Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިސްރުގެ ރިޔާސީ އިންތިޚާބު

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ސާމީ އަނާން ހައްޔަރުކޮށްފި

އަނާން ހައްޔަރު ކުރީ ލިޔެކިޔުންތަކެއް ފޯޖް ކުރި ކަމުގެ ތުހުމަތުގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2018 | އަންގާރަ 22:15
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ، ޖެނެރަލް ސާމީ އަނާން

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ، ޖެނެރަލް ސާމީ އަނާން

އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ، ޖެނެރަލް ސާމީ އަނާން ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ރިޔާސީ އިންތިޚާބަށް ނިކުންނަވާނެކަން އިއުލާން ކުރެއްވިތާ ހަފްތާއެއްވެސް ނުވަނީހެވެ.

މިސްރުގެ ސުޕްރީމް ކޮމިޓީ އޮފް ދި އާމްޑް ފޯސަސް (އެސްސީއޭއެފް) އިން އޭނާ އޭނާ ހައްޔަރު ކޮށްފައިވަނީ މީގެ ކުރިން އޭނާ ކޮށްފައިވާ ކުށެއްގެ ތަހުގީގަށް ކަމަށް ބުނެ އެވެ.

އެސްސީއޭއެފް އިން އަންގާރަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ވަނީ، 69 އަހަރުގެ އަނާން އަސްކަރިއްޔާގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށް ރަސްމީ ލިޔެކިޔުންތަކެއް ފޯޖް ކޮށްފައިވާ ކަމަށާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އަސްކަރިއްޔާގެ ހުއްދަ އޭނާ ހޯދާފައިނުވާ ކަމަށެވެ.

އަދި އަސްކަރީ ޚިދުމަތާއި ގުޅޭ ގޮތުން ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކާއި އަސްކަރިއްޔާ އަށް ޚިދުމަތް ކުރާ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލްތަކާއި ޚިލާފު އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި، އަސްކަރިއްޔާގެ ހުއްދަނެތި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި، އަސްކަރިއްޔާ އިން ރިޓަޔަރު ކުރުމުގެ ލިޔެކިޔުންތައް ފޯޖްކޮށް މިސްރުގެ މިލިޓަރީ ކޯޑާއި އަނާން ޚިލާފްވެވަޑައިގަންނަވާފައިވާ ކަމަށް އެބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، މިސްރުގެ އަސްކަރިއްޔާ އާއި އެގައުމުގެ ރައްޔިތުން ބައިބައި ކުރުމަށް އަނާން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކޮށްފައެވެ.

އަނާން ހައްޔަރު ކުރުމާއެކު އޭނާގެ ރިޔާސީ ކެމްޕެއިން ވަނީ ހުއްޓާލާފައެވެ. އަނާން ހައްޔަރު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވަނީ، މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އަނާންގެ ކެންޑިޑެސީ، ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

މިސްރުގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހު އަނާން ހައްޔަރު ކުރުމަށްފަހު، އެގައުމުގެ ވެރިރަށް ޤާހިރާގައި ހުންނަ އަސްކަރީ ޕްރޮސެކިއުޓަރުގެ އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޮއިޓަރސް އާ ވާހަކަ ދައްކަވަމުން އަނާންގެ ތަރުޖަމާނު ވަނީ، މިސްރުގެ އެއްވެސް ޤާނޫނަކާއި އަނާން ޚިލާފްވެވަޑައިގެންފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.

2005 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ދެމެދު މިސްރުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމް އަދާކުރައްވާފައިވާ އަނާން މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް އަބްދުލް ފައްތާހް އަލް ސިސީ ނިންމެވިކަން މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެއްވިތާ ދެ ގަޑިއިރުވެސް ނުވަނީހެވެ.

އަނާންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކެންޑިޑެސީ އިއުލާން ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ، މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ އުސޫލުން ކަންކުރުމަށް އެގައުމުގެ އަސްކަރިއްޔާ އަށާއި، ދާޚިލީ އިދާރާތަކަށް ގޮވާލާފައެވެ.

އަދި އޭނާ ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމަށް ނިންމެވީ، އެގައުމުގެ ސަރުކާރާއި ދައުލަތް ހިންގުމުގައި އަސްކަރިއްޔާގެ ބާރާއި ނުފޫޒު ބޭނުން ކުރުމުގެ ސަބަބުން މިސްރުގެ ރައްޔިތުން ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާތީ ކަމަށް އަނާން ވިދާޅުވެފައިވެއެވެ.

މިސްރުގެ އިދާރާތަކުން ވަނީ އަނާންގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ގެތައް ފާސްކޮށް، އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ، އަނާންގެ ފޭސްބުކް ޕޭޖްގެ މަސައްކަތްތައް ހުއްޓާލާފައިވާކަން އޭނާގެ ކެމްޕެއިން ޓީމުން ވަނީ ހާމަކޮށްފައެވެ.

މިސްރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނެ ކަމުގެ ފުރުޞަތު ކުޑަ ކަމަށް މިސްރުގެ ސިޔާސީ މަޝްރަޚް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އެގޮތުން މިއިންތިޚާބުގައި ތާއީދު އޮތް ކެންޑިޑޭޓެއް ވާދަކުރުމުގެ ފުރުޞަތު މިސްރުގެ ރައީސް ސިސީ ނުދެއްވާނެ ކަމަށާއި، ހާއްސަކޮށް އަސްކަރިއްޔާގެ ތާއީދު އޮތް ބޭފުޅަކަށް އެފުރުޞަތު ދެއްވަން ސިސީ ބޭނުންފުޅު ނުވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އަނާން އަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ އާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެނޑިޑޭޓެވެ.

ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމާއެކު އަނާން ހައްޔަރު ކޮށްފައިވާއިރު، އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރި ބައެއް ފަރާތްތައް މީގެ ކުރިން ވަނީ އެވިސްނުން އަނބުރާ ގެންދަވާފައެވެ.

ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީކް އެނިންމެވުން އަނބުރާ ގެންދެވީ ސަރުކާރުގެ ފިއްތުންތަކާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މިސްރުގެ ކުރީގެ ރައީސް މުޙައްމަދު އަންވަރު ސާދާތުއަށް ބޮޑުބޭބެ ވިދާޅުވާ އަންވަނު އިސްމަތު ސާދާތު ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވާފައެވެ.

މިސްރުގެ ރިޔާސީ އިންތިޚާބު އަންނަ މާޗް މަހުގެ 26-28 އާދެމެދު ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މުއްދަތު ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފެށޭނެއެވެ. އަދި އެދުވަހުން ފެށިގެން އަންނަ މާޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންދާނެއެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ޖެނުއަރީ މަހުގެ 20 އިން 29 ގެ ނިޔަލަށް އެގައުމުގެ އިންތިޚާބީ ކޮމިޝަންގައި ރެޖިސްޓަރ ކުރަން ޖެހެއެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ސިސީ އިއުލާން ކުރައްވާފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދެން ހިމެނެނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ވަކީލެއް ކަމަށްވާ ޚާލިދު އަލީގެ އިތުރުން، ޒަމާލިކް އެސްސީގެ ޗެއަރމަން މުރްތަދާ މަންސޫރެވެ.

މިސްރުގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ސިސީ އެގައުމުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ، ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވި މިސްރުގެ ފުރަތަމަ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން 2013 ގެނައި އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހު، 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ. ސިސީ އިސްވެ ހުންނަވައިގެން ގެނައި ބަޣާވާތުގައި މުރްސީގެ މުސްލިމް ބްރަދަހުޑް ޕާޓީގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއި ދެމެދު އެގައުމުގެ ވެރިކަން ކުރައްވާފައިވަނީވެސް ސިސީ އެވެ.

ސިސީ އާ ވާދަކުރެއްވުމަށް ނިންމަވާފައިވާ ފަރާތްތަކަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު ކުރެވިފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން ސިސީ ވަނީ އިންތިޚާބަކީ ދެ ފުށް ފެންނަ، ނަމޫނާ އިންތިޚާބަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެހެންނަމަވެސް ހަމަ އެ ބަޔާނުގައި މިސްރުގެ ވެރިކަމަށް އައުމަށް ކޮރަޕްޓް އެއްވެސް ބޭފުޅަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، އިންތިޚާބުގައި އޭނާ އާ ވާދަކުރެއްވުމަށް ނުކުންނަވާ ބޭފުޅުންނަށް އިންޒާރަކަށްވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު