމަށް އޭނާ ފާހަގަކުރެއްވެވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު