Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިޓަލީގެ ހާލަތު

އިޓަލީގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއެކު އިތުރު ފިޔަވަޅުތައް އަޅަނީ

އިޓަލީގައި އަންގާރަ ދުވަހު 353 މީހުން މަރުވެފައިވާއިރު މިއީ މެއި މަހުގެ 6 ވަނަ ދުވަހުގެ ފަހުން އެގައުމުގައި އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވި ދުވަސް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ނޮވެމްބަރު 2020 | ބުދަ 04:44
އިޓަލީގެ ސަބްވޭއެއްގައި މީހުން މާސްކު އަޅައިގެން

އިޓަލީގެ ސަބްވޭއެއްގައި މީހުން މާސްކު އަޅައިގެން

ކޮވިޑް-19 ޖެހިގެން އިޓަލީގައި އަންގާރަ ދުވަހު 353 މީހުން މަރުވެފައިވާއިރު މިއީ މެއި މަހުގެ 6 ވަނަ ދުވަހުގެ ފަހުން އެގައުމުގައި އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވި ދުވަސްވިކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އިޓަލީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދިޔުމާއެކު ބޮޑުވަޒީރު ކޯންޓޭ ގެންދަވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އެޅުއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

އިޓަލީގައި ފާއިތުވި 24 ގަޑިއިރު 28،244 މީހުން ވަނީ ވައިރަސް ޖެހިފައެވެ. އޭގެކުރީ ހޯމަ ދުވަހު އެގައުމުގައި އަލަށް ވައިރަސް ޖެހިފައިވަނީ 22،253 މީހުންނަށެވެ. މިހާތަނަށް އައިއިރު އިޓަލީގައި މިބަލީގައި 39،412 މީހުން ވަނީ މަރުވެފައެވެ.

އިޓަލީގައި އަލަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މުޅި ގައުމުގައި ރޭގަނޑު 10ން ފެށިގެން ފަތިހު 5ށް ކާފިއު އިއުލާންކުރުމާއި މިޔުޒިޔަމް ތަކާއި އެކްސްހިބިޝަންތައް ބަންދުކުރުމެވެ.

މިފިޔަވަޅުތައް ބުދަ ދުވަހު އަޅާނެކަމަށާއި އަދި ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހާ ހަމައަށް މިފިޔަވަޅުތައް ދެމިއޮންނާނެ އެވެ. މީގެއިތުރުން އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގައި ފިޔަވަޅުތަކެއް އެޅި ބަރތަކާއި ، ރެސްޓޯރެންޓް އަދި ފިހާރަތައްވެސް ބަންދުކުރާނެ ކަމަށް ބެލެވެ އެވެ.

ޖިމްތަކާއި ސިނަމާތަކާއި ތިއޭޓަރތައް މިހާރުވެސް އިޓަލީގައި ވަނީ ބަންދުކޮށްފައެވެ. އަދި ބަރތަކާއި ރެސްޓޯރެންޓްތައް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 ޖަހާއިރު ބަންދުކުރަންޖެހެ އެވެ. އަދި އެއްވެސް ގެޔެއްގައި 6 މީހުންނަށްވުރެ އިތުރަށް މީހުން ބައިވެރިކޮށްގެން އެއްވެސް ހަރަކާތެއް ބޭއްވުން މަނާއިރު ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ކޮވިޑް-19 ގެ ހާލަތު މިފަހަރުވެސް އެންމެ ގޯސް ސަރަހައްދުގެ ގޮތުގައި ބެލެވިފައިވަނީ މީގެކުރިންވެސް ހާލަތު ގޯސްވެގެންދިޔަ ލޮމްބާރޑީ އާއި މިލާން ސަރަހައްދެވެ.

ސަރުކާރުން އަދި މިހާތަނަށް ފިޔަވަޅުތައް ވަރުގަދަ ކުރާނެ ސަރަހައްދުތައް ހާމަކޮށްފައެއްނުވެ އެވެ.

އިޓަލީގެ ބޮޑުވަޒީރު ގެންދަވަނީ އަލުން ލޮކްޑައުންއަކަށް ނުގޮސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވެން ހުރިހުރިހާ މަސައްކަތެއް ކުރައްވަމުންނެވެ. އެއީ ލޮކްޑައުންގެ ސަބަބުން އިޓަލީގެ އިގްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީއެވެ. އިޓަލީގެ އިގްތިޞާދު ވަނީ 9 އިންސައްތަ މިދިޔަ އަހަރާ އަޅާބަލާއިރު ދަށަށްގޮސްފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

07 ޖޫން 2017
އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
31 މެއި 2017

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

31 މެއި 2017
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު