Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާ

މެލޭޝިއާގެ އިދިކޮޅު ކޯލިޝަނުންގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަ ކުރައްވާނީ މަހާތީރު

މި ނިންމުން ވެގެން ދާނީ ކަރަޕްޝަންގެ ހިޔަނި އެޅިފައިވާ ބޮޑު ވަޒީރު ނަޖީބަށް ކުރިމަތިވެ ވަޑައިގަންނަވާ ބޮޑު ގޮންޖެހުމަކަށް

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2018 | އާދީއްތަ 17:33
މަހާތީރު އަދި އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ އިއްތިހާދުގެ ރެލީ އެއްގައި

މަހާތީރު އަދި އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ އިއްތިހާދުގެ ރެލީ އެއްގައި

މެލޭޝިއާގެ ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިން ގިނަ ދުވަސްތަކެއް ވަންދެން މެލޭޝިއާގެ ބޮޑުވަޒީރު ކަން ކުރެއްވި ޑރ. މަހާތިރު ކަނޑައަޅައިފިއެވެ.

އިދިކޮޅު ޕާޓީތަކުގެ މި ނިންމުން ވެގެން ދާނީ ކަރަޕްޝަންގެ ހިޔަނި އެޅިފައިވާ މިހާރުގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް އިންތިޚާބުގައި ކުރިމަތިވެ ވަޑައިގަންނަވާ ބޮޑު ގޮންޖެހުމަކަށެވެ.

އިދިކޮޅު ހަތަރު ޕާޓީ ހިމެނޭ ގޮތުން އެކުލަވާލާފައިވާ އިއްތިޙާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި، އުމުރުފުޅުން 92 އަހަރުގެ ޑރ. މަހާތީރު ކަނޑައެޅީ އާދިއްތަ ދުވަހުއެވެ.

ޑރ. މަހާތީރު އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުން މާނަ ކުރެވެނީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ބޮޑު ވަޒީރުގެ ނައިބު އަންވަރު އިބްރާހީމް އާ ޑރ މަހާތީރު އާ ދެމެދު އޮތް ހަތުރުވެރިކަން އެއް ފަރާތް ކުރައްވާ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވުމުގެ ގޮތުގައެވެ.

ޑރ. މަހާތީރު އާ އެކު ބޮޑު ވަޒީރުގެ ނައިބުގެ މަގާމަށް އިންތިޚާބުގައި ވާދަ ކުރައްވާނީ އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ އެވެ.

އިދިކޮޅު އިއްތިހާދުގެ ޕްލޭނަކީ، އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ޖަލުގައި ހުންނެވި އަންވަރު އިބްރާހީމް މިނިވަން ކޮށް ބޮޑުވަޒީރުގެ މަގާމަށް ގެނައުން ކަމަށް އިދިކޮޅު އިއްތާހާދުގެ ސެކްރެޓަރީ ޖެނެރަލް ސައިފުއްދީން އަބްދުﷲ ވިދާޅުވިއެވެ.

މެލޭޝިއާގެ އިންތިހާބު އަންނަ އޯގަސްޓް މަހު އިއުލާން ކުރާނެ ކަމަށް ބެލެއެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މަހާތީރު ކަނޑައެޅުމާއެކު އެތައް ބަޔަކު ވަނީ އެކަމާ އުފާ ފާޅުކޮށްފައެވެ.

"އަހަރެމެންގެ ފޯކަސް އަކީ އަހަރެމެންގެ ލޮބުވެތި ގައުމު ސަލާމަތް ކުރުން. ކުރިން އަހަރެންގެ ދުޝްމަނުންގެ ގޮތުގައި އޮތް ޕާޓީތަކަކުން ކެނޑިޑޭޓެއްގެ ގޮތުގައި އަހަރެން ގަބޫލު ކުރަން ފަސޭހަ ކަމެއް ކަމަކަށް ނުވާނެ ކަމަށް ގަބޫލު ކުރަން. އެކަން އެހެން އޮތެއް ކަމަކު މިހާރު އޮތް ސަރުކާރު ނިމުމަކަށް ގެނައުމުގެ މުހިންމު ކަން ޕާޓީތަކަށް ވިސްނޭ" މަހާތީރު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ކަމަށް ދަ މެލޭޝިއާ އިންސައިޓްގައި ލިޔެފައި ވެއެވެ.

ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވި ކަމަށް މީގެ 15 އަހަރު ކުރިން އިއުލާނު ކުރެއްވި މަހާތީރު އަލުން ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަތީ، މިހާރުގެ ބޮޑު ވަޒީރު ނަޖީބުގެ ކަރަޕްޝަން މައްސަލަތައް ފެންމަތިވުމާ އެކުގައެވެ.

ބޮޑުވަޒީރު ނަޖީބު ގެންދަވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ އެތައް މިލިއަން ޑޮލަރުގެ ކަރަޕްޝަން ތުހުމަތު ތަކަށް އިންކާރު ކުރައްވަމުންނެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ބަދަލު ކުރުމަށް ޑރ މަހާތީރާ އާއި އަންވަރު އިބްރާހީމް ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމެވި އިރު، އަންވަރު އިބްރާހީމް ބޮޑުވަޒީރުގެ ނައިބު ކަމުގެ މަގާމުން ދުރުކުރެއްވީ ޑރ. މަހާތީރެވެ. އަދި އޭނާގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަ އެއް ސާބިތު ކޮށް ޖަލު ހުކުމެއް އޭނާގެ މައްޗަށް އައީވެސް މަހާތީރުގެ ވެރިކަމުގައެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި މަހާތީރު ހޮވި ވަޑައިގަތުމާ ގުޅިގެން މަހާތީރު ވިދާޅުވީ، އަންވަރުގެ އިހްސާސްތައް އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެމަނިކުފާނާއި އާ އަތާ އަތްޖޯޑުކޮށް ސަލާން ކުރައްވަން އަންވަރަށް ދަތިފުޅުވާނެ ކަން ގަބޫލު ކުރެއްވޭ ކަމަށެވެ. މަހާތީރު ވިދާޅުވީ އެ ހިތްދަތި އިހްސާސް އަންވަރުގެ އާއިލާއަށް ކުރެވޭނެ ކަންވެސް ގަބޫލު ކުރެއްވޭ ކަމަށާއި، އަންވަރުގެ އާއިލާއިން ހިތްދަތި ކަމުގައި 20 އަހަރު ކަޑައްތު ކޮށްފިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު