Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިރާނުގެ ހާލަތު

އިރާނުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު މައްޗަށް ދިޔުމާއެކު ލޮކްޑައުންއަކަށް ގޮސްދާނެކަމުގެ އިޝާރާތެއް

3 ނޮވެމްބަރު 2020 | އަންގާރަ 08:14

އިރާނަކީ މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ނޮވެމްބަރު 2020 | އަންގާރަ 08:14
ެތެހެރާންގައި މީހުން މާސްކު އަޅައިގެން

ެތެހެރާންގައި މީހުން މާސްކު އަޅައިގެން

އިރާނުގައި ފާއިތުވި 24 ގަޑިއިރު ކޮވިޑް-19 ޖެހިގެން 440 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އިރާނަކީ މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމެވެ. އިރާނުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 35،738ށް އަރާފައެވެ. އިރާނުގައި ކޮވިޑް-19 ޖެހިގެން އެންމެ ފުރަތަމަ މީހާ މަރުވެފައިވަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ.

އިރާނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މައި ސިޓީތަކަށް ވަނުމާއި ބޭރަށް ނިކުތުން މިހާރު ވަނީ މަނާކޮށްފައެވެ. މީގެއިތުރުން އިރާނުގެ ސަރުކާރުން ވަނީ ސްކޫލްތަކާއި، މިސްކިތްތަކާއި ފިހާރަތައް އަދި ރެސްޓޯރެންޓްތައް އޮކްޓޯބަރ މަހުގެ ކުރީކޮޅުން ފެށިގެން ބަންދުކޮށްފައެވެ. ހޯމަ ދުވަހުން ފެށިގެން އިރާނުގެ ވެރިރަށް ތެހެރާން ހިމެނޭ ގޮތަށް 25 ސިޓީއަކަށް ވަދެ ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

އިރާނުގެ ސްޓޭޓް މީޑިޔާއިން ބުނާގޮތުގައި ކުރިޔަށް އޮތް ދެ ހަފްތާގެ މުއްދަތަށް އިރާން ލޮކްޑައުންކުރުމާއި މެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ސްޓޭޓް މީޑިޔާއިން ހާމަކޮށްފައެއްނުވެ އެވެ.

އިރާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ސީމާ ސަދާތް ވިދާޅުވީ ފާއިތުވި 24 ގަޑިއިރުތެރޭގައި އިރާނުގައި އަލަށް 8289 މީހަކަށް ވައިރަސް ޖެހިފައިވާ ކަމަށެވެ. މިއާއެކުގައި އިރާނުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 628،780ށް އަރާފައެވެ.

އެހެންނަމަވެސް އިރާނުގެ މެޑިކަލް ކައުންސިލްގެ ވެރިޔާ މުހައްމަދު ރިޒާ ޒަފަރްގާންދީ ވަނީ އޮފިޝަލުން ހާމަކުރަމުން ގެންދާ އަދަދުތަކާމެދު ސުވާލު އުފައްދަވާފައެވެ. އަދި އިރާނުގައި މިބަލީގައި އެތައް ބަޔަކު މަރުވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޒަފަރްގާންދީ ވިދާޅުވީ އޮފިޝަލުން ކޮވިޑް-19 ޖެހިގެން މަރުވެގެން ރިޕޯޓްކުރަމުންދާ އަދަދުތަކަކީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ބަލި މީހުންގެ ތެރެއިން މަރުވަމުންދާ މީހުންގެ އަދަދު ކަމަށެވެ. ހޮސްޕިޓަލްތަކާއި ގަބުރުސްތާނުގައި ކަންކަން ހިނގާގޮތް ބަލާ ކުރެވޭ ސަރވޭތަކުން ދައްކާގޮތުގައި އޮފިޝަލުން ހާމަކުރާ އަދަދަށްވުރެ ތިން ގުނަ އިތުރަށް ކޮވިޑް-19 ޖެހިގެން މީހުން މަރުވަމުންދާ ކަމަށް ޒަފަރްގާންދީ ވިދާޅުވިއެވެ.

މެޑިކަލް ކައުންސިލަކީ ސަރުކާރަށް ނިސްބަތްވާ ބައެއް ނޫނެވެ. އެކައުންސިލުން ކުރަމުންދާ މަސައްކަތަކީ ޑޮކްޓަރުންނަށް އެކަމުގެ ލައިސަންސް ދޫކުރުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

07 ޖޫން 2017

އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

07 ޖޫން 2017
އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
31 މެއި 2017

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

31 މެއި 2017
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް