Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ކަރަންޓީނުވުން

ކަރަންޓީނުވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވިޔަސް ރަށަށް ދިއުމަށްފަހު ކަރަންޓީނުވާން ޖެހޭނެ

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ފިޔަވައި ރާއްޖެއަށް އަންނަ ބިދޭސީންގެ ނެގެޓިވް ޕީސީއާރު ރިޒަލްޓެއް އޮންނަންވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2020 | ހޮނިހިރު 03:56
ބަޔަކު ފުރަން ދަނީ

ބަޔަކު ފުރަން ދަނީ

ކަރަންޓީނުވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިއަސް ރަށަށް ދިއުމަށްފަހު ކަރަންޓީނު ވުމުގެ އާންމު އުސޫލާއި އެއްގޮތަށް 14 ދުވަސް ފުރިހަމަކުރަންޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއީ)ން ބުނެފި އެވެ.

ކަރަންޓީނުގެ 14 ދުވަސް ފުރިހަމަވުމުން ޕީސީއާރު ޓެސްޓް ހަދާ ނަތީޖާ ނެގެޓިވްވުމުން އޮންނަ އުސޫލުގެ މަތިން ދޫކޮށްލެވޭނެކަމަށް ދިހަ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެއް ކޮޓަރިއެއްގައި ނުވަތަ ޑޯރމިޓަރީއެއްގައި ނުވަތަ ބެރެކްސްއެއްގައި ފުރަބަންދުގެ ކަރަންޓީނުވުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކޮށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މިއުސޫލު ބުނާގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ފިޔަވައި ރާއްޖެއަށް އަންނަ ބިދޭސީންގެ ނެގެޓިވް ޕީސީއާރު ރިޒަލްޓެއް އޮންނަންވާނެ އެވެ. އަދި މިގޮތަށް ހަދާ ޕީސީއާރު ޓެސްޓްގެ ސާމްޕަލް ނަގަންވާނީ ރާއްޖެއައުމަށް ފުރާ ފުރަތަމަ ބަނދަރުން ފުރުމުގެ 96 ގަޑީއިރުގެ ތެރޭގައެވެ.

ރާއްޖެއައުމަށް ކުރާ ދަތުރުމަތީގައި ޓްރާންސިޓް ކުރަންޖެހޭނަމަ ޕީސީއާރު ޓެސްޓްގެ ނަތީޖާ ގަބޫލުކުރާނީ ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ އިތުރުނުވާ ކަމަށްވާނަމަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއައުމަށް ކުރާ ދަތުރުގައި 24 ގަޑީއިރަށްވުރެ ދިގު ޓްރާންސިޓެއް ކުރާނަމަ ޓްރާންސިޓް ކުރި ތަނުން ފުރުމުގެ 96 ގަޑީއިރު ތެރޭގައި އަލުން ޕީސީއާރު ޓެސްޓް ހަދަންވާނެ ކަމަށް މިއުސޫލުގައި ބުނެފައިވެ އެވެ.

ރާއްޖެއިން ބޭރުން އަންނަ ބައެއްނަމަ އެންމެ އެދެވިގެންވަނީ މާލެ ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ތަނެއްގައި މަޑުނުކޮށް ވީހާވެސް އަވަހަށް ކަރަންޓީނުވާން ދާ ރަށަށް ދަތުރުކުރުން ކަމަށާއި ދަތުރުކުރެވެންދެން މަޑުކޮށްގެން ތިބޭ މުއްދަތުގައިވެސް ތިބެންވާނީ ކަރަންޓީނުވެގެން ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި އުޅޭ ދިވެހިންނާއި ބިދޭސީން ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށަކަށް ދާނަމަ އެރަށަކަށް ފުރުމުގެ 72 ގަޑީއިރުތެރޭގައި ޕީސީއާރު ޓެސްޓެއް ހަދަންވާނެ ކަމަށާއި އަދި މިގޮތަށްދާނަމަ ނެގެޓިވް ޕީސީއާރު ނަތީޖާ އެއް އޮންނަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އަދި ރާއްޖެއިން ބޭރުން އަންނަ ބިދޭސީން ރާއްޖެއަށް އަންނައިރު ނެގެޓިވް ޕީސީއާރު ރިޒަލްޓެއް އޮތްނަމަ ރާއްޖެ އައުމަށްފަހު ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއްގައި 72 ގަޑީއިރު ނުވާނަމަ ފުރަބަންދު ކަރަންޓީނަށް ދާން ޕީސީއާރު ޓެސްޓް އަލުން ހަދާކަށް ނުޖެހޭނެ އެވެ. އެހެންނަމަވެސް 72 ގަޑީއިރަށްވުރެ ގިނައިރު މަޑުކުރަންޖެހޭނަމަ ފުރަބަންދު ކަރަންޓީނަށް ދާން ފުރުމުގެ ކުރިން އަލުން ޕީސީއާރު ޓެސްޓް ހަދަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އަދި މިހެން ހުންނައިރުވެސް ކަރަންޓީނު އުސޫލާ އެއްގޮތަށް އަމަލުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ހުން އައުން، ކެއްސުން ފަދަ ކޮވިޑް-19 ގެ އަލާމާތްތައް ހުރި ފަރާތެއްނަމަ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިއަސް ދަތުރުނުކޮށް މަޑުކުރަންވާނެ ކަމަށާއި އަދި ދަތުރުކުރަންވާނީ އަލާމާތްތައް އެއްކޮށް ރަނގަޅުވުމަށްފަހު މަދުވެގެން 48 ގަޑީއިރު ވުމަށްފަހު ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

މީގެއިތުރުން މިއުސޫލުގައި ދަތުރުކުރާ ފަރާތްތަކުން ހުއްދަ ހޯދުމުގައި އަމަލުކުރާނެ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކަރަންޓީނުވާންދާ ފަރާތްތަކުގެ ބެލެނިވެރި، ކުންފުނި ނުވަތަ މުއައްސަސާއިން eoclegal@health.gov.mv އަށް ދަތުރުކުރަން ބޭނުންވާ މީހުންގެ ތަފްސީލާއި ޕީސީއާރު ޓެސްޓްގެ ނަތީޖާ އަދި ދަތުރުކުރުމުގެ ކުރިން ފުރަބަންދު ހާލުބެލުން ޕޯޓަލް ގައި ރަޖިސްޓްރީވެ ފުރަބަންދު ކަރަންޓީނު ދިއުމަށް ހޯދަންޖެހޭ ހުއްދަތައް އޮންނަ އުސޫލުގެ ދަށުން ހޯދަންޖެހޭނެ އެވެ.

ކަރަންޓީނުވާން ދާ ފަރާތްތަކަށް ދަތުރުމަތީގައި އާއި ކަރަންޓީނުގައި ތިބޭއިރު އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު ފުރުމުގެ ކުރިން ވަޒީފާދިން ފަރާތުން ނުވަތަ އެބައެއްގެ ބެލެނިވެރި ފަރާތުން ފޯރުކޮށްދޭންޖެހޭނެ އެވެ. އަދި ކަރަންޓީނުވާން ޖެހޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައިހުރިތޯ ބެލެނިވެރި ފަރާތުން ކަށަވަރުކުރަން ޖެހޭނެ އެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި

11 އެޕްރީލު 2017
މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި
10 އެޕްރީލު 2017

ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް

10 އެޕްރީލު 2017
ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު