Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 - ޔޫރަޕްގެ ހާލަތު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަނުން މައްޗަށް އެރި ތިން ވަނަ ސަރަހައްދަކަށް ޔޫރަޕް

2 ނޮވެމްބަރު 2020 | ހޯމަ 05:21

މިދިޔަ މަހު އޭޝިޔާ އަދި ލެޓިން އެމެރިކާގައި ވަނީ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ނޮވެމްބަރު 2020 | ހޯމަ 05:21
ކޮވިޑް-19 ޖެހިފައިވާ މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ކޮވިޑް-19 ޖެހިފައިވާ މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ޔޫރަޕްގައި ފާއިތުވި ފަސް ހަފްތާގައި ދެގުނަ އަށް އިތުރުވެ އެސަރަހައްދުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރައިފި އެވެ.

މިދިޔަ މަހު އޭޝިޔާ އަދި ލެޓިން އެމެރިކާގައި ވަނީ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރާފައެވެ. އެމެރިކާއިން އެކަނި 9 މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ޔޫރަޕްގެ ސަރަހައްދުގައި ފަސް މިލިއަން މީހުންނަށް ވައިރަސް ޖެހެން 9 މަސް ދުވަސް ނެގިއެވެ. އެހެންނަމަވެސް ފާއިތުވި މަސް ދުވަސްތެރޭގައި ޔޫރަޕްގެ ހާލަތު ގޯސްވެ އެމަސްދުވަސްތެރޭގައި ފަސް މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ޔޫރަޕަކީ ދުނިޔޭގެ އާބާދީގެ 10 އިންސައްތަ ހިއްސާކުރާ ހިސާބެކެވެ. އެހެންނަމަވެސް މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިފައިވާ 46.3 މިލިއަން މީހުންގެ 22 އިންސައްތަ ޔޫރަޕުން ހިއްސާކުރެއެވެ. އެސަރަހައްދުން މިބަލީގައި 269،000 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ މުޅި ދުނިޔެއިން މިބަލީގައި މަރުވި 1.2 މިލިއަން މީހުންގެ 23 އިންސައްތަ އެވެ.

ޔޫރަޕްގެ ސަރަހައްދަށް މިހާރު ސަރޖެއް އައިސްފައިވާއިރު ފްރާންސް، ޖަރމަން އަދި އިނގިރޭސިވިލާތުން ވަނީ އަލުން ލޮކްޑައުން އަކަށް ދާނެކަން އިއުލާންކޮށްފައެވެ. ޕޯރޗުގަލް އިން އެއް ބައި ލޮކްޑައުން ކޮށްފައިވާއިރު ސްޕެއިން އަދި އިޓަލީން އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

ރޮއިޓަރސްގެ އެނަލަސިސް ދައްކާގޮތުގައި ފާއިތުވި ހަތް ދުވަހު ޔޫރަޕުން 1.6 މިލިއަން މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. މިއީ ހަމަ އެމުއްދަތުގައި މުޅި ދުނިޔެއިން ވައިރަސް ޖެހުނު 3.3 މިލިއަން މީހުންގެ ދެބައިކުޅަ އެއްބައެވެ. އެމުއްދަތުގައި ޔޫރަޕްގައި 16،100 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ރޮއިޓަރސްގެ އެނަލިސިސް ބުނާގޮތުން ޔޫރަޕްގެ ކޮންމެ 10،000 މީހަކުން 127 މީހުންނަށް ވައިރަސް ޖެހެ އެވެ. އަދި ކޮންމެ 10،000 މީހަކުން 4 މީހުން މަރުވެ އެވެ. އެމެރިކާގައި ކޮންމެ 10،000 މީހަކުން 278 މީހަކަށް ވައިރަސް ޖެހެ އެވެ. އަދި ހަތް މީހުން މަރުވެއެވެ.

ޔޫރަޕަށް ބަލާއިރު އިރުމަތީ ޔޫރަޕުގައި ހިމެނޭ ގައުމުތަކުން މުޅި ޔޫރަޕްގައި ވައިރަސް ޖެހިފައިވާ މީހުންގެ ތިން ބައިކުޅަ އެއްބައި ހިއްސާކުރެ އެވެ. އަދި ދެކުނު ޔޫރަޕްގެ ގައުމުތަކުން މުޅި ޔޫރަޕްގައި މިބަލީގައި މަރުވި މީހުންގެ 32 އިންސައްތަ ހިއްސާކުރެ އެވެ.

އިރުމަތީ ޔޫރަޕްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރަޝިޔާއަކީ އެންމެ ހާލަތު ގޯސް ސަރަހައްދެވެ. ރަޝިޔާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1.6 މިލިއަނަށް އަރާފައެވެ.

ޔޫރަޕަށް ދެ ވަނަ ވޭވެއް އައިސްފައިވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި އެކިކަންކަމާމެދު ޔޫރަޕްގެ އެކި ގައުމުތަކުގައި މަޝްވަރާ ނުކުރެވި، ވައިރަސްގެ ދެވަނަ ވޭވަށް ރަނގަޅަށް ތައްޔާރުނުވުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް