Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ ރިޔާސީ އިންތިޚާބު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމުން މިސްރުގެ ކާނަލަކު ޖަލަށްލުމަށް ހުކުމްކޮށްފި

މިސްރުގެ ރިޔާސީ އިންތިޚާބު އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލްގައި އޮޮންނާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 ޑިސެމްބަރު 2017 | ބުދަ 05:13
ކޮންސޯވާ ވާދަކުރައްވާނެކަން އިއުލާނުކުރެއްވީ މިދިޔަ މަހު އާއްމުކުރި ވީޑިއޯއެއްގައި

ކޮންސޯވާ ވާދަކުރައްވާނެކަން އިއުލާނުކުރެއްވީ މިދިޔަ މަހު އާއްމުކުރި ވީޑިއޯއެއްގައި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމުން މިސްރުގެ އަސްކަރިއްޔާގެ ކާނަލަކު ހަ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި ކަމަށް އޭނާގެ ވަކީލާ ހަވާލާދީ އެ ގައުމުގެ މީޑިޔާތަކުން ބުނެފިއެވެ.

އަހުމަދު ކޮންސޯވާ އަށް އަންގާރަ ދުވަހު ހަ އަހަރުގެ ޖަލުހު ކުމެއް އިއްވާފައިވަނީ "އަސްކަރިއްޔާގެ އަމުރާ ޚިލާފަށް ސިޔާސީ ޚިޔާލު ފާޅުކުރުމުން" ކަމަށް އޭނާގެ ވަކީލު އަސަދު ހައިކަލްއާ ހަވާލާދީ އޭއެފްޕީއިން ބުނެފައިވެއެވެ.

އަހުމަދު ކޮންސޯވާ މިދިޔަމަހުގެ ފަހުކޮޅު އާއްމުކޮށްފައިވާ 22 މިނެޓްގެ ވީޑިއޯއެއްގައި ވަނީ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

މި ވީޑިއޯއާއެކު އޭނާ ވަނީ ތަހުގީގަށް ބަންދުކޮށް ފަނަރަ ދުވަހު ބަންދުގައި ބަހައްޓާފައެވެ.

ކޮންސޯވާގެ ބަންދާ ގުޅިގެން އޭނާގެ ވަކީލު ހައިކަލް, މިސްރުގެ މީޑިޔާތަކުގައި ބުނެފައިވަނީ ކޮންސޯވާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި އަސްކަރިއްޔާގެ އުސޫލާ ޚިލާފްވުމާއި ސިޔާސީ ޚިޔާލު ފާޅުކޮށް ވީޑިއޯ ނެރުން ހިމެނެއެވެ.

އަސްކަރިއްޔާގެ މުވައްޒަފެއްގެ ގޮތުގައި ހުރެ މިދިޔަ މަހު އާއްމުކުރި ވީޑިއޯގައި ކޮސޯވާ ބުނެފައިވަނީ" ފަޚުރުވެރިކަމާއެކު" އޭނާގެ ކެނޑިޑެސީ އިއުލާނުކުރާކަމަށެވެ.

"އަޅުގަނޑު ގަސްތުކޮށްފިން މިހާރު އެޅިފައިމިވާ ސިޔާސީ މަރުތަޅު ނައްޓާލަން," އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން އެ ވީޑިއޯގައި އޭނާ ވަނީ 2014 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އަސްކަރިއްޔާއިން އިސްތިއުފާދިނުމަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އޭނާގެ އިސްތިއުފާ ގަބޫލުނުކުރިކަމަށް ބުނެފައެވެ.

މިސްރުގައި އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލްގައި ރިޔާސީ އިންތިޚާބު ބާއްވާންޖެހޭނެއެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
19 މާރިޗު 2017

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު