Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ސިރިސޭނާ

ރިޔާސީ އިންތިޚާބުގައި ސިރިސޭނާ ވާދަކުރައްވާނެ: ފްރީޑަމް ޕާޓީ

ސިރިސޭނާ ވެރިކަމަށް ވަޑައިގަތީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 ޖެނުއަރީ 2018 | ބުރާސްފަތި 02:51
ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ

ލަންކާގެ ރިޔާސީ އިންތިޚާބުގައި އެޤައުމުގެ މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވާދަކުރައްވާނެ ކަމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ފްރީޑަމް ޕާޓީ އިން ބުނެފިއެވެ.

ސްރީލަންކާ ފްރީޑަމް ޕާޓީ އިން ހަފްތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ލަކްޝްމަން ޔާޕާ އަބޭވަރްދަނަ ވިދާޅުވީ އެޤައުމުގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ނުވެއްޖެ ނަމަ އަދި ޤާނޫނު އަސާސީ އިސްލާޙު ނުކޮށްފި ނަމަ ދެވަނަ ދައުރަކަށް ސިރިސޭނާ ވާދަކުރައްވާނެ ކަމަށެވެ. އަބޭވަރްދަނަ ވިދާޅުވީ ސިރިސޭނާ އަށް ވުރެ އެމަޤާމަށް އެކަށީގެންވާ ބޭފުޅަކު ނެތް ކަމަށެވެ.

ސިރިސޭނާގެ ބަދަލުގައި ފްރީޑަމް ޕާޓީގެ ފަރާތުން މިހާރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ނިމާލް ސިރިޕާލާ ޑިސިލްވާ ވެރިކަމަށް ކުރިމަތިލައްވާ ކަމަށް ވެސް އަޑުތައް ފެތުރުނެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބޭވަރްދަނަ ވިދާޅުވީ ސިރިސޭނާ ދެވަނަ ދައުރަކަށް ވާދަނުކުރައްވަން ނިންމަވައިފި ނަމަ ނެރޭނެ ކެންޑިޑޭޓަކާ މެދު އެޕާޓީގެ ތެރޭގައި މަޝްވަރާކުރުމަށް ފަހު އެންމެ އެކަށީގެންވާ ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ.

އަބޭވަރްދަނަ ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހުކޮށް، ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ޤާނޫނު ހަދާ މަޖިލީހުން ގެންނަން ޖެހޭނެ ކަމަށެވެ.

ސިރިސޭނާ ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަނުވަނީސް ބޭއްވި ކުއްލި އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމާ ހަމަޔަށް ސިރިސޭނާ ހުންނެވީ ރާޖަޕަކްސަގެ ސަރުކާރުގެ ހެލްތު މިނިސްޓަރުގެ މަޤާމުގައެވެ. އަދި ފްރީޑަމް ޕާޓީ އިން ވަކިވެވަޑައި ނުގެން، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިދިކޮޅު މައި ޕާޓީ ޔޫއެންޕީއާ އެކު ކޯލިޝަން ހައްދަވައިގެން ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތެވެ. ސިރިސޭނާ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ފްރީޑަމް ޕާޓީގެ ކޮންޓްރޯލް ނެންގެވުމުން ރާޖަޕަކްސަ ވަނީ މިހާރު އާ ސިޔާސީ ޕާޓީއެއް ވެސް އުފައްދަވާފައެވެ.

ސިރިސޭނާ ވެރިކަމަށް ވަޑައިގެއްނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޤާނޫނު އަސާސީ އިސްލާހުކޮށް، ވެރިކަމުގެ ދައުރު ހަ އަހަރުން ފަސް އަހަރަށް ބަދަލުކުރިއެވެ. އަދި ދާދި ފަހުން އެމަނިކުފާނަށް ހަ އަހަރު ވެރިކަން ކުރެއްވިދާނެތޯ ސާފުކުރުމަށް ސުޕްރީމް ކޯޓަށް ވެސް ވަޑައިގަތެވެ. ސުޕްރީމް ކޯޓުން ނިންމީ ސިރިސޭނާއަށް ވެރިކަމުގައި ހުންނެވޭނީ ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ އެއްގޮތަށް ފަސް އަހަރު ދުވަހު ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު