Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގައިދިން ހަމަލާ

އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

ހަމަލާދިން މީހާ މަޖިލީހަށް ވަދެފައިވަނީ އަންހެން ހެދުން އަޅައިގެން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 7 ޖޫން 2017 | ބުދަ 16:37
އާޔަތުﷲ ޙާމަނާއީގެ ޒިޔާރަތުގެ ބޭރުގައި އާއްމުން ޖަމާވެފައި

އާޔަތުﷲ ޙާމަނާއީގެ ޒިޔާރަތުގެ ބޭރުގައި އާއްމުން ޖަމާވެފައި

އީރާނުގެ ވެރިރަށް ތެހެރާނުގައި ޤާނޫނުހަދާ މަޖިލީހާއި އާޔަތުﷲ ޚާމަނާއީގެ ޒިޔާރަތަށް ދިން ހަމަލާތަކުގައި 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ކުރިން ލިބިފައިވާ ރިޕޯޓަށް ބަލާއިރު ގާނޫނުހަދާ މަޖިލީހުގައި ދިން ހަމަލާ ނިމިފައިވާ ކަމަށް ބެލެވެނީ ރަހީނު ކުރުމުގެ ކަންތައްތަކެއް ވެސް ހިނގައިގެންނެވެ.

ޒިިޔާރަތުގައި ހަމަލާ ދީފައި ވަނީ އަމިއްލަ ހަށިގަނޑުގައި ބޮން ހަރުކޮށް ގޮއްވާލައިގެންނެވެ. އޭނާ ވަނީ މަރުވެފައެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ތިންވަނަ ހަމަލާއެއް ދިނުމަށް ވެސް ރޭވި ކަމަށާއި ނަމަވެސް ހަމަލާ ދިނުމުގެ ކުރިން ނާކާމިޔާބުކޮށްލާފައި ވާކަމަށެވެ.

މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު މިއީ އީރާނުގައި އެ ޖަމާއަތުން ދިން ފުރަތަމަ ހަމަލާއެވެ.

އައިއެސްއިން ފަހުން ވަނީ ގާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ އެތެރެ ކަމަށްބުނެ ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި ގާނޫނުހަދާ މަޖިލީހުގެ ތެރޭގައި ހަމަލާ ދިން ހަތަރު މީހުން ވަނީ ސަލާމަތީ ބާރުތަކުގެ ހަމަލާތަކުގައި މަރުވެފައެވެ.

މަރުވި 12 މީހުންގެ ތެރޭގައި ހަމަލާދިން މީހުން ހިމެނޭކަން ނުވަތަ ނޫންކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ހަމަލާދިން މީހާ ކަލަޝްނިކޯވްސް ރައިފަލެއް ހިފައިގެން ގާނޫނުހަދާ މަޖިލީހަށް ވަދެފައި ވަނީ ބުދަ ދުވަހު ހެނދުނުއެވެ.

ގާނޫނުހަދާ މަޖިލީހުގެ ބޭރުން ނަގާފައިވާ ވީޑިއޯ ފުޓޭޖްގައި ބަޑީގެ އަޑުފައްގަނޑު އިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމަލާދިން މީހާ މަޖިލީހަށް ވަދެފައި ވަނީ އަންހެން ހެދުން އަޅައިގެން އާއްމުންނަށް ޚާއްސަ ދޮރުންނެވެ.

ވެރިރަށް ތެހެރާންގެ ދެކުނުގައި އެގައުމުގެ އިސްލާމިކް ރިޕަބްލިކްގެ ބާނީ އާޔަތުﷲ ޚާމަނާއީ އަށް ޚާއްސަކުރެވިފައިވާ ޒިޔާރަތުގައި 10:40 ހާއިރުވަނީ ހަނގުރާމަވެރިއަކު ހަމަލާދީފައެވެ.

ތެހެރާނުގެ ގަވަރނަރ ވިދާޅުވީ ހަމަލާދިން މީހާ އެތަނުގައި ގޮވާތަކެތި ހަރުކޮށްފައިވާ ވެސްޓެއް ގޮއްވާލާފައިވާ ކަމަށެވެ. މީގެ އިތުރުން އެތަނުގައި ސަލާމަތީ ބާރުތަކުން އިތުރު މީހަކު މަރާލާފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފައި ވެއެވެ.ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ގްރެނޭޑާއި އޮޓަމެޓިކް ބަޑިއަކުން މީހުންގެ ގަޔަށް އެރުމުން ނަގާފައިވާ ވަޒަންތައް ފެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެތަނުގައި ހަމަލާދީފައިވަނީ އަންހެނެކެވެ. އެ ތަނަށް ޒިޔާރަތްކުރި އާއްމުންގެ އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ.

މިއީ 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބަށްފަހު އެގަމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެވެ.

އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ސުލްހަވެރި އަމާން ގައުމެއްގެ ގޮތުގައި ފެންނަ އީރާނަށް ދެވުނު ހަމަލާ ވެގެންދާނީ އެ ގައުމުގެ އާއްމުންނަށް ޝޮކެއް ލިބިގެން ދިޔަ ކަމަކަށެވެ.

އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޝީއައީ އީރާނުން ބައިވެރިވާއިރު ސުންނީ ގްރޫޕުން މިހާތަނަށް އެގައުމަށް މިފަދަ ހަމަލާއެއް ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު