Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާނުގެ ރިޔާސީ އިންތިޚާބު

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

މިހާތަނަށް ގުނާ ނިމިފައިވާ 25.9 މިލިއަން ވޯޓް ގެ ތެރެއިން 14.6 މިލިއަން ވޯޓް ލިބިވަޑައިގެންފައިވަނީ ރޫހާނީއަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 މެއި 2017 | ހޮނިހިރު 09:54
ހުކުރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ރޫހާނީ ވޯޓް ދެއްވަނީ

ހުކުރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ރޫހާނީ ވޯޓް ދެއްވަނީ

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް ގުނި ވޯޓަށް ބަލާއިރު 2013 ވަނަ އަހަރުން ފެށިގެން އެގައުމުގެ ރައީސްކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހަސަން ރޫހާނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފިއެވެ.

އީރާނުގެ އިންތިޚާބީ ކޮމިޓީގެ ވެރިޔާ އަލީ އަސްގަރް އަހްމަދު ހޮނިހިރު ދުވަހު އިއުލާނު ކުރެއްވި މިހާތަނަށް ގުނާ ނިމިފައިވާ 25.9 މިލިއަން ވޯޓް ގެ ތެރެއިން 14.6 މިލިއަން ވޯޓް ލިބިވަޑައިގެންފައިވަނީ ރޫހާނީއަށެވެ.

ރޫހާނީއާ އެންމެ ގާތުން ވާދަކުރައްވާ އިބްރާހިމް ރައީސީއަށް ލިބިވަޑައިގެންފައިވަނީ 10.1 މިލިއަން ވޯޓެވެ.

މިއިންތިޚާބުގައި ކޮންޒަވޭޓިވް އެއް ކަމަށްވާ މުސްތަފާ މިރްސަލިމްއާ ރިފޯމިސްޓެއް ކަމަށްވާ މުސްތަފާ ހާޝިމިތާބާ އަށް ވަރަށް ކުޑަ ޕަސެންޓޭޖެއްގެ ވޯޓް ނޫނީ ލިބޭނެ ކަމަށް ލަފައެއް ނުކުރެވެއެވެ.

ވޯޓްލާން ގިނަ އަދަދެއްގެ ބަޔަކު ނުކުމެފައިވާއިރު ވޯޓްލުމަށް ރަޖިސްޓްރީ ކުރި 56 މިލިއަން މީހުންގެ ތެރެއިން 40 މިލިއަން މީހުން ވޯޓް ލުމަށް ނުކުމެފައި ވެއެވެ.

ވޯޓްލާން ނުކުތް މީހުންގެ ކިއުތައް ދިގުވެގެން ގޮސްފައިވާއިރު ކިއު ބަންދުކުރުމުގެ ވަގުތު ޖެހުނިއިރު ކިއުގައި ތިބި ފަރާތްތަކަށް ވޯޓްލުމުގެ ފުރުސަތުދިނުމަށް އެތައް ގަޑިއިރުތަކަކަށް ވޯޓްލުން ދެމިގެން ދިއައެވެ.

ރަސްމީ ނަތީޖާ އެނގޭނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައެވެ.

އެތައް ބަޔަކު މި އިންތިޚާބުގެ ނަތީޖާ ދެކެމުން ދިއައީ މިއިންތިޚާބަކީ ބޭރުދުނިޔެއަށް އީރާނު ހުޅުވާލައްވައި އެ ގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް ރޫހާނީ ގެންގުޅުއްވި ސިޔާސަތު ރައްޔިތުން ބަލައިގަނޭތޯ ނުވަތަ ނޫންތޯ ބަލައި ކުރާ ހުކުމެއްގެ ގޮތުގައެވެ.

އީރާނުގެ ހަތްވަނަ ރައީސްގެ ގޮތުގައި 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރޫހާނީ ގެންދެވީ ބައިނަލްއަގްވާމީ މުޖުތަމައާ އެކަހެރިކޮށް އިރާނު އޮތް އޮތުން ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ހުކުރު ދުވަހު ބޭއްވި އިންތިޚާބަކީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އިރާނުން ނިއުކްލިއަރ މައްސަލައިގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކާ މަޝްވަރާކުރައްވާ އެއްބަސްވުމަކަށް ދެވުނު ފަހުން އެގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު